ތިލަދުންމަތީގެ ތިން ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ސާސްއީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެކު، ޕްލޭނިންގ މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު ޕްލޭނިންގ މިނިސްޓްރީސް ސޮއިކޮށްފައިވަނީ ހއ. ފިއްލަދޫ އަދި ހދ. ފިނޭގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށާއި ހދ. ނައިވާދޫގެ ފެނުގެ ނިޒާމު ގާއިމް ކުރުމުގެ މަޝްރޫއެވެ. މި ރަސްމިއްޔާތުގެ ތެރެއިން މަޝްރޫއުތައް ހަވާލުކުރީ ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި ސާސްއީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

Ad
d

ތިލަދުންމަތީގެ ތިން ރަށުގެ މަޝްރޫއުތައްވެސް ހަވާލުކޮށްފައިވަނީ ސާސްއީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. އެގޮތުން ފިއްލަދޫ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށް 27,399,074.70 ރުފިޔާ ހަރަދުވާނެއެވެ. ފިނޭގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށް 21,335,698.01 ރުފިޔާ ހަރަދުވާނެއެވެ. އަދި ނައިވާދޫގެ ފެނުގެ ނިޒާމް ގާއިމްކުރުމަށް 15,398,304.77 ރުފިޔާ ހަރަދުވާނެއެވެ.

Ad
df