އދ. ގެ 74 ވަނަ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް އިބުރާޙީމް މުޙައްމަދު ޞާލިހު މިއަދު ހެނދުނު މާލެ ވަޑައިގަތުމަށް ފަހު ފުރަތަމަ ޒިޔާރަތް ކުރެއްވީ އަބަދަށް ފެހިމަގުގައި މިމަހުގެ 20 ވަނަ ދުވަހު އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށެވެ.

މުޅިޤައުމަށް ސިހުންގެނުވި ހިތާމަވެރި އަލިފާނުގެ ހާދިސާ ހިނގި އިރު ރައީސުލްޖުމްހޫރިއްޔާ ހުންނެވީ މާލޭގަ އެވެ. ހ. ތިލަފުށިގޭގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވި އެ ހާދިސާ ހިނގި ރޭވެސް އެ ސަރަހައްދަށް ރައީސް ވަޑައިގަތެވެ. އަދި ގެއްލުން ލިބުނު ގެތަކުގެ މީހުންތިބި ސަރަޙައްދަށް ވަޑައިގެން އެމީހުންގެ ހާލަތު ވަރަށް ގާތުން ބެއްލެވި އެވެ. އަދި ނިއުޔޯކަށް ފުރާވަޑައިގަތުމުގެ ކުރިން އެފަދަ ހާދިސާތަކުން ރައްކާތެރިކަމުގެ ފިޔަވަޅުއެޅުއްވުމަށް ކެބިނެޓާއި މަޝްވަރާކުރައްވައި، މާލޭގައި ހުރި ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރަން އެންގެވިއެވެ.

Ad
d

ނިއުޔޯކްގައި ކުރިއަށް ދިޔަ އދ.ގެ އާންމު މަޖިލީހުގެ ސެޝަންތައް ނިމުނީ އިއްޔެ އެވެ. ރައީސް ސާލިޙު މިއަދު ހެނދު އެނބުރި މާލެ ވަޑައިގަތުމުން، އެމަނިކުފާނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ އެމަނިކުފާނުގެ ނައިބު ފައިސަލް ނަސީމެވެ.

Ad
df