މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,368 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 234 ވަނަ ޞަފްޙާ

ހއ. އަތޮޅު 7 ރަށެއްގެ ރައީސް ޕީއެންސީ އަށް، އެމްޑީޕީ އަށް 4 އަމިއްލަ 3

ހއ. އަތޮޅު 7 ރަށެއްގެ ރައީސް ޕީއެންސީ އަށް، އެމްޑީޕީ އަށް 4 އަމިއްލަ 3

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ރާއްޖޭގެ އެންމެ އުތުރުން ހއ. އަތޮޅުގެ ރަށްތަކުގެ ތެރެއިން 7 ރަށެއްގެ ކައުންސިލް ރައީސްކަން ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފި އެވެ. ވަގުތީ ނަތީޖާތައް ދައްކާގޮތުން، އިދިކޮޅު އެމްޑީޕީން 4 ރަށެއްގެ ރައީސްކަން ކާމިޔާބުކުރިއިރު، އަމިއްލަ ގޮތުން ވާދަކުރި 3 ކެނޑިޑޭޓަކު ވެސް ވަނީ އިންތިހާބު ކާމިޔާބުކޮށްފަ އެވެ. ޕީއެންސީގެ ޓިކެޓުގައި ވާދަކޮށްގެން ހއ. އަތޮޅުގެ މުރައިދޫ، ވަށަފަރު، ދިއްދޫ، ފިއްލަދޫ އަދި ތުރާކުނުގެ ރައީސްކަން ވަނީ ކާމިޔާބުކޮށްފަ އެވެ. […]

އަލީ އާދިލް
ކޮމަންޑޫ މޫސާ ރަމީޒް އަވަހާރަވެއްޖެ

ކޮމަންޑޫ މޫސާ ރަމީޒް އަވަހާރަވެއްޖެ

ދިވެހިރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ހިންގުމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި، ށ. ކޮމަންޑޫ ޗަމަން މޫސާ ރަމީޒް އަވަހާރަވެއްޖެއެވެ. މޫސާ ރަމީޒަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގައި، ވަކިން ޚާއްޞަކޮށް ށ. އަތޮޅުގެ އެކި މަގާމުތަކުގައި މުހިންމު ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލް ގަައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނު ވަނީ ށ. އަތޮޅުގެ އަތޮޅުވެރިކަމާއި ފުވައްމުލަކުގެ އަތޮޅުވެރިކަން ކުރައްވާފައެވެ. މީގެ އިތުރުން ރައްޔިތުންގެ ޚާއްޞަ މ...

އިބްރާހިމް އަސްވާޤް
ރައީސްގެ ދެކަނބަލުން އުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް މާދަމާ ފުރާވަޑައިގަންނަވަނީ

ރައީސްގެ ދެކަނބަލުން އުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް މާދަމާ ފުރާވަޑައިގަންނަވަނީ

ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާދަމާ ސަޢޫދީ ޢަރަބިއްޔާއަށް ފުރާވަޑައިގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހާމަކުރައްވައިފިއެވެ. ރައީސް އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުރައްވާ މި ދަތުރުފުޅުގެ އެންމެހައި ޚަރަދުތަކާއި މެހުމާންދާރީގެ ކަންކަން ހަމަޖައްސަވައިދެއްވަނީ ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުންނެވެ. މި ދަތުރުފުޅާ ގުޅޭ...

އަލީ އާދިލް
ބޮޑު ދެޕާޓީ ބަލިކޮށް، ކުރިނބީ ރައީސްކަން މިނިވަން ކެނޑިޑޭޓް ވިޝާމް ކާމިޔާބުކޮށްފި

ބޮޑު ދެޕާޓީ ބަލިކޮށް، ކުރިނބީ ރައީސްކަން މިނިވަން ކެނޑިޑޭޓް ވިޝާމް ކާމިޔާބުކޮށްފި

ހދ. ކުރިނބީ ކައުންސިލްގެ ރައީސް ހޮވުމަށް އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ރާއްޖޭގެ ބޮޑު ދެ ޕާޓީ ކަމަށްވާ ޕީއެންސީ އާއި އެމްޑީޕީގެ ކެނޑިޑޭޓުން ބަލިކޮށް، މިނިވަން ކެނޑިޑޭޓް ޢަލީ ވިޝާމް އެ ގޮނޑި ކާމިޔާބުކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ)ން އާންމުކޮށްފައިވާ ވަގުތީ ނަތީޖާތައް ދައްކާ ގޮތުގައި، ޢަލީ ވިޝާމް، ސޫރަޖް، އިންތިޚާބު ކާމިޔާބުކުރީ ޖުމްލަ 234 ވޯޓާއެކުގައެވެ. މިއީ ސައްހަ ވޯޓުގެ 47.56 އިންސައްތައެވެ. އޭނާއާ ވާދަކުރި އެމްޑީޕީގެ ކެނޑިޑޭޓް މުޙައްމަދު ސިޔާހަށް ލިބުނީ […]

އަލީ އާދިލް
ދިއްދޫ ކައުންސިލްގެ ރައީސްކަން ޕީއެންސީއަށް، ބާކީ ގޮނޑިތައް އެމްޑީޕީއަށް

ދިއްދޫ ކައުންސިލްގެ ރައީސްކަން ޕީއެންސީއަށް، ބާކީ ގޮނޑިތައް އެމްޑީޕީއަށް

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ހއ. ދިއްދޫ ކައުންސިލްގެ ވަގުތީ ނަތީޖާ ދައްކާގޮތުން، އެ ރަށު ކައުންސިލްގެ ރައީސްކަމުގެ ގޮނޑި ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފައިވާއިރު ކައުންސިލްގެ އެހެން ގޮނޑިތަކުގެ އަޣުލަބިއްޔަތު ހޯދާފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރެއްވި ދެ ކެންޑިޑޭޓުންގެ ތެރެއިން އިންތިޚާބު ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް އުސްމާން ރަޝީދު އެވެ. އޭނާއަށް 1329 ވޯޓު ލިބިވަޑައިގެންފައިވާއިރު، މިއީ ވޯޓުލީ މީހުންގެ 56.03 އިންސައް...

އަލީ އާދިލް
ޒިންމާދާރުކަމާއެކު އައު ކައުންސިލްތަކުން މަސައްކަތް ކުރާނެ ކަމަށް އުއްމީދުކުރަން: މިނިސްޓަރު

ޒިންމާދާރުކަމާއެކު އައު ކައުންސިލްތަކުން މަސައްކަތް ކުރާނެ ކަމަށް އުއްމީދުކުރަން: މިނިސްޓަރު

އަލަށް އިންތިޚާބު ކުރެވޭ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ރައްޔިތުންގެ ބައިވެރިވުމާއި ޝާމިލުވުން އިތުރުކޮށް، ރައްޔިތުންނާއި ގާތުން، އުންމީދީ އަދި ޒިންމާދާރު މަސައްކަތްތަކެއް ކުރައްވާނެކަމަށް އުންމީދު ކުރައްވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތި...

އަލީ އާދިލް
ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އޭސީޕީ އަޙްމަދު މުޙައްމަދު

ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އޭސީޕީ އަޙްމަދު މުޙައްމަދު

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަޙްމަދު މުޙައްމަދު ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ. މި މަގާމަށް އޭނާ އައްޔަންކުރައްވައި މަގާމުގެ ފަތްކޮޅު އަރުވާފައިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދަކީ ދިވެހި ފުލުހުންގެ ޚިދުމަތުގައި ވަރަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ފުލުހުންގެ ޚިދުމަތާ ގުޅ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ސިޓީގެ އެންމެ ގޮނޑިއެއް ފިޔަވައި ހުރިހާ ގޮނޑިއެއް އެމްޑީޕީއަށް

ކުޅުދުއްފުށީ ސިޓީގެ އެންމެ ގޮނޑިއެއް ފިޔަވައި ހުރިހާ ގޮނޑިއެއް އެމްޑީޕީއަށް

އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކުޅުދުއްފުށީ ސިޓީގެ ދާއިރާތަކުގެ އެންމެ ގޮނޑިއެއް ފިޔަވައި ހުރިހާ ގޮނޑިއެއް އިދިކޮޅު އެމްޑީޕީއަށް ކާމިޔާބުވެފައިވާކަމަށް މިހާތަނަށް އާންމުކުރި ވަގުތީ ނަތީޖާއިން ދައްކައިފިއެވެ. މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި، ޕީއެންސީ އަށް ލިބިފައި ވަނީ ކުޅުދުއްފުށީ ސިޓީ ހުޅަނގު އުތުރު ދާއިރާއެވެ. އެ ގޮނޑި ކާމުޔާބުކުރީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މިހާރުގެ މެމްބަރު އިބްރާހިމް އަހްމަދެވެ. މިހާތަނަށް ސާފު...

އަލީ އާދިލް
ހޯރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ޓްރަމްޕްގެ އިތުރު މުހުލަތެއް

ހޯރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ޓްރަމްޕްގެ އިތުރު މުހުލަތެއް

އެއްބަސްވުމަކަށް އައުމަށް ނުވަތަ ހޯރްމޫޒް ކަނޑުއޮޅި ހުޅުވާލުމަށް ވޮޝިންޓަނުން ހުށަހަޅާފައިވާ ޝަރުތުތަކަށް އަމަލުކުރުމަށް އީރާނަށް 48 ގަޑިއިރުގެ މުހުލަތެއް އޮތް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮނިހިރު ދުވަހު ވިދާޅުވެއްޖެއެވެ. ޓްރަމްޕްގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ‘ޓްރުތް ސޯޝަލް’ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއްބަސްވުމަކަށް އައުމަށް ނުވަތަ ހޯރްމޫޒް ކަނޑުއޮޅި ހުޅުވާލުމަށް އީރާނަށް ދިހަ ދުވަހުގެ މުހުލަތެއް ދެއްވި ހަނދާން އެބަހުރިތޯ ސުވާލު ކުރައްވާފައެވެ. އަދި މިހ...

ނާޒިމާ އަލީ
ރަނގަޅުކުރަންޖެހޭ ކަންކަން ރައްޔިތުންގެ ވިންދާ އެއްގޮތަށް އިޞްލާޙުކުރާނެކަމުގެ ޔަޤީންކަން

ރަނގަޅުކުރަންޖެހޭ ކަންކަން ރައްޔިތުންގެ ވިންދާ އެއްގޮތަށް އިޞްލާޙުކުރާނެކަމުގެ ޔަޤީންކަން

ސަރުކާރުގެ ހިންގުމުގެ ތެރެއިން ރަނގަޅުކުރަންޖެހޭ ކަންކަން ރައްޔިތުންގެ ވިންދާ އެއްގޮތަށް އިޞްލާޙުކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ދެއްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާއާ ގުޅިގެން މީސްމީޑިއާގައި ހިއްސާކ...

ޔުމްނާ ޢަލީ
ބޮޑު އަޣުލަބިއްޔަތަކުން އާތިފް ދެވަނަ ދައުރެއް ކަށަވަރުކުރައްވައިފި

ބޮޑު އަޣުލަބިއްޔަތަކުން އާތިފް ދެވަނަ ދައުރެއް ކަށަވަރުކުރައްވައިފި

ހދ. ކުޅުދުއްފުށި ސިޓީގެ މޭޔަރުކަން، މިހާރުގެ ވެސް މޭޔަރު މުހައްމަދު އާތިފް ކާމިޔާބުކުރައްވައި، ދެވަނަ ދައުރަކަށް އެ މަގާމު ދިފާއުކުރައްވައިފިއެވެ. މިއަދު ކުރިއަށް ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އާތިފް މި ގޮނޑި ކާމިޔާބުކުރެއްވީ ބޮޑު އަޣުލަބިއްޔަތަކުންނެވެ. މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި، އާތިފް ދެވަނަ ދައުރެއް ކަށަވަރުކުރެއްވީ ވޯޓުލީ މީހުންގެ 68.79 އިންސައްތަ ވޯޓުންނެވެ. އެއީ 3412 ވޯޓެވެ. މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި، މި އިންތިޚާބުގައ...

ޔުމްނާ ޢަލީ
އީރާނުގެ ހަމަލާއެއްގައި އިޒްރޭލުގެ އަސްކަރީ ފެކްޓްރީއަކަށް ބޮޑެތި ގެއްލުންތަކެއް

އީރާނުގެ ހަމަލާއެއްގައި އިޒްރޭލުގެ އަސްކަރީ ފެކްޓްރީއަކަށް ބޮޑެތި ގެއްލުންތަކެއް

އީރާނުން ފޮނުވާލި ބެލިސްޓިކް މިސައިލެއް އިޒްރޭލުގެ ބީރުޝެބާ ކައިރީގައިވާ އިސްތިރާތީޖީ ސިނާއީ އަމާޒަކަށް ކާމިޔާބުކަމާއެކު އެރުމާ ގުޅިގެން، އިޒްރޭލުގެ ދުވަހުގެދެކުނުގެ މަޝްރަހު ވަރަށް ބޮޑަށް ގޯސްވެއްޖެއެވެ. މި ހަމަލާ އަމާޒުވެފައިވަނީ ބީރުޝެބާގެ ދެކުނުގައި އޮންނަ ނިއޮޓް ހޯވޭވް އިންޑަސްޓްރިއަލް ޒޯނަށެވެ. ބީރުޝެބާ އިންޑަސްޓްރިއަލް ޒޯނަށް ދިން ހަމަލާ އީރާނުގެ ބަރު ބެލިސްޓިކް މިސައިލެއް އެ ސަރަހައްދުގެ ފެކްޓްރީއަކަށް ސީދާ އަމާޒުވެފައިވާއިރު، އީރާނުގެ ދައުލަތުގެ މީޑިއާތަކުން ބުނާ ގޮތުގައި މިއީ އިޒްރޭލުގ...

ނާޒިމާ އަލީ
އިންތިޚާބާ ގުޅިގެން އަންނަ އާދީއްތަ އާއި ހޯމަ ބަންދު

އިންތިޚާބާ ގުޅިގެން އަންނަ އާދީއްތަ އާއި ހޯމަ ބަންދު

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި ރައްޔިތުންގެ ޚިޔާލުހޯދުމުގެ އާންމު ވޯޓާ ގުޅިގެން، 2026 އެޕްރީލު 5 ވާ އާދީއްތަ ދުވަހާއި، 2026 އެޕްރީލު 6 ވާ ހޯމަ ދުވަސް، ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހަމަޖައްސަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ، ލޯކަލް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބާއި، ރައްޔިތުންގެ ޚިޔާލުހޯދުމުގެ އާންމު ވޯޓުލުން 2026 އެޕްރީލު 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފ...

ޔުމްނާ ޢަލީ
ވޯޓުލުމުގެ ވަގުތު 17:00 އާ ހަމައަށް އިތުރުކޮށްފި

ވޯޓުލުމުގެ ވަގުތު 17:00 އާ ހަމައަށް އިތުރުކޮށްފި

މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުލުމުގެ ވަގުތު އިލެކްޝަންސް ކޮމިޝަނުން (އީސީ) އިތުރުކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓުލުމުގެ ވަގުތު އިތުރުކުރަން ނިންމީ މިއަދު މޫސުން ހޫނުގަދަވުމުގެ ސަބަބުންނާއި، ވޯޓުލާ މަރުކަޒުތަކުގައި ކިއު ދިގުވެ ގިނަ ބަޔަކަށް ވޯޓުލުމަށް ދަތިތަކެއް ކުރިމަތިވަމުންދާތީ ކަމަށެވެ. މި ބަދަލާއެކު މިއަދު ހަވީރު 17:00 އާ ހަމައަށް ވޯޓުލުމުގެ...

ޔުމްނާ ޢަލީ
ޑޮލަރުން ލިބޭ އާމްދަނީ އިތުރުކުރުމަށް އެޅި ފިޔަވަޅުތަކުން ސުކޫކު ދައްކަން އެހީތެރިކަން ލިބުނު: އެމްއެމްއޭ

ޑޮލަރުން ލިބޭ އާމްދަނީ އިތުރުކުރުމަށް އެޅި ފިޔަވަޅުތަކުން ސުކޫކު ދައްކަން އެހީތެރިކަން ލިބުނު: އެމްއެމްއޭ

ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި ބޭރު ފައިސާގެ ޤާނޫނު ތަންފީޒުކުރުމުގެ ނަތީޖާއަކީ ސޫކޫކު ފަދަ ސަރުކާރުގެ ދަރަނިތައް ދެއްކުމުގައި އެހީތެރިކަން ލިބުނުކަމެއް ކަމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ހާމަކޮށްފިއެވެ. މަރުކަޒީ ބޭންކުން މި ގޮތަށް ހާމަކުރީ 2021 ވަނަ އަހަރު ދިވެހި ސަރުކާރުން ބައިނަލްއަގުވާމީ މާލީ ބާޒާރުގައި ވިއްކާފައިވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު އަދި އޭގެ ކޫޕަން ޕޭމަންޓަށް ވާ ޖުމުލަ 524.68 މިލިއަން ޑޮލަރު، 2 އޭޕްރީލް 2026 ވަނަ ދުވަހު، […]

އިބްރާހިމް އަސްވާޤް
ވޯޓުލުން ފަށައިގެން ކުރިއަށް

ވޯޓުލުން ފަށައިގެން ކުރިއަށް

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގުން ފެށިގެން ކުރިއަށް އެބަދެއެވެ. މި ވޯޓުލުން ފެށީ މިއަދު ހެނދުނު 8:00 ގައެވެ. މި އިންތިހާބުގެ ވޯޓުލުން މިއަދު ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާނެއެވެ. އީސީން ބުނީ، ހެނދުނު 9:19 އާއި ހަމައަށް‏ މި އިންތިޚާބުތަކަށް ބެހެއްޓި ޖުމްލަ 588 ފޮށީގެ ތެރެއިން […]

ޔުމްނާ ޢަލީ
ނޯތު ހާބަރުގައި އޮތް ބޯޓެއްގައި ތިބި ބަޔަކު ހަބަރު ހުސްވެގެން ފަރުވާދެނީ

ނޯތު ހާބަރުގައި އޮތް ބޯޓެއްގައި ތިބި ބަޔަކު ހަބަރު ހުސްވެގެން ފަރުވާދެނީ

މާލެ، ނޯތު ހާބަރުގައި އޮތް ބޯޓެއްގައި ތިބި ބަޔަކު ހާލު ދެރަވެ، ހަބަރު ހުސްވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފިއެވެ. ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓް މިއަދު ހެނދުނު 06:35 އެހައިކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. ހަބަރު ހުސްވެފައިވަނިކޮށް ފެނިފައިވަނީ ހަތަރު ބިދޭސީންނާއި ދިވެއްސެކެވެ. މި އެންމެންނަކީ ވެސް ފިރިހެނުންނެވެ. އެ މީހުންނަށް ފަރުވާދެމުން އަންނަނީ އައި.ޖީ.އެމް ހޮސްޕިޓަލުގައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. މައުލޫމާތު ލިބޭ ގޮތުގައި މި ހާދި...

ޔުމްނާ ޢަލީ
48 ގަޑިއިރަށް ހަނގުރާމަ ހުއްޓާލުމަކަށް އެމެރިކާއިން ހުށަހެޅި

48 ގަޑިއިރަށް ހަނގުރާމަ ހުއްޓާލުމަކަށް އެމެރިކާއިން ހުށަހެޅި

ތިންވަނަ ގައުމެއް މެދުވެރިކޮށް އޭޕްރީލް 2 ވަނަ ދުވަހު އެމެރިކާއިން އީރާނަށް 48 ގަޑިއިރުގެ ހަނގުރާމަ ހުއްޓާލުމަކަށް ހުށަހެޅި ކަމަށް އީރާނުގެ ސެމީ-އޮފިޝަލް ފާރްސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފިއެވެ. މައުލޫމާތު އެނގޭ މަސްދަރަކާ ހަވާލާދީ އެ އެޖެންސީން ހުކުރު ދުވަހު ބުނެފައިވަނީ، މި ހުށަހެޅުން އެމެރިކާއިން ހުށަހެޅީ ސަރަހައްދީ ގައުމެއް މެދުވެރިކޮށް ކަމަށެވެ. “އެކުވެރި ގައުމެއް މެދުވެރިކޮށް، އޭޕްރީލް 2 ވަނަ ދުވަހު އެމެރިކާއިން ވަނީ 48 ގަޑިއިރުގެ ހަނގުރާމަ ހުއްޓާލުމަކަށް ހުށަހަޅާފައި،” މަސްދަރުން ފާރްސް...

ނާޒިމާ އަލީ