ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތް (ނ.މ.ޝ.ޢ)ގެ ވެރިޔާ އަދި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)، ޤާސިމް އިބްރާހީމްގެ ބައްޕާފުޅުގެ ހަނދާނުގައި ޤާސިމްގެ ރަށް އދ. މާމިގިލީގައި ބިނާކުރި މިސްކިތް މިއަދު ހުޅުވައިފިއެވެ.

މާމިގިލި ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ގޮތުގައި ވެސް ހުންނެވި ޤާސިމް ބައްޕާފުޅުގެ ނަމަށް ނިސްބަތްކުރަށްވާ ‘’މަސްޖިދު އިބްރާހީމް’’ގެ ނަމުގައި ބިނާކުރެއްވި މި މިސްކިތް ހުޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދެވެ.

Ad
rt

މި މިސްކިތް ހުޅުވި ރަސްމިއްޔާތުގައި ވަޒީރު ދެއްކެވި ވާހަކާގައި މި މިސްކިތަކީ ދިވެހިރާއްޖޭގައި މިވަގުތު ހުރި އެންމެ ރީތި އެއް މިސްކިތް ކަމަށް ވަނީ ވިދާޅުވެފައެވެ.

ޤާސިމް ބައްޕާފުޅުގެ ހަނދާނުގައި ބިނާކުރެއްވި ‘’މަސްޖިދުއް އިބްރާހީމް’’، ފޮޓޯ: އިސްލާމީ ވުޒާރާ

މި ރަސްމިއްޔާތުގައި ޤާސިމް ދެއްކެވި ވާހަކާގައި މި މިސްކިތަކީ ޤާސިމްގެ ބައްޕާފުޅުގެ ހަނދާނުގައި ބިނާކުރެއްވި މިސްކިތެއްކަން ފާހަގަކުރަށްވައި، މި މިސްކިތާއި އެއްދުވަހު މަންމާފުޅުގެ ހަނދާނުގައި ބިންގާއެޅުއްވި މިސްކިތް އަންނަ ހައްޖު ދުވަހު ހުޅުވަން މަސައްކަތްކުރަށްވަމުން ގެންދަވާކަމަށް ވަނީ ވިދާޅުވެފައެވެ.

ޤާސިމް ބައްޕާފުޅުގެ ހަނދާނުގައި ބިނާކުރެއްވި ‘’މަސްޖިދުއް އިބްރާހީމް’’، ފޮޓޯ: އިސްލާމީ ވުޒާރާ

މިއަދު ހުޅުވި މިސްކިތާއެކު ގުރުއާނުގެ ޢިލްމު އުނގަނަވައިދެއްވަން ހާއްސަ މަރުކަޒެއް ވެސް އަންނަނީ މިސްކިތު ގޯތި ތެރޭގައި ބިނާކުރަމުންނެވެ.

ޤާސިމް ބައްޕާފުޅުގެ ހަނދާނުގައި ބިނާކުރެއްވި ‘’މަސްޖިދުއް އިބްރާހީމް’’، ފޮޓޯ: އިސްލާމީ ވުޒާރާ

މި މިސްކިތް އޭސީކޮށްފައިވާއިރު، މި މިސްކިތަކީ 800 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

ޤާސިމް ބައްޕާފުޅުގެ ހަނދާނުގައި ބިނާކުރެއްވި ‘’މަސްޖިދުއް އިބްރާހީމް’’، ފޮޓޯ: އިސްލާމީ ވުޒާރާ

މިއީ ޤާސިމް މާމިގިލީގައި ބިނާކޮށްދެއްވައި ހުޅުވި ދެވަނަ މިސްކިތެވެ.