ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ހއ އަތޮޅުގެ ޗެންޕިއަންކަން އިހަވަންދޫ ހޯދައިފިއެވެ.
އިހަވަންދޫ ޗެމްޕިއަންކަން ހޯދީ ކުޅުނު ހަތަރު މެޗުން ނުވަ ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނަ ހޯދައިގެންނެވެ. ގްރޫޕުގެ ފަހު މެޗުގައި ރޭ އިހަވަންދޫ އާއި ވަށަފަރު ބައްދަލުކުރި މެޗު 1-3 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ އިހަވަންދޫ އެވެ.
މުބާރާތުގެ ހއ އަތޮޅުން އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އިހަވަންދޫ ޓީމުގެ އިބްރާހިމް ހާމިދުއެވެ.
މުބާރާތުގެ ޒޯން ބުރުގެ ފުރަތަމަ މެޗުގައި މާދަމާ އިހަވަންދޫ ބައްދަލުކުރަން ޖެހޭނީ ހދ މަކުނުދޫ އާއެވެ. އަދި ހދ އަތޮޅުގެ ޗެމްޕިއަމް ކަން ހޯދި ނައިވާދޫ ނިކުންނާނީ ށ. ގޮއިދޫ އާ ދެކޮޅަށެވެ.
ހއ އަތޮޅުން މި މުބާރާތުގައި ފަސް ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ، އިހަވަންދޫ، މާރަންދޫ، ވަށަފަރު، ތުރާކުނު އަދި ކެލަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!