މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުލުމުގެ ވަގުތު އިލެކްޝަންސް ކޮމިޝަނުން (އީސީ) އިތުރުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓުލުމުގެ ވަގުތު އިތުރުކުރަން ނިންމީ މިއަދު މޫސުން ހޫނުގަދަވުމުގެ ސަބަބުންނާއި، ވޯޓުލާ މަރުކަޒުތަކުގައި ކިއު ދިގުވެ ގިނަ ބަޔަކަށް ވޯޓުލުމަށް ދަތިތަކެއް ކުރިމަތިވަމުންދާތީ ކަމަށެވެ. މި ބަދަލާއެކު މިއަދު ހަވީރު 17:00 އާ ހަމައަށް ވޯޓުލުމުގެ ފުރުސަތު އޮންނާނެއެވެ.
މިއަދު ހެނދުނު 8:00 ގައި ފެށި މި ވޯޓުލުން ކުރިން ނިންމުމަށް ހަމަޖެހިފައި އޮތީ ހަވީރު 16:00 ގައެވެ. ނަމަވެސް، ވޯޓުލާ މީހުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ކޮމިޝަނުން މިހާރު ވަނީ އެއް ގަޑިއިރު އިތުރުކޮށްފައެވެ.
މިއަދު ކުރިއަށްދާ މި ވޯޓުލުމަކީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ކުރިއަށްގެންދާ މުހިންމު ވޯޓެކެވެ.
އީސީން އިތުރަށް ބުނެފައިވަނީ "ވޯޓުލުން ހޫނުގަދަވެ، ކިއުދިގުވެ ގިނަބަޔަކަށް ވޯޓުލުމަށް ދަތިވެފައިވާތީ، ހަވީރު 5:00 އާ ހަމައަށް ވޯޓުލުމުގެ ވަގުތު އިތުރުކޮށްފައިވާ" ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!