ހދ.އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ކުޅުދުއްފުށީ އެކުވެރިންގެ ދިރުން ހޯދައިފިއެވެ.

ކުޅުދުއްފުށީ އެކުވެރިންގެ ދިރުމުން ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ މިރޭ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު ފައިނަލު މެޗުގައި ޓީމު ނޮޅިވަރަމް 3 ސެޓު 1 ސެޓުން ބަލިކޮށްގެންނެވެ.

Ad
d

މިމުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ޓީމް ކުޅުދުއްފުއްޓެވެ. އެ ޓީމު ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު ކުޅުނު އަންހެން ޑިވިޝަންގެ ފައިނަލް މެޗުގައި ނޮޅިވަރަންފަރު ސްޕޯރޓްސް ކްލަބް ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ.

މި މަހުގެ 20 އިން 29 އަށް ކުރިއަށް ދިޔަ މިމުބާރާތުގައި އަންހެން 6 ޓީމު އަދި ފިރިހެން 4 ޓީމު ބައިވެރިވެފައި ވެއެވެ. މިމުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށް ދިހަހާސް ރުފިޔާ އަދި ރަނަރަޕް ޓީމަށް ހަތްހާސް ރުފިޔާގެ އިނާމެއް ހުށަހެޅިފައިވެއެވެ.

Ad
df

މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ޑަބްލިއު ސްޕޯރޓްސް އެކެޑަމީގެ ފަރާތުންނެވެ.