މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,315 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 2140 ވަނަ ޞަފްޙާ

ފެންބޮޑުވުމުގެ ސަބަބުން އިންޑިޔާއިން 100 އަށްވުރެ ގިނަ މަރު

ފެންބޮޑުވުމުގެ ސަބަބުން އިންޑިޔާއިން 100 އަށްވުރެ ގިނަ މަރު

އަވަށްޓެރި އިންޑިޔާގެ އުއްތަރަ ޕްރަދޭޝް އާއި ބިހާރުގައި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 100 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް އެޤައުމުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ. ކަމާ ބެހޭ ފަރާތްތަކާ ހަވާލާދީ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާގޮތުގައި އުއްތަރަ ޕްރަދޭޝް އިން ވަނީ، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ފެންބޮޑުވުމާ ގުޅިގެން 93 މީހުން މަރުވެފައެވެ. ބިހާރުން ވަނީ 29 މީހުން މަރުވެފައެވެ. ފެންބޮޑުވުމުގެ ސަބަބުން އާއްމު ދިރިއުޅުމަށްވެސް ވަނީ އަސަރުކޮށްފައެވެ. އެގޮތުން ރޭލު ދަތުރުތައް...

Thiladhun
ޓީޖެޓީ ސަރަހައްދުގައި އޮތް ތެޔޮ ބައުޒަރެއްގައި އަލިފާން ރޯވެއްޖެ

ޓީޖެޓީ ސަރަހައްދުގައި އޮތް ތެޔޮ ބައުޒަރެއްގައި އަލިފާން ރޯވެއްޖެ

4:24 އެމްއެންޑީއެފް: ލޯންޗުގައި ރޯވި އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކުރެވިފަ 4:18 ޓީޖެޓީ ސަރަހައްދުގައި މިހާރު ރޯވެގެން އަނދަމުން ދާ އަލިފާންގަނޑުގެ ސަބަބުން އަނިޔާވެގެން މިހާތަނަށް 5 މީހަކު އައިޖީއެމްއެޗަށް ގެންދެވިދައިވާ ކަމަށް ފުލުހުން ބުނެފިއެވެ. 4:08 އައިޖީއެމްއެޗް: ގިނަ ބަޔަކު ވަނީ ފިހިގެން ހޮސްޕިޓަލަށް ގެނެސްފަ، އެމެޖެންސީގައި ދަނީ ފަރުވާދެމުން، މިހާތަނަށް ގެނައި މީހުންގެ ސީދާ އަދަދެއް ނޭނގޭ   އަލިފާން ރޯވެފައިވަނީ ދެދިމާއެއްގައި 2 dhimaalehgai pic.twitter.com/el51MHiExq — Aminath Nuzha (@...

އިބްރާހިމް އަސްވާޤް
އުލިގަމުގައި އާ އިންޖީނުގެއެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ

އުލިގަމުގައި އާ އިންޖީނުގެއެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ. އުލިގަމުގައި އާ އިންޖީނުގެއެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނު ކޮށްފިއެވެ. ސަރުކާރުގެ ގެޒެޓްގައި ފެނަކަ ކޯޕަރޭޝަނުން ކުރި އިއުލާނެއް ގައި ބުނެފައި ވަނީ އެ ކުންފުނިން ދޭ މަޢުލޫމާތާއި، ކުރެހުމާއި، ބީ.އޯ.ކިޔުއާއި އެއްްގޮތަށް އުލިގަމު ގައި އާ އިންޖީނުގެއެއް އަމިއްލަ ތަކެތީގައި އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 10 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ފެނަކައިގެ ހެޑްއޮފީސް (ޕޯރޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) […]

އަފްރާހް އަބްދުލް ރަޝީދު
ގޯލްޑެން ފުޓްސަލް ޗެލެންޖް 2019: ހއ އަތޮޅުގެ ޗެންޕިއަންކަން އިހަވަންދޫ ހޯދައިފި

ގޯލްޑެން ފުޓްސަލް ޗެލެންޖް 2019: ހއ އަތޮޅުގެ ޗެންޕިއަންކަން އިހަވަންދޫ ހޯދައިފި

ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ހއ އަތޮޅުގެ ޗެންޕިއަންކަން އިހަވަންދޫ ހޯދައިފިއެވެ. އިހަވަންދޫ ޗެމްޕިއަންކަން ހޯދީ ކުޅުނު ހަތަރު މެޗުން ނުވަ ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނަ ހޯދައިގެންނެވެ. ގްރޫޕުގެ ފަހު މެޗުގައި ރޭ އިހަވަންދޫ އާއި ވަށަފަރު ބައްދަލުކުރި މެޗު 1-3 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ އިހަވަންދޫ އެވެ. މުބާރާތުގެ ހއ އަތޮޅުން އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އިހަވަންދޫ ޓީމުގެ އިބްރާހިމް ހާމިދުއެވެ. މުބާރާތުގެ ޒޯން ބުރުގެ ފުރަތަމަ މެޗުގައި މާދަމާ އިހަވަންދޫ ބައްދަލުކުރަން ޖެހޭނީ ހދ މަކުނުދޫ އާ...

އަފްރާހް އަބްދުލް ރަޝީދު
ރައީސް ދަތުރުފުޅަށްފަހު ފުރަތަމަވެސް އަލިފާނުގެ ހާދިސާ ހިނގި ސަރަޙައްދަށް

ރައީސް ދަތުރުފުޅަށްފަހު ފުރަތަމަވެސް އަލިފާނުގެ ހާދިސާ ހިނގި ސަރަޙައްދަށް

އދ. ގެ 74 ވަނަ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް އިބުރާޙީމް މުޙައްމަދު ޞާލިހު މިއަދު ހެނދުނު މާލެ ވަޑައިގަތުމަށް ފަހު ފުރަތަމަ ޒިޔާރަތް ކުރެއްވީ އަބަދަށް ފެހިމަގުގައި މިމަހުގެ 20 ވަނަ ދުވަހު އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށެވެ. މުޅިޤައުމަށް ސިހުންގެނުވި ހިތާމަވެރި އަލިފާނުގެ ހާދިސާ ހިނގި އިރު ރައީސުލްޖުމްހޫރިއްޔާ ހުންނެވީ މާލޭގަ އެވެ. ހ. ތިލަފުށިގޭގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވި އެ ހާދިސާ ހިނގި […]

ޙުސައިން ޝަހުދީ
ޤައުމީ ދިދަ، މިހާރު ހުންނަގޮތަށް ބަދަލުކުރިތާ 54 އަހަރު

ޤައުމީ ދިދަ، މިހާރު ހުންނަގޮތަށް ބަދަލުކުރިތާ 54 އަހަރު

ދިވެހި ޤައުމީ ދިދަ، މިހާރު ހުންނަގޮތަށް ބަދަލުކުރެވުނުތާ 54 އަހަރު ފުރިއްޖެއެވެ. ޤައުމީ ދިދަ މިހާރު ހުންނަގޮތަށް ބަދަލުވިތާ 54 އަހަރު ފުރިފައިވަނީ ސެޕްޓެމްބަރ މަހުގެ 25 ވަނަ ދުވަހުއެވެ. އެގޮތަށް ދިދަ ބަދަލުވެފައިވަނީ އިނގިރޭސީންގެ އަތްދަށުން ރާއްޖެ މިނިވަންވި އަހަރު އަދި އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާގައިވެސް ރާއްޖެ ބައިވެރިވި، 1965 ވަނަ އަހަރުއެވެ. 1965 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު، އޭރުގެ ވަޒީރުންގެ މަޖިލީހުން ރާއްޖޭގެ ދިދަ އޮންނަން ނިންމިގޮތަށް އަދިވެސް އަމަލު […]

Thiladhun

ހދ ވޮލީ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ކުޅުދުއްފުށި އެކުވެރިންގެ ދިރުމުން ހޯދައިފި

ހދ.އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ކުޅުދުއްފުށީ އެކުވެރިންގެ ދިރުން ހޯދައިފިއެވެ. ކުޅުދުއްފުށީ އެކުވެރިންގެ ދިރުމުން ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ މިރޭ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު ފައިނަލު މެޗުގައި ޓީމު ނޮޅިވަރަމް 3 ސެޓު 1 ސެޓުން ބަލިކޮށްގެންނެވެ. މިމުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ޓީމް ކުޅުދުއްފުއްޓެވެ. އެ ޓީމު ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު ކުޅުނު އަންހެން ޑިވިޝަންގެ ފައިނަލް މެޗުގައ...

އަފްރާހް އަބްދުލް ރަޝީދު
ހދ. އަތޮޅު ވޮލީ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ޓީމް ކުޅުދުއްފުށި ހޯދައިފި

ހދ. އަތޮޅު ވޮލީ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ޓީމް ކުޅުދުއްފުށި ހޯދައިފި

ހދ.އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ޓީމް ކުޅުދުއްފުށި ހޯދައިފިއެވެ. ޓީމް ކުޅުދުއްފުށި އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު ފައިނަލު މެޗުގައި ނޮޅިވަންފަރު ސްޕޯޓްސް ކްލަބު ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ. މިމުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލަށް ނޮޅިވަރަންފަރު ސްޕޯރޓްސް ކްލަބް ދަތުރުކުރީ، ސެމީ ފައިނަލުގައި ނޮޅިވަރަމް ޒުވާނުންގެ ގުޅުމާ ބައްދަލުކޮށް ސީދާ ތިން ސެޓުން މޮޅުވ...

އަފްރާހް އަބްދުލް ރަޝީދު

ތިލަދުންމަތީ ތިން ރަށެއްގެ ފެނާއި ނަރުދަމާގެ އެއްބަސްވުމުގައި ސޮއިކޮށްފި

ތިލަދުންމަތީގެ ތިން ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ސާސްއީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެކު، ޕްލޭނިންގ މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއަދު ޕްލޭނިންގ މިނިސްޓްރީސް ސޮއިކޮށްފައިވަނީ ހއ. ފިއްލަދޫ އަދި ހދ. ފިނޭގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށާއި ހދ. ނައިވާދޫގެ ފެނުގެ ނިޒާމު ގާއިމް ކުރުމުގެ މަޝްރޫއެވެ. މި ރަސްމިއްޔާތުގެ ތެރެއިން މަޝްރޫއުތައް ހަވާލުކުރީ ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި ސާސްއީ ކޮންސްޓް...

Thiladhun

ހިތުގެ ދުވަހާއި ގުޅިގެން މުޅި މީސް މީޑިޔާވެސް ރަތްކުލައަށް!

ރަތްކުލައިގެ ހެދުންތައް ލައިގެން ތިބި ފޮޓޯތަކުން މުޅި މީސް މީޑިޔާ ފުރާލައިފިއިފިއެވެ. “އަހަރެންގެ ހިތް، ތިބާގެ ހިތް- ދުޅަހެޔޮ ހިތަކަށް ވައުދުވަމާ”، މި ޝީޔާރުން މުޅި މީސް މީޑިޔާ ގުގުމާލައިފިއެވެ. އެންމެން އެކުވެ އަދު މި ރަމްޒުކޮށްދެނީ އެކައްޗެކެވެ. އާދެ! މިއަދަކީ ބައިނަލްއަޤްވާމީ ހިތުގެ ދުވަހެވެ. އާދޭހެވެ. ދިވެހި މު ކުޑަކުޑަ މުޖުތަމައުގައިވެސް މިއަދު މި ވަނީ ހިތުގެ ބަލި، އާންމު ކަމަށްކަށް ވެފައެވެ. އިހަށް ހިތުގެ ބައްޔެއް ނުވަތަ ހާޓް އެޓޭކެއްގެ ވާހަކަ އިވެނީ ދަމަކުން ބަޑިއެއް […]

Thiladhun
ނޭކުރެންދޫގައި އަޅާ ކުޑަކުދިންގެ ޕާކަށް ބޭނުންވާ ސާމާނު ގެންގޮސްފި

ނޭކުރެންދޫގައި އަޅާ ކުޑަކުދިންގެ ޕާކަށް ބޭނުންވާ ސާމާނު ގެންގޮސްފި

ހދ. ނޭކުރެންދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާކަށް ބޭނުންވާ އާލާތްތައް އެރަށަށް ގެންގޮސްފިއެވެ. އެރަށު ކައުންސިލުން، މި ތަކެތި އެރަށަށް ގެންގޮސްފައިވާކަން ހާމަކޮށްފައިވާއިރު، މި ތަކެތި އެރަށަށް ގެންގޮސްފައިވަނީ މިއަދުގެ ވަގުތެއްގައެވެ. މިއަދު ނޭކުރެންދޫ އަށް ގެންގޮސްފައިވާ ތަކެތީގެ ތެރޭގައި، ކުޑަކުދިންގެ ޕާކުތަކުގައި ކުދިން ކުޅުމަށް ބޭނުންކުރާ ގިނަ އަދަދެއްގެ ސާމާނު ހިމެނެއެވެ. މި ކުޑަކުދިންގެ ޕާކަކީ، ނޭކުރެންދޫ ކައުންސިލުގެ ބެލުމުގެ ދަށުގައި އޮންނަ ރަށު މާލިއްޔަތުން ޚަރަދުކޮ...

Thiladhun

އައްޑޫގައި ފަތުރުވެރިކަމަށް 4000 އެނދު ތަރައްޤީކުރަން މި އަހަރު ފަށަނީ

އައްޑޫގައި ލޯކަލް ޓޫރިޒަމް ފުޅާކޮށް، 4000 އެނދުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތައް ކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އާއި އައްޑޫ ސިޓީ ކައުންސިލުން އެއްބަސްވެއްޖެއެވެ. މި މަސައްކަތް ކުރުމަށް ސަރުކާރާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު މިއަދުވަނީ އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި، އައްޑޫ ސިޓީ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު އަބްދުﷲ ޞާދިގެވެ. ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަލީ ވަހީދެވެ. މި 4000 އެނދުގެ މަސައްކަތް މި އަހަރު ފެށުމަށް ނިން...

Thiladhun

ހއ. ކެލާ ޝެއިޚް އިބްރާހީމު ސުކޫލުގެ އެންމެ މޮޅު ދަރިވަރަކަށް ޒަލްހާ ޒާހިރު

2018 ވަނަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ މަރިޔަމް ޒަލްހާ ޒާހިރު ހއ. ކެލާ ބަށިމާގެއެވެ. ަރިޔަމް ޒަލްހާ ޒާހިރުވަނީ 2018 ވަނަ އަހަރުގެ ސްކޫލު ކެޕްޓަން ކަން ކުރުމުގެ އިތުރުން 2016، 2017 ގައި ސްކޫލުގެ ވައިސްކެޕްޓަންކަންވެސް ކޮށްފައެވެ. މީގެ އިތުރުން މަރިޔަމް ޒަލްހާ ޒާހިރުވަނީ އަދަބީ ޙަރަކާތްތަކާއި، ކޯކަރިކިއުލާ ޙަރަކާތްތަކުގައި ވެސް އަތޮޅާއި ޤައުމީ ފެންވަރުގައިވެސް ކާމިޔާބީތަކެއް ހޯދާފައެވެ. ތަޢުލީމީ ގޮތުން އެންމެ މޮޅުދަރިވަރުގެ މަޤާމު ޙާޞިލް ކޮށްފައިވަނީ ވޭތުވެ […]

އަފްރާހް އަބްދުލް ރަޝީދު

ކުޅުދުއްފުށީ އެއަރޕޯޓު ނުނިމިގެން އުޅޭނީ ތިން ގެއެއް ކޯޓު މަރުހަލާގައި ހުރުމުން: އެމްޓިސީސި

ކުޅުދުއްފުށީ އެއަރޕޯޓުގެ މަސައްކަތް ނުނިމިގެން އުޅޭނީ ތިން ގެއެއްގެ މައްސަލަ ކޯޓު މަރުހަލާގައި އޮތުމުން ކަމަށް އެމްޓިސީސި އިން ބުނެފިއެވެ. އިއްޔެ ނޫސްވެރިންނާއި ބައްދަލުކުރައްވަމުން އެމްޓީސީސީ އިން ބުނީ އެއަރޕޯޓުގެ މަސައްކަތް ނުނިމިގެން އުޅެނީ ފެންސް ޖެހުމުގެ މަސައްކަތުގެ ތެރެއިން، ފެންސުތަށް އެ ސަރަހައްދުގައި ހުރި އާންމުންގެ ތިން ގެއަކަށް އަރާތީ އެ ގެތަކުގެ މައްސަލައިގެ ކޯޓު މަރުހަލާ ނުނިމޭތީ ކަމުގައެވެ. ފެންސް ޖެހުމާއި ގެތަށް ތަޅާލުމަކީ ދެ މަސައްކަތް އެކަތި އަނެކައްޗާ ގުޅިގެން އަންނަ ޕްރޮޖެކްޓ...

Thiladhun
ނެއްލައިދޫ ސްކޫލުގެ ދަރިވަރުުން މަސައްކަތްކުރާ ތަންތަނަށް ޒިޔާރަތްކޮށްފި

ނެއްލައިދޫ ސްކޫލުގެ ދަރިވަރުުން މަސައްކަތްކުރާ ތަންތަނަށް ޒިޔާރަތްކޮށްފި

ނެއްލައިދޫ ސްކޫލުގެ ދަރިވަރުން މަސައްކަތްކުރާ ތަންތަނަށް ޒިޔާރަތްކޮށްފި އެވެ. ނެއްލައިދޫ ސުކޫލުގެ ގުރޭޑު3 ގެ ދަރިވަރުން، އެރަށު އިންޖީނުގެއަށް އަދި ގުރޭޑު 2 ގެ ދަރިވަރުން ލަނޑާ މަސްވެރިކަން ކުރާ ތަންތަނަށް ވަނީ  ޒިޔާރަތްކޮށްފައެވެ. ނެއްލައިދޫ ސުކޫލުގެ ގުރޭޑު 3 ގެ ދަރިވަރުން މިއަދު އިންޖީނުގެއަށް ޒިރާތަތްކުރީ ޕްރޮޖެކްޓް ބޭސް ލާނިންގ ރިސޯސަސް ތީމް ގެ ދަށުން އިންޖީނުގޭގައި މަސައްކަތް ކުރިޔަށް ދާގޮތް ބެލުމަށެވެ. އަދި އެ ސުކޫލުގެ ގުރޭޑު 2 ގެ ދަރިވަރުން ލަނޑާ މަސައްކަތް ކުރާ […]

Thiladhun

ބައިނަލްއަޤުވާމީ ތިން މުއާހަދާއެއްގައި ރާއްޖެއިން ސޮއިކޮށްފި

އދ. އިން އެކުލަވާލާފައިވާ ބައިނަލްއަޤުވާމީ ތިން މުއާހަދާއެއްގައި މިއަދު ރާއްޖެއިން ބައިވެރިވެއްޖެއެވެ. މި މުއާހަދާތަކުގައި ރަސްމީކޮށް ރާއްޖެއިން ބައިވެރޮވެފައިވާކަން ޚާރިޖީ ވުޒާރާއިން މިއަދުވަނީ ހާމަކޮށްފައެވެ. އެގޮތުން މިއަދު ރާއްޖެއިން ރަސްމީކޮށް ބައިވެރިވެފައިވާ މުއާހަދާތަކަކީ ޔޫއެން އާމްސް ތްރޭޑް ޓްރީޓީ، ޔޫއެން ކްލަސްޓާ މިއުނިޝަންސް ކޮންވެންޝަން އަދި ތާޑް އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އޮފް ދަ ރައިޓްސް އޮފް ދި ޗައިލްޑް އެވެ. މި ތިން މުއާހަދާގައިވެސް ބައިވެރިވުމަށް ރައްޔިތުންގެ މަޖި...

Thiladhun
ސާފް ޗެމްޕިއަންޝިޕް: 18 އަހަރުން ދަށުގެ ޓީމް ބްރޯންޒް މެޑަލް ހޯދައިފި

ސާފް ޗެމްޕިއަންޝިޕް: 18 އަހަރުން ދަށުގެ ޓީމް ބްރޯންޒް މެޑަލް ހޯދައިފި

ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި ކުރިއަށްދާ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ރާއްޖޭގެ ފުޓްބޯޅަ ޓީމް ބޫޓާން ބަލިކޮށް މުބާރާތުން ބްރޯންޒް މެޑަލް ހޯދައިފިއެވެ. މިއަދު ކުޅުނު މެޗްގައި ރާއްޖެ އިން ބޫޓާން ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މިއަދުގެ މެޗްގައި ބޫޓާން ކޮޅަށް ލަނޑު ޖެހީ ރާއްޖޭގެ އިބްރާހިމް އިމްރާން އެވެ. ޒުވާން ޓީމުގެ ކޯޗު ޝާޒްލީ މުހައްމަދު (ޝާޒް) ބުނީ ދިވެހި ޓީމުގެ އަމާޒަކީ ސެމީ އަށް ދަތުރުކުރުން ކަމުގައި ކަމަށާއި ޖުމްލަ […]

އިބްރާހިމް އަސްވާޤް

120 މިލިއަން ރުފިޔާގެ ލޯން އެސްއެމްއީ ބޭންކް މެދުވެރިކޮށް ދޫކޮށްފި

120 މިލިއަން ރުފިޔާގެ ލޯން އެސްއެމްއީ ބޭންކް މެދުވެރިކޮށް ދޫކުރެވި، ކޮންޓްރެކްޓް ކުރެވިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ. ރޭ ރާއްޖެ ޓީވީގެ “ފަލަ ސުރުހީ” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިހާތަނަށް 120 މިލިއަން ރުފިޔާގެ ލޯން އެސްއެމްއީ ބޭންކް މެދުވެރިކޮށް ދޫކުރެވި، ކޮންޓްރެކްޓް ކުރެވިފައިވާ ކަމަށާއި އެހެން ނަމަވެސް، ލޯނަށް އެދި ވަރަށް ގިނަ ފަރާތްތަކުން އެދެމުންދާ ކަމަށާއި އެދޭ ހުރިހާ ފަރާތްތަކަށް ލޯން ދޫކުރެވޭ ވަރަށް ފައިސާ […]

ޔުމްނާ ޢަލީ