މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ)ގެ ރައީސެއްގެ މަގާމަށް މުހައްމަދު ފަރުޝަތު ޢައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފިއެވެ.

އެމްއެމްބީސީގެ ރައީސެއް ކަނޑައެޅުމަށް އެ ކޮމިޝަންގެ ހަތް މެންބަރުންނާ ކޮމިޓީން ވަނީ އިންޓަވިއުކޮށްފައެވެ. އެ އިންޓަވިޔުތަކަށް ފަހު، 23 އޮކްޓޯބަރު 2025 ގައި އޮތް ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ނިންމާފައިވަނީ، އެމްއެމްބީސީގެ ރައީސްގެ މަގާމަށް ފަރުޝަތު އައްޔަންކުރުމަށެވެ.

Ad
rt

ފަރުޝަތު މި މަގާމަށް ޢައްޔަނުކުރުމަށް ނިންމައި ކޮމެޓީން އެކުލަވާލި ރިޕޯޓުގެ މަރުހަލާ މިއަދު މަޖިލީހުގެ ޖަލްސާގައި ކުރިއަަށް ގެންދިޔުމަށްފަހު ވޯޓުގެ ގަޑީގައި ވަނީ ފަރުޝަތަށް ރުހުން އޮތްތޯ ބަލަން ވޯޓު ނަގާފައެވެ. މި ވޯޓުގައި މީޑިއާ ކޮމިޝަންގެ ރައީސަކަށް ފަރުޝަތު އައްޔަން ކުރަން ފާސްކުރީ 49 މެންބަރުންގެ ވޯޓުންނެވެ.

ފަރުޝަތަކީ އައު ގާނޫނާއެކު އުވުނު މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެމްބަރުކަން ވެސް ކުރަށްވާފައެވެ.

އެމްއެމްބީސީގެ ހަތް މެމްބަރުން

  • ޢަބްދުލްޢަޒީޒް އިބްރާހީމް، ށ.ފޭދޫ/މޫނިމާގެ (ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެމްބަރު -1)
  • ޒަމްޢަތު އަޙްމަދު ވަޙީދު، ގދ.ތިނަދޫ،/މަލަ (ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެމްބަރު -2)
  • ސިމާޙާ ނަސީމް، ގދ. ރަތަފަންދޫ/ވެލީގެ، އެހެނިހެން މީޑިއާތައް ތަމްސީލުކުރާ މެމްބަރު -1)
  • ޙުސައިން ޘަޤީފް، ހދ. ވައިކަރަދޫ/ހިސާން (އެހެނިހެން މީޑިއާތައް ތަމްސީލުކުރާ މެމްބަރު -2)
  • މުޙައްމަދު ފަރުޞަތު، މާލެ/ހ. ޓޫހާރޓްސް، (ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރު -1)
  • ޞަފާ ޝަފީޤް، ދ. މީދޫ/ބިއްލޫރިވިލާ، (ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރު -2)
  • އާމިނަތު ޞަރާޙަތު ޢިއްޒަތު، މާލެ/ގ.ގޮފި، (ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރު -3)

އެމްއެމްބީސީގެ ކޮމިޝަންގެ ނައިބު ރައީސް ހޮވާނީ މެމްބަރުންގެ މެދުގައި ނެގޭ ވޯޓަކުން، ކޮމިޝަންގެ މެމްބަރުންގެ ތެރެއިންނެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން އެކުލެވިގެންވަނީ ޖުމްލަ 7 މެންބަރުންގެ މައްޗަށެވެ. މީގެ ތެރެއިން 3 މެންބަރުން އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުން ކަމަށްވާއިރު، 4 މެންބަރުން އިންތިޚާބުކުރަނީ މީޑިއާތަކުންނެވެ.