މާލެ ސަރަހައްދަށް މިރޭ ކުރަމުންދާ ގަދަ ވިއްސާރައިގައި ގުގުރައި ހޮނު އެޅުމުގެ ސަބަބުން، ބައެއް ގޭގޭގެ ކަރަންޓު ކެނޑެމުންދާތީ އެކަމަށް ސަމާލުވުމަށް މާލެ ސަރަހައްދަށް ކަރަންޓުގެ ހިދުމަތްދޭ ކުންފުނި، ސްޓެލްކޯއިން އިލްތިމާސްކޮށްފިއެވެ. ސްޓެލްކޯއިން ބުނީ މިރޭ ކުރަމުންދާ ވިއްސާރައިގައި ގުގުރައި ހޮނު އެޅުމުގެ ސަބަބުން، ބައެއް ގޭގޭގެ އީ.އެލް.ސީ.ބީ ޓްރިޕްވެ ކަރަންޓު ކެނޑެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން، މިފަދަ ހާލަތެއް މެދުވެރިވެ ކަރަންޓު ހިނގައްޖެނަމަ، ގޭ ތެރޭގެ ނުވަތަ އެޕާޓްމަންޓުގެ...
ޔުމްނާ ޢަލީ
ރ. ދުވާފާރުގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގައިގެން އުޅޭކަމުގެ ރިޕޯޓު ލިބިފައިވަނީ 2026 އޭޕްރީލް 28 ވާ އާދިއްތަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. މި ހަމަލާގައި އަނިޔާވި ބިދޭސީ މީހާއަށް މިހާރު ދަނީ ދުވާފާރު ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންނެވެ. މި ހަމަލާ ދޭން މެދުވެރިވި ސަބަބެއް ނުވަތަ މިކަމާ ގުޅިގެން މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން އަދި […]
ޝިއުނާ އާދަމް
ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގެ ކޮލިފައިންގެ ޒޯން ފައިނަލްގައި ދިއްދޫ ބަލިކޮށް ހަނިމާދޫ ޗެމްޕިއަންކަން ހޯދައިފިއެވެ. މިއަދު ދިއްދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލްގައި ހަނިމާދޫ ޗެމްޕިއަންކަން ހޯދީ 6-8 އިން ދިއްދޫ ބަލިކޮށްގެންނެވެ. މިއަދުގެ މެޗު ފަށައި 37 ވަނަ ސިކުންތުގައި ދިއްދޫ ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. ދިއްދޫ އަށް […]
ޔުމްނާ ޢަލީ
އެމެރިކާއާއެކު އޮންނަ އަސްކަރީ ގުޅުން ބަދަހިކޮށް، އީރާނާއި ދެކޮޅު ހަނގުރާމައަށް ތާއީދުކުރާ ކަމަށް ބުނެ ޖަޕާނުގެ ބޮޑުވަޒީރު ސަނައޭ ތަކައިޗީގެ އިސްތިއުފާއަށް ގޮވާލައި ޓޯކިޔޯގައި ބޮޑު މުޒާހަރާއެއް ބާއްވައިފިއެވެ. އަންގާރަ ދުވަހު، 28 އެޕްރީލް 2026 ގައި ބޭއްވުނު މި އެއްވުމަކީ ފެބްރުއަރީ މަހު ހަނގުރާމަ ފެށުނު ފަހުން ޖަޕާނުގެ ސަރުކާރަށް ކުރިމަތިވި އެންމެ ބޮޑު އެތެރޭގެ ގޮންޖެހުމެވެ. މި މުޒާހަރާތަކުން ދައްކުވައިދެނީ “އޮޕަރޭޝަން އެޕިކް ފިއުރީ” ގެ ތެރޭގައި އެމެރިކާއާއެކު ޖަޕާނުން ބާއްވާ ޚާއްޞަ ގުޅުމާ […]
ނާޒިމާ އަލީ
ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ، ސައޫދީ އަރަބިއްޔާގެ ޝައިޚް އާސިމް އަލް ހަކީމް ކުޅުދުއްފުށީ ސިޓީ އަށް މިއަދު ވަޑައިގަންނަވައިފިއެވެ. ސައިޚް ކުޅުދުއްފުށީ ސިޓީ އަށް މިއަދު ވަޑައިގެންނެވުމުން އެއާޕޯޓުން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ. ސައިޚަށް މަރުޙަބާ ކިޔުމަށް އިސްކޮށް ހުންނެވީ ކުޅުދުއްފުށީ ސިޓީގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ޢަބްދުالله (ރޯޒޭ) އެވެ. ސައިޚްގެ މި ދަތުރުގައި މިރޭ ކުޅުދުއްފުށީ ސިޓީގައި ދަރުސް ދެއްވާނެއެވެ. މި ދަރުސް އޮންނާނީ މިރޭ 20:30 ގައި އެ ސިޓީގައި […]
ޔުމްނާ ޢަލީ
މިއަދު ހަވީރު ކުޅެވޭ ރާއްޖޭގެ ނޯތު ރީޖަން ލީގުގެ ކޮލިފައިންގެ ފައިނަލް މެޗު ކުޅެމުންދާ ވަގުތު ވީހާ ވެސް ގިނަ ސަޕޯޓަރުން ދަނޑު ކައިރިއަށް އައިސް ޓީމަށް ސަޕޯޓުކޮށް ދިނުމަށް ދިއްދޫ ޓީމުން އެދިއްޖެއެވެ. ފައިނަލްގައި ދިއްދޫ އާއި ދެކޮޅަށް ނުކުންނާނީ ހދ. ހަނިމާދޫ އެވެ. ދިއްދޫ ސްޕޯޓްސް އިން މިއަދު ބުނީ ޓީމްގެ ހުރިހާ ކުޅުންތެރިންނާއި އޮފިސަލުންގެ އެންމެ ބޮޑު އެދުމަކީ ވީހާވެސް ގިނަ ސަޕޯޓަރުން މިއަދު ހަވީރު ދިއްދޫ ދަނޑަށް ގޮސް މިއަދު ކުޅެވޭ […]
ޔުމްނާ ޢަލީ
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޑރ. އަލީ އަޒްވަރު މިއަދު އައްޔަނުކޮށްފިއެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) މިއަދު ބުނީ، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް، ސ. ފޭދޫ / ނެސްޕްރޯވިލާ، ޑރ. އަލީ އަޒްވަރު މިއަދު އައްޔަނުކޮށްފައިވާ ކަމަށެވެ. ޑރ. އަޒްވަރު މިހާތަނަށް ހުންނެވީ ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑ...
ޔުމްނާ ޢަލީ
ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގެ ކޮލިފައިންގެ ފައިނަލްގައި މިއަދު ހއ. ދިއްދޫ އާއި ދެކޮޅަށް ނުކުންނައިރު، ހދ. އަތޮޅަށް ތަށި ގެނައުމަށް އަތޮޅުގެ ހުރިހާ ރައްޔިތުން ވެސް ހިތްވަރުދީ ސަޕޯޓްކޮށްދިނުމަށް ”ޓީމު ހަނިމާދޫ” އިން އިލްތިމާސްކޮށްފިއެވެ. ހަނިމާދޫގެ މި އިލްތިމާސަށް ހދ. އަތޮޅުގެ ރަށްތަކުން އަންނަނީ އިޖާބަދީ، މީސްމީޑިއާގައި ”ޓީމް ހަނިމާދޫ”ގެ އިލްތިމާސްގެ ޕޯސްޓް ޝެއާ […]
ޔުމްނާ ޢަލީ
ހޯރްމޫޒް ކަނޑުއޮޅި ބަންދުވެފައިވަނީ އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރަމުންދާ “ޣައިރު ގާނޫނީ” ހަނގުރާމައިގެ ސަބަބުން ކަމަށް ޗައިނާއިން ބުނެފިއެވެ. އަންގާރަ ދުވަހާއި ހަމައަށް އައިއިރު ވެސް ހޯރްމޫޒް ކަނޑުއޮޅި އޮތީ ގިނަ ވިޔަފާރި އުޅަނދުފަހަރަށް ދަތުރު ނުކުރެވޭ ފަދަ ހާލަތެއްގައެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން މި ހާލަތު ސިފަކުރަނީ “ދެފަރާތުގެ ބަންދެއް”ގެ ގޮތުގައެވެ. މި ބަންދުގެ ތެރެއިން އީރާނުގެ ރިވޮލިއުޝަނަރީ ގާޑް (އައި.އާރު.ޖީ.ސީ) އިން ވަނީ އެމެރިކާ، އިސްރާއީލް ނުވަތަ އެ ގައުމުތަކު...
ނާޒިމާ އަލީ
ސަރުކާރުގެ ޚަރަދުކުޑަކުރުމަށް އަޅަމުންދާ ފިޔަވަޅުތައް ވަރަށް ހަރުކަށިކޮށް ތަންފީޒު ކުރެވިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސިޔާސީ މަގާމުތައް މަދުކޮށް، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަކީ އެމަނިކުފާނު ވަރަށް ސާފުކޮށް ވިދާޅުވަމުން އަންނަ ވާހަކައެއް ކަމަށެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި ސަރުކާރުގެ ސައިޒު ކުޑަކުރުމަށް އެޅުނު ފުރަތަމަ ފިޔަވަޅަކީ މިނިސްޓްރީތަކުގެ އަދަދ...
އަލީ އާދިލް
“އަދަދު” ނޫހުގެ ފޭސްބުކް އެކައުންޓުން ގެނެސްދިން ޑޮކިއުމެންޓްރީއެއްގެ މައްސަލާގައި ފުލުހުން އެ ނޫހުގެ އޮފީސް ބަލައި ފާސްކުރުމަށްފަހު، އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާގެ ޕާސްޕޯޓް ހިފަހައްޓައި އޭނާ ފުރުން މަނާކޮށްފިއެވެ. ފިޔާޒްގެ ޕާސްޕޯޓް ހިފަހައްޓައި އިމިގްރޭޝަންގެ މައްޗަށް ނެރެފައިވާ އަމުރުގައި ބުނެފައިވަނީ، މި ފިޔަވަޅު އެޅީ ޑޮކިއުމެންޓްރީގައި ރައީސުލްޖުމްހޫރިއްޔާއަށް ކޮށްފައިވާ ތުހުމަތުތަކާ ގުޅޭ ތަހުގީގު ކުރިއަށްދާތީ ކަމަށެވެ. ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ބަލަމުންދާ...
ޔުމްނާ ޢަލީ
އީރާނުގެ ރައްޔިތުން އެގައުމުގެ ސިޔާދަތާއި މިނިވަންކަން ދިފާއުކުރުމަށްޓަކައި ކުރަމުންދަނީ “ކެރިގެން އަދި ހިތްވަރުގަދަކަމާއެކު” ކުރާ ހަނގުރާމައެއް ކަމަށް ރަޝިޔާގެ ރައީސް ލަޑީމިއަރ ޕުޓިން ވިދާޅުވެއްޖެއެވެ. ޕުޓިން މިމޭރުމުން ވާހަކަފުޅު ދެއްކެވީ 27 އޭޕްރީލް 2026 ވީ ހޯމަ ދުވަހު، ސެއިންޓް ޕީޓަރސްބާގްގައި އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީއާ އެކު ބޭއްވި މަތީ ފަންތީގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމަކީ މެދުއިރުމަތީގައި އަސްކަރީ އަދި ޑިޕްލޮމެޓިކް ގޮތުން ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަމުންދާ، ސަ...
ނާޒިމާ އަލީ
ފުލުހުންގެ ޚިދުމަތުގައި އަންހެނުން އިތުރުވުމަކީ މިންތީގެ ހަމަހަމަކަމުގެ އިތުރުން، އަމަން ބެލެހެއްޓުމުގެ މަސައްކަތަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިފަދައިން ވިދާޅުވީ 2026 އިން 2028 އަށް ޢައްޔަންކުރެއްވި “މޯލްޑިވްސް ވިމެން އިން ޕޮލިސިންގ” ކޮމިޓީ އިފްތިތާޙްކޮށްދެއްވުމުގެ ގޮތުން އިސްކަންދަރު ކޮށީގައި މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރ...
ޔުމްނާ ޢަލީ
އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމަށް އެ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕުގެ ތާއީދު އޮތްކަން ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ އެމްޑީޕީ ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގައި ތިއްބަވަނީ 12 މެންބަރުންނެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީ ޕީޖީ ގްރޫޕުގެ 10 މެންބަރަކު ބައިވެރިވެވަޑައިގެން، މީކާއީލަށް ތާއީދުކުރާކަން ރަސްމީކޮށް ވަނީ އިއުލާންކުރައްވާފައެވެ. ނޫސްވެރިންގެ ބައްދަލު...
އަލީ އާދިލް
”އަދަދު” ނޫހުގެ ފޭސްބުކް އެކައުންޓުން ގެނެސްދިން ޑޮކިއުމެންޓްރީއެއްގެ މައްސަލާގައި، ފުލުހުން މިރޭ އެ ނޫހުގެ އޮފީހަށް ވަދެ ބަލާފާސްކުރަން ފަށައިފިއެވެ. ފުލުހުން ބުނީ އެ އިދާރާއިން ބަލަމުންދާ މައްސަލައަކާ ގުޅިގެން، އަދަދު ނޫހުގެ އޮފީސް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސް ކުރަމުން އަންނަކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ. މި މައްސަލަ ފެންމަތިވެފައިވަނީ އަދަދު ނޫހުގެ ފޭސްބުކް ޕޭޖުން ”އައިޝާ”ގެ ނަމުގައި ގެނެސްދިން ޑޮކިއުމެންޓްރީއަކާ ގުޅިގެންނެވެ. އެ ޑޮކިއުމެންޓަރީ އަކީ ނަން ހާމަނުކުރާ މީހަކު ދިން އި...
އަލީ އާދިލް
ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ، ސައޫދީ އަރަބިއްޔާގެ ޝައިޚް އާސިމް އަލް ހަކީމް ރާއްޖޭގައި ދެއްވާ ފުރަތަމަ ދަރުސް އަންގާރަ ދުވަހުގެ ރޭ ކުޅުދުއްފުށީ ސިޓީގައި އޮންނާނެއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިއަދު ބުނީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ދަތުރުވެރިޔާ އުމްރާ ގުރޫޕް އާއި ގުޅިގެން ބާއްވާ ދީނީ ދަރުސްގައި ޝައިޚް އާސިމް އަލް ހަކީމް އަންގާރަ ދުވަހުގެ ރޭ (28 އޭޕްރިލް 2026ގައި) އެ ސިޓީގައި ދަރުސް ދެއްވާނެކަމަށެވެ. މި ދަރުސް ފަށާނީ އެ ރޭ […]
ޝިއުނާ އާދަމް
އީރާނާއި ދެކޮޅަށް އެމެރިކާ ކުރަމުންދާ ހަނގުރާމައިގައި އެމެރިކާ “ލަދުގަންނަވާލަމުން” ދާކަމަށާއި، އީރާނުން މި ހަނގުރާމައިގައި ކުރިހޯދަމުންދާއިރު އެމެރިކާ އަށް މިކަމުން ސަލާމަތްވާނެ ސާފު މަގެއް ފެންނަން ނެތް ކަމަށް ވިދާޅުވެ، ޖަރުމަނުގެ ޗާންސެލަރ ފްރިޑްރިކް މާޒް އިންޒާރު ދެއްވައިފިއެވެ. ޖަރުމަނުގެ މާސްބާގްގައި ދަރިވަރުންނާ މުހާތަބު ކުރައްވަމުން މާޒް ވިދާޅުވީ، މިހާރު އުފެދިފައިވާ ހާލަތަކީ އެމެރިކާގެ ސްޓްރެޓީޖިކް ބޮޑު ނާކާމިޔާބީއެއް ކަމަށެވެ. އަދި މީގެ ކުރިން އަފްޣާނިސްތާނާއި އިރާގުގައި އެމެރިކާއަށް ކ...
ނާޒިމާ އަލީ
މާލޭގެ ގ. ހިޔާރޯދިގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ މީހާގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ދަޢުވާކުރަން ފޮނުވާފައިވަނީ ލ. މާބައިދޫ / ސަބުނަމްހައުސް، ޙުސައިން ޝަޙްބާން (29އ) ގެ މައްޗަށެވެ. ފުލުހުން މިއަދު ހާމަކުރި ގޮތުގައި، 2026 މާރިޗު 18 ވަނަ ދުވަހު ގ. ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ފުލުހުން ހިންގި ތަހުގީގު މިހާރު ވަނީ ނިންމާފައެވެ. އެހެންކަމުން،...
ޔުމްނާ ޢަލީ