ސިނަމާލެ ބުރިޖުމަތިން ކުނި ބަރުކޮށްގެން ދަތުރުކުރި ޕިކަޕެއް ފުރޮޅާލައި ހާދިސާއެއް ހިނގައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ފުލުހުންގެ އިދާރާއިން މައުލޫމާތުދިން ގޮތުގައި، މާލެއިން ހުޅުމާލެއަށް ކުނި ބަރުކޮށްގެން ދަތުރުކުރި މި ޕިކަޕް ފުރޮޅާލާފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ 2026 ފެބުރުވަރީ 27 ވީ ބުރާސްފަތި ދުވަހުގެ ހެނދުނު 09:45 އެހައިކަންހާއިރުއެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ ޕިކަޕް ދުއްވާފައި ދަނިކޮށް ފުރޮޅު ފަޅައިގެން ގޮސް، ކޮންޓްރޯލް ނުވެ ގޮސް ބުރިޖުގެ ފެންސްގައި ޖެހި އަރި އަޅާލުމުގެ ސަބަބުންނެވެ.
މި ހާދިސާގައި ޕިކަޕަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވީ ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަމަށް ފުލުހުން ކަށަވަރުކޮށްދެއެވެ.
މި އެކްސިޑެންޓާ ގުޅިގެން ބުރިޖުގެ ޓްރެފިކަށް ބައެއް ބުރޫތައް އެރި ނަމަވެސް، ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އަދި މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!