ނެޝަނަލް ޕޭ ކޮމިޝަނުން މުސާރަތައް އެއްހަމަކުރުމަށް ނުވަތަ ޕޭ ހަރމަނައިޒް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައިރު، އެކި ސަބަބުތަކާހުރެ މުސާރައިގެ ކުރިއެރުން ލިބިފައިނުވާ މުވައްޒަފުންނަށް މި މަހުން ފެށިގެން މުސާރައިގެ ކުރިއެރުން ލިބޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ކޮންމެ ހަފްތާއަކު ސިލްސިލާކޮށް ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމުގެތެރެއިން މިއަދު ބޭއްވި މި ހަފްތާގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ޕޭ ހަރމަނ...
ޔުމްނާ ޢަލީ
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާސް (މަޓާޓޯ) އާއި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުގެ އަވަސް އެހީތެރިކަމަށް އެދިއްޖެއެވެ. މަޓާޓޯ އިން ހާމަކޮށްފައިވާ ގޮތުގައި، 2026 ވަނަ އަހަރުގެ މާރިޗު މަހުން ފެށިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވުމާއި، ބުކިންތައް ކެންސަލްވުމުގެ ސަބަބުން މިހާތަނަށް ފަތުރު...
އަޙްމަދު ވަހީދު
މިދިޔަ ރިޔާސީ ދައުރުގައި ވެރިކަންކުރި އެމްޑީޕީގެ ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ ތެރެއިން މިއަދަށް މުއްދަތު ހަމަވާ 50 މިލިއަން ޑޮލަރުގެ ލޯނު މިއަދު ހެނދުނު ދައްކާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ކޮންމެ ހަފްތާއަކު ސިލްސިލާކޮށް ކުރިއަށްގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން ދަރަނި ދެއްކުމުގައި ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ތަފްޞީލް ހިއްސާކުރައްވަމުންނެވެ. ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މިއަދު ދައްކާފައިވަނީ ކުރީގެ ސ...
ޔުމްނާ ޢަލީ
ސިޔާސީ ޕާޓީތަކުން ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި “އަދަދު” އޮންލައިން ނޫހުން ތައްޔާރުކުރި “އައިޝާ” ނަމަކަށް ކިޔާ ވީޑިއޯ ޑޮކިއުމެންޓަރީ ދައުރުކުރުމާ ގުޅޭގޮތުން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ ހުދޫދުގެ ތެރެއިން ޢަމަލުތައް ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސިޔާސީ ޕާޓީތަކަށް އަންގައިފިއެވެ. އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކަށް ފޮނުވި އެންގުމުގައި ވަނީ، ކްރިމިނަލް ކޯޓުގެ އަމުރުގެ ހުދޫދުގެ ތެރެއިން ސިޔާސީ ހަރަކާތްތައް ހިންގުމަށް އިލްތިމާސްކޮށްފައެވެ. މިގޮތުން އެ ޑޮކިއުމ...
އަލީ އާދިލް
ހއ. މުރައިދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ) އިން އެރަށުގެ ކުޑަކުދިންނަށް ކުރިއަށް ގެންދިޔަ ނަމާދު ކޭމްޕްގެ ނިމުން ފާހަގަކޮށް، ބައިވެރިންނަށް ސެޓް ފިކެޓް ދީފިއެވެ. އަށާވަރަކަށް ދަރިވަރުން ބައިވެރިވި މި ކޭމްޕް އެ ކޮމެޓީގެ ފަރާތުން ކުރިއަށް ގެންގޮސްފައި ވަނީ ހުސް އޭޕްރިލް މަހުގެ ފަހު ހަފުތާގައެވެ. މި ކޭމްޕްގެ ނިމުން ފާހަގަކުރުމަށް ހަފްލާއެއް ބާއްވާފައިވާއިރު، މުރައިދޫ ޑަބްލިޔުޑީސީ އިން ވަނީ، މި ޕްރޮގްރާމް ކުރިއަށް ގެންގޮސްދެއްވި އެރަށުގެ މަސްޖިދިލް އިހާއީގެ އިމާމް [...
ޝިއުނާ އާދަމް
އެމެރިކާ އާއި އިސްރާއީލުން އިސްވެ ފެބްރުއަރީ 28 ގައި އީރާނާއި ދެކޮޅަށް ފެށި ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން އެންމެ ފަހުން ހުށަހެޅި ހުށަހެޅުމަށް އީރާނުން ދިން ޖަވާބު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާދީއްތަ ދުވަހު ގަބޫލުނުކުރައްވާނެކަމަށް ވިދާޅުވެއްޖެއެވެ. ރައީސް ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ‘ޓްރޫތު ސޯޝަލް’ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާނުގެ މަންދޫބުން ފޮނުވި ޖަވާބު ކިޔުއްވާފައިވާ ކަމަށާއި، އެ ޖަވާބު ކަމުނުދާ ކަމަށެވެ. “އީރާނުގެ މަންދޫބުން ކަމަށް ބުނާ ފަރާތްތަކ...
ނާޒިމާ އަލީ
އިންޑިއާގެ ތަމަޅަ ފިލްމީ ދާއިރާގެ މަޝްހޫރު ތަރި، ސީ. ޖޯސެފް ވިޖޭ (ތަލަޕަތީ ވިޖޭ) އިންޑިއާގެ ތަމަޅަނާޑޫ ސްޓޭޓްގެ އާ ޗީފް މިނިސްޓަރުކަމުގެ ހުވާ އިއްޔެ ކުރައްވައިފިއެވެ. ވިޖޭ މި މަގާމުގެ ހުވާ ކުރައްވާފައިވަނީ އިންތިޚާބަށްފަހު އެ ސްޓޭޓްގެ ސިޔާސީ މަސްރަހުގައި އުފެދުނު ނުތަނަވަސްކަމާއި ދެބަސްވުންތަކަށް ނިމުމެއް ގެނައުމަށްފަހުގައެވެ. އުމުރުން 51 އަހަރުގެ ވިޖޭ ދާދިފަހުން އުފެއްދި “ތަމަޅަގަ ހެޓްރީ ކަޒަގަމް” (ޓީވީކޭ) ޕާޓީން ވަނީ މިދިޔަ ހަފުތާގައި ބޭއްވި އިންތިޚާބުގައި 108 ގޮނޑި ކާމިޔާބުކޮށްފައެވެ. ޖުމްލަ...
ނާޒިމާ އަލީ
މައިންގެ ކިބައިގައިވާ ހިތްވަރާއި، އޯގާތެރިކަމާއި ނުގުޑާފަދަ ސާބިތުކަމަކީ އާއިލާތަކާއި މުޖުތަމަޢުތަކުގެ ހަމަޖެހުމުގެ ފަހަތުގައިވާ އެންމެ ބޮޑު ބާރު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު އިއްޔެ ވިދާޅުވެއްޖެއެވެ. މަންމައިންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ މަންސަ ‘އެކްސް’ ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފަސްޓް ލޭޑީ ވަނީ، މުޖުތަމަޢު ބައްޓަންކޮށް ބިނާކުރުމުގައި ޤައުމީ ފެންވަރުގައި އަދި ދުނިޔޭގެ ފެންވަރުގައި މައިން އަދާކުރައްވާ މުހިންމު ދައުރުގެ އަގުވަޒަންކުރައ...
ޔުމްނާ ޢަލީ
1 މިނިޓު
ދިވެހިރާއްޖެއަކީ ޖަޒީރާ ޤައުމެކެވެ. މި ޖަޒީރާގެ ރަށްތައް ކުރިންސުރެ ގުރޫޕް ކުރެވިފައި ވަނީ ޤުދުރަތީގޮތުން އުފެދިފައިވާ އަތޮޅުތަކެއްގެ މައްޗަށެވެ. ކައިރި ކައިރީގައި ހުންނަ ޤުދުރަތީ ބައެއް އަތޮޅުތައް އެއް އަތޮޅެއްގެ ގޮތުގައި ޒަމާނުއްސުރެ ބަލައެވެ. ކުރީ ޒަމާނުގައި ސިޔާސީ އަދި އިދާރީ ނިޒާމު ވެސް ހިންގަމުން އައީ މި ޠަބީޢީ ބައިތައް ނުވަތަ އަތޮޅުތަކުގެ މައްޗަށެވެ. އިދާރީގޮތުން ހިންގުން ފަސޭހަކުރުމަށް ޓަކައި އަތޮޅުތައް ދެބަޔަކަށް ބައިކުރެވުނީ ޤުދުރަތީ ގޮތުން އަތޮޅުތައް ބެހިފައިވާ ނިޒާމާ އެއްގޮތަށް ހިންގ...
ޢަބްދުﷲ ސަޢީދު
ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ “އޮޕަރޭޝަން ކުރަނގި”ގެ ތިންވަނަ ފިޔަވަހީގެ މަސައްކަތްތައް ހޮނިހިރު ދުވަހު ފަށާފައިވާއިރު، މި ފިޔަވަހީގެ ފުރަތަމަ ދުވަހު އެކަނިވެސް ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 254 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އިއްޔެ ޓާސްކް ފޯސްއިން ކުރިއަށް ގެންދިޔަ މި ޚާއްސަ އޮޕަރޭޝަންގައި...
ޔުމްނާ ޢަލީ
“އަދަދު” އޮންލައިން ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޛްފު ކުރުމުގެ ކުށުގެ ދައުވާ އުފުލައި، އެ ނޫހުން ތައްޔާރުކުރި “އައިޝާ” ނަމަކަށް ކިޔާ ވީޑިއޯ ޑޮކިއުމެންޓަރީ ދައުރުކުން ކްރިމިނަލް ކޯޓުގެ އަމުރަކުން މަނާކޮށްފިއެވެ. މި މައްސަލައަކީ 28 މާރިޗު 2024 ގައި “އަދަދު” އޮންލައިންއިން އާންމުކުރި “އައިޝާ” ޑޮކިއުމެންޓަރީގައި، މާލެ/މ.ދިމްޔާތު، ޑރ. މުޙައްމަދު މުޢިއްޒަށް ތުހުމަތުތަކެއް ރައްދުވާ ގޮތަށް މައުލޫމާތު ފަތުރާފައިވާތީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮ...
އަލީ އާދިލް
ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގު ހަ ވަނަ މެޗުގައި ދިއްދޫ އިން މަނަދޫ ބަލިކޮށް، ލީގުގައި ދިއްދޫގެ ތިންވަނަ މޮޅު ހޯދައި އަނެއްކާ ވެސް ތާވަލުގެ އެއްވަނަ ޔަގީންކޮށްފިއެވެ. މަނަދޫގައި މިއަދު ހަވީރު ކުޅުނު މެޗެ ދިއްދޫ ކާމިޔާބުކުރީ 2-0 އިންނެވެ. މިއަދު މެޗު ފަށައިގެން ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައި ވަނީ ދިއްދޫއެވެ. މި މެޗުގައި ދިއްދޫ އަށް ފުރަތަމަ ލަނޑު ޖަހައިދިނީ މެޗުގެ 19 ވަނަ މިނިޓްގައި […]
ޔުމްނާ ޢަލީ
ފޫހިކަމާއެކު ކާރުން ފައިބައިގެން ގޮސް މާޔާ ހުއްޓުނީ ބޭރު ތޮށިގަނޑު ކައިރީގައެވެ. އޭރު ވެސް ބޯޓަށް ގިނަ އަދަދަކަށް މީހުން އަރާ، ފައިބަމުން ދެއެވެ. ކޮނޑުގައި އޮތް ދަބަސް ބަރުކަމުން، ތޮށިގަނޑުމަތީ ބެހެއްޓުމަށްފަހު އޭނާ އެތާ އިށީނެވެ. ދަތްދޮޅީގައި އަތްވިދިލައިގެން އިނދެ މާޔާ ނަޒަރު ހިންގަމުން ދިޔައީ އޭނާގެ ކުރިމަތީގައި ހޭލަމޭލަވެ އުޅެމުންދާ މީހުންނަށެވެ. ” ފާޚާނައާ ވަރަށް ކައިރީގަ ތަންމަތި އަޅާފަ މި އައީ. ހިނގާ! އަވަހަށް އަރަން ދާން.” މާޔާގެ ބައްޕަ ރާޒީ ބުންޏެވެ. […]
ސަލާމާ ޢަބްދުލް ޢަލީމް
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ސަރުކާރުން ދޫކުރާ ފްލެޓުތަކަށް ކުރިމަތިލުމުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި އެފަރާތްތަކުގެ ރަޖިސްޓަރީވެފައިވާ ބެލެނިވެރިޔާއަށް ފޯމު ހުށަހެޅޭ ގޮތަށް އުސޫލަށް މިއަދު އިސްލާހު ގެނެސްފިއެވެ. މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން މިއަދު ގެޒެޓްކުރި މި އިސްލާހުގެ ދަށުން، އުމުރުން 18 އަހަރު ފުރިފައިނުވާ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި، ނުކުޅެދުންތެރިކަން ހުރި ގޮތުން އަމިއްލައަށް ފޯމު ފުރުމަށް ނުވަތަ ބޯހ...
ޔުމްނާ ޢަލީ
އިސްރާއީލުން ފޭރިގެންފައިވާ ހުޅަނގު އައްސޭރީގައި، އިސްރާއީލުގެ ހަރުކަށި ޔަހޫދީންތަކެއް ފަލަސްތީނުގެ އާއިލާއަކަށް ބިރުދައްކައި، އެ އާއިލާގެ ބައްޕަގެ ހަށިގަނޑު ވަޅުލާފައި އޮތް މަހާނައިން ނެގުމަށް މަޖުބޫރުކުރުވައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ ޖެނީން ކައިރީގައި އޮންނަ އަސާސާ އަވަށުގެ ގަބުރުސްތާނެއްގައެވެ. މިއީ ޖައްބާރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން އަލުން އާބާދުކޮށްފައިވާ އިސްރާއީލުގެ ވަޒަންވެރިންގެ އާބާދީއަކާ ކައިރީގައި އޮންނަ ސަރަހައްދެކެވެ. އުމުރުން 80 އަހަރުގެ ހުސައިން އަސާސާ ނިޔާވީ މިދިޔ...
ނާޒިމާ އަލީ
ށ. ފުނަދޫގެ މަސްވެރިންނަށް ކުރިމަތިވެފައިވާ ތަފާތު ގޮންޖެހުންތަކާއި ކަންބޮޑުވުންތަކަށް އެކަށީގެންވާ ހައްލެއް ހޯދައިދިނުމާ ގުޅޭގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމްއާއެކު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ. މަސްވެރިކަމާ ބެހޭ ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ށ. ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙްގެ އިތުރުން، އެ ރަށު ކައުންސިލްގެ އިންތިޚާބީ ރައީސް މުޙައްމަދު އާދިލް ބައިވެރިވެލެއްވިއެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނިގޮ...
ޝިއުނާ އާދަމް
އޮންލައިން ދުނިޔޭގައި ކުޑަކުދިންނަށް ކުރިމަތިވަމުންދާ އާ ނުރައްކާތަކަކީ، ކުޑަކުދިންގެ ޙައްޤުގައި މުދައްރިސުންނާއި ބެލެނިވެރިން އާ ވިސްނުންތަކެއް ވިސްނަންޖެހޭ ކަމެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ރާއްޖޭގައި މިއަދު ފާހަގަކުރަމުންދާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ. ކޮންމެ އަހަރެއްގެ މޭ މަހުގެ 10 ވަނަ ދުވަހަކީ ދިވެހިރާއްޖޭގައި ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ އުފާވެރި ދުވަހެއްކަން ފާހަގަކުރައްވަމު...
ޔުމްނާ ޢަލީ
ށ. މިލަންދޫއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ހައްޔަރުކޮށްފައި ވަނީ ށ. މިލަންދޫ، ނަފާ، އަޙްމަދު ނާޞިރު (49އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި ހިނގާ މެއި މަހުގެ 7 ވަނަ ދުވަހު މިލަންދޫ ބަނދަރު ސަރަހައްދުންނެވެ. ފުލުހުން ބުނި ގޮތުގައި އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ކޮތަޅު ފެނިފައިވެއެވެ. މި އޮޕަރޭޝަނަކީ […]
ޔުމްނާ ޢަލީ