ކުޑަކުދިން ހެދިބޮޑުވަމުން އަންނަ ވަރަކަށް، އެކުދިންގެ އުމުރާގުޅޭ ތަޢުލީމާއި ތަރުބިއްޔަތު ފޯރުކޮށްދިނުމަކީ ސަރުކާރާއި ރައްޔިތުން ގުޅިގެން އަދާކުރަން ޖެހޭ ޤައުމީ ޒިންމާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ރާއްޖޭގެ ހުރިހާ ކުޑަކުދިންނަށާއި އެކުދިންގެ އާއިލާތަކަށް ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ލޯތްބާއެކު ފޮނުއްވާފައެވެ. ރައީސް މުޢިއްޒު ވިދާޅުވީ ކުޑަކުދ...
ޔުމްނާ ޢަލީ
އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގައި ވައިގެ މަގުން ދޭ ހަމަލާތަކަށް ތައްޔާރުވެ ރޭވުމަށްޓަކައި، އިސްރާއީލުން އިރާގުގެ ސަހަރާ ސަރަހައްދެއްގައި ސިއްރު އަސްކަރީ މަރުކަޒެއް ގާއިމުކޮށްފައިވާ ކަމަށް “ވޯލް ސްޓްރީޓް ޖާނަލް” އިން ރިޕޯޓްކޮށްފިއެވެ. މި މައުލޫމާތު އެނގޭ ފަރާތްތަކާ ހަވާލާދީ އެ ނޫހުން ހޮނިހިރު ދުވަހު ބުނެފައިވާ ގޮތުގައި، މި މަރުކަޒަކީ ހަނގުރާމަ ފެށުމުގެ ކުޑަދުވަސްކޮޅެއް ކުރިން އެމެރިކާއަށްވެސް އެނގިގެން ބިނާކުރި ތަނެކެވެ. މި ތަނަކީ އިސްރާއީލުގެ ޚާއްޞަ ސިފައިންނާއި ވައިގެ ސިފައިންނަށް ބޭނުންވާ ލ...
ނާޒިމާ އަލީ
ހޯރްމުޒް ކަނޑުއޮޅީގެ ކަނޑުގެ ސަތަހައިގެ ކޮންޓްރޯލް ހޯދުމުގެ އިތުރުން، އެ ސަރަހައްދުގެ ކަނޑުގެ އަޑީގައި އަޅާފައިވާ ބައިނަލްއަގުވާމީ “ޑިޖިޓަލް އިންފްރާސްޓްރަކްޗާ” ނުވަތަ އިންޓަނެޓް ކޭބަލްތަކުގެ ފުރިހަމަ ބާރުވެރިކަން ހޯދުމަށް އީރާނުން އާ އިސްތިރާތީޖީއެއް އެކުލަވާލައިފިއެވެ. 2026 ވަނ އަހަރުގެ މޭ މަހުގެ ތެރޭގައި އީރާނުގެ ފާސް ނިއުސް އާއި ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިއީ އެ ގައުމުން ފަށާފައިވާ “ސްޓްރެއިޓް އޮތޯރިޓީ” އިސްނެގުމުގެ ދަށުން ނިންމާފައިވާ ނިންމުމެކެވެ. “ކޭބަލް ޓޯލް”...
ނާޒިމާ އަލީ
1447 ވަނަ އަހަރުގެ ޙައްޖުގެ މޫސުމަށް ރާއްޖޭން ފުރާ ޙައްޖުވެރިންނަށް “މައްކާ ރޫޓު އިނީޝިއޭޓިވް” ގެ ދަށުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި، ސައޫދީ ޢަރަބިއްޔާގެ ވަފުދެއް ރާއްޖެ ވަޑައިގަންނަވަން ފައްޓަވައިފިއެވެ. މި ވަފުދުގެ އިސްބޭފުޅެއްގެ ގޮތުގައި ހިމެނިވަޑައިގަންނަވާ އޮޕަރޭޝަންސް މެނޭޖަރ ޢުމަރު ޢަބްދުލްމަޖީދު އާރް. އައްދަޢީޖު ރޭގެ ވަގުތެއްގައި ވަނީ ރާއްޖެ ވަޑައިގެންފައެވެ. މީގެ އިތުރުން، މި މަސައްކަތުގައި ބައިވެރިވާ ވަފުދުގެ އިތުރު 18 ބޭފުޅުން މެއި 11، 2026 ގައި ރާއްޖ...
ޔުމްނާ ޢަލީ
ސިފައިންގެ ކޮންމެ މީހެއްގެ ޢާއިލާ ދިރިއުޅޭ ސަރަޙައްދު ހިމެނޭ އޭރިއާ ކޮމާންޑެއްގައި ޑިއުޓީ އަދާކުރެވޭނެ ފުރުޞަތު ޤާއިމުކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސިފައިންނަކީ އަމިއްލަ ނަފުސަށްވުރެ ޤައުމު އިސްކުރައްވައިގ...
ޔުމްނާ ޢަލީ
އިންހޭލާ ބޭނުންކުރުމާ މެދު މުޖުތަމައުގައި އޮންނަ ނުރަނގަޅު ތަސައްވަރުތަކާއި ދޮގު މައުލޫމާތުތައް ނައްތާލުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ. އެކަމަނާ މިކަމަށް ގޮވާލެއްވީ “ވޯލްޑް އެސްތްމާ ޑޭ 2026 ސިމްޕޯސިއަމް” ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއަހަރުގެ ބައިނަލްއަގުވާމީ ނޭވާހިއްލާ ބަލީގެ ދުވަހުގެ ޝިއާރު ކަމަށްވާ “އެކްސެސް ޓު އެންޓި-އިންފްލަމޭޓަރީ އިންހޭލާރސް ފޮރ އެވްރިވަން ވިތު އެސްތްމާ – ސްޓިލް އެން...
ޝިއުނާ އާދަމް
ސްރީލަންކާގެ އެންމެ ނުފޫޒުގަދަ އަދި އިސް ބުދު ދީނުގެ ފާދިރީއަކު، 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފިއެވެ. މިއީ އެ ގައުމުގެ ދީނީ އިސްވެރިއަކާ ދެކޮޅަށް މިފަދަ ސީރިއަސް ތުހުމަތެއް ކުރެވި ހައްޔަރުކުރެވުނު އެންމެ މަތީ ފަންތީގެ މައްސަލައެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 71 އަހަރުގެ ޕައްލެގަމަ ހެމަރަތަނާ އެވެ. އޭނާ ހައްޔަރުކުރީ ވެރިރަށް ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި ފަރުވާ ހޯދަމުން ދަނިކޮށް ހޮނިހިރު ދުވަހުއެވެ. އޭނާ ހޮސްޕިޓ...
ނާޒިމާ އަލީ
ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގު ފަސް ވަނަ މެޗުގައި ހަނިމާދޫ އިން އޭދަފުށި ބަލިކޮށްފިއެވެ. ތަޖުރިބާކާރު ކޯޗު، އިސްމާއީލް އާސިފް (ކުޑަ ހީނާ)ގެ ބެލުމުގެ ދަށުން ކުޅުނު އޭދަފުށި ހަނިމާދޫ އަތުން ބަލިވީ 1-2 އިންނެވެ. ހަނިމާދޫގައި ކުޅުނު، މިއަދުގެ މެޗުގައި އޭދަފުށިން ވަނީ މެޗުގެ ދެވަނަ މިނިޓްގައި ލަނޑެއްޖަހައި ލީގު ނަގާފައެވެ. އެއީ އޭދަފުށީގެ […]
ޔުމްނާ ޢަލީ
ރާއްޖޭގައި ސައްޙަ އެކްޓިވް ވޯކްޕާމިޓެއްގައި ތިބެ މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން 98 އިންސައްތަ މީހުން ގަވައިދަށް ފައްތައި، އެމީހުންގެ ބަޔޯމެޓްރިކް މައުލޫމާތު ފުރިހަމަކޮށް ނިންމާލައިފިކަން ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު އިއުލާނު ކުރައްވައިފިއެވެ. ރައީސް މުޢިއްޒު މިއަދު ވިދާޅުވީ، ރާއްޖޭގައި މިވަގުތު ތިބި ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ސައްޙަ ވޯކްޕަރމިޓް އޮތް 98 އިންސައްތަ މީހުންގެ 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ ނަގައި، ބަޔޯމެޓްރިކަލީ ކާކުކަން ދެނެގަނެވޭނެ ގޮތަށް ނިޒާމުގެ ތެރެއަށް ވަ...
ޔުމްނާ ޢަލީ
ހުޅުމާލެއާއި ކުރުނބާ މޯލްޑިވްސް ރިޒޯޓާ ދޭތެރޭ އޮތް ސަފާރީއެއްގައި އަލިފާން ރޯވެ، އެ ސަފާރީގެ ދެ ފަޅުވެރިއަކަށް ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި، އަލިފާނުގެ މި ހާދިސާ ހިނގާފައިވަނީ “އެމްޕެރަރ އެކްސްޕްލޯރަރ” ނަމަކަށް ކިޔާ ސަފާރީއެއްގައެވެ. މި ހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުން ދަނީ އެ ސަރަހައްދުގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންނެވެ. ފުލުހުން ބުނ...
ޔުމްނާ ޢަލީ
ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނު އީލޮން މަސްކާއި އެމެރިކާގެ ސެކިއުރިޓީޒް އެންޑް އެކްސްޗޭންޖް ކޮމިޝަން (އެސްއީސީ) އާ ދެމެދު ވެފައިވާ 1.5 މިލިއަން ޑޮލަރުގެ ސުލްހައިގެ އެއްބަސްވުން ވަގުތުން ފާސްކޮށްދިނުމަށް އެމެރިކާގެ ފެޑެރަލް ފަނޑިޔާރަކު ދެކޮޅު ހައްދަވައިފިއެވެ. ވޮޝިންޓަން ޑީސީގެ ޔޫއެސް ޑިސްޓްރިކްޓް ޖަޖް ސްޕާކްލް ސޫކްނާނަން ހުކުރު ދުވަހު ނިންމެވީ، މި އެއްބަސްވުމަކީ އިންސާފުވެރި އަދި ދެފަރާތަށް ވެސް ހަމަހަމަ އެއްބަސްވުމެއްތޯ ކަށަވަރު ކުރުމަށް އިތުރު މައުލޫމާތު ބޭނުންވާ ކަމަށެވެ. ފަނޑިޔާރު ވިދާޅުވ...
ނާޒިމާ އަލީ
އީރާނުގެ ތެޔޮ އެކްސްޕޯޓްކުރާ މައި މަރުކަޒު ކަމަށްވާ ޚާރްޖް އައިލެންޑް ކައިރިން ކަނޑުގެ ބޮޑު ސަރަހައްދަކަށް ތެޔޮ އެޅިފައިވާކަން ސެޓެލައިޓް ފޮޓޯތަކުން މި ހަފުތާގައި ފާހަގަކުރެވިއްޖެއެވެ. ޔޫރަޕްގެ ކޮޕަރނިކަސް ސެންޓިނަލް ސެޓެލައިޓްތަކުން މެއި 6 އިން 8 އަށް ނަގާފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، 8 ކިލޯމީޓަރުގެ ދިގުމިން ހުންނަ މި ރަށުގެ ހުޅަނގު ފަރާތުން ކަނޑުގެ ސަރަހައްދުގައި އަޅި އަދި ހުދު ކުލައިގެ ބޮޑު ތެޔޮ ފަށަލައެއް ވަނީ އުފެދިފައެވެ. ކޮންފްލިކްޓް އެންޑް އެންވަޔަރަންމަންޓް އޮބްޒާވެޓަރީގެ […]
ނާޒިމާ އަލީ
ހަންޓާ ވައިރަސް އަކީ މީދަލާއި ފަހި ފަދަ ތަކެތީގެ ޒަރީއާއިން ފެތުރޭ ވައިރަސްތަކުގެ ގުރޫޕެކެވެ. މި ބަލި އިންސާނުންގެ ގަޔަށް އަރަނީ މީދަލުގެ ކުޑަކަމުދާ ތަކެއްޗާއި، ބޮޑުކަމުދާ ތަކެތި ނުވަތަ ކުޅުގައި ހުންނަ ވައިރަސްގެ ކުދިކުދި މާއްދާތައް ނޭވާލުމުގެ ތެރެއިން ހަށިގަނޑަށް ދިއުމުންނެވެ. ހާއްސަކޮށް ބަންދުކޮށްފައި ހުންނަ ނުވަތަ ހިރަފުސް ގަދަ ތަންތަނުގައި މި ނުރައްކާ ބޮޑެވެ. މި ވައިރަސްގެ ސަބަބުން ޖެހޭ މައިގަނޑު ބަލިތައްހަންޓާ ވައިރަސްގެ ސަބަބުން މައިގަނޑު ދެ ބައްޔެއް ފެތުރެއެވެ: ހަންޓާ ވައިރަސް […]
ނާޒިމާ އަލީ
ކުޅުދުއްފުށީ ސިޓީގެ ޔޫޓިލިޓީ ޚިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ހަރުދަނާކުރުމާ ގުޅޭގޮތުން ޖަޕާނުގެ ބައިނަލްއަޤްވާމީ ތަޖުރިބާހުރި ކުންފުންޏެއް ކަމަށްވާ “ކަނެޑީވިއާ” އާއެކު ކުޅުދުއްފުށީ ސިޓީ ކައުންސިލުން މަޝްވަރާކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނި ގޮތުގައި، މި މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ “ޖީނެޓްސް ސަމިޓް” ގައި ބައިވެރިވުމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުޙައްމަދު އާތިފް އަދި ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ އާދަމް ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުގެ ތެރެއިންނެވެ. މި ބައްދަލު...
ޔުމްނާ ޢަލީ
މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދިން ގޮތުގައި، ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މީހަކު ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވަނީ 2026 މެއި 08 ވަނަ ދުވަހުގެ ރޭ ދަންވަރު 00:09 އެހައިކަންހާއިރުއެވެ. މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ކޮށްފައި ވަނީ ސީދާ އޭޑީކޭ ހޮސްޕިޓަލުންނެވެ. މި ހާދިސާގައި އަނިޔާވެގެން ފަރުވާ ދެމުންދަނީ އުމުރުން 49 […]
ޔުމްނާ ޢަލީ
ހުކުރު ދުވަހު ކުޅުނު ސައުދީ ކިންގްސް ކަޕްގެ ފޯރިގަދަ ފައިނަލް މެޗުގައި އަލް ޚުލޫދު 2-1 އިން ބަލިކޮށް، މުބާރާތުގެ ތަށި އަލް ހިލާލުން އުފުލާލައިފިއެވެ. މިއީ އެ ޓީމުގެ ކޯޗު ސިމޯން އިންޒާގީ އެ ކުލަބާ ހަވާލުވި ފަހުން ހޯދި ފުރަތަމަ ކާމިޔާބީއެވެ. މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި އަލް ޚުލޫދުން ވަނީ ލަނޑެއް ޖަހައި ސިއްސުވާލާފައެވެ. އާޖެންޓީނާގެ ފޯވާޑް ރާމީރޯ އެންރީކޭ މި ލަނޑު ކާމިޔާބުކުރީ އަލް ހިލާލްގެ ގޯލްކީޕަރު ޔާސީން ބޫނޫ ކައިރިން […]
ނާޒިމާ އަލީ
ކީރިތި ޤުރުއާން ހިތުދަސްކޮށް ފުރިހަމަ ކާމިޔާބީއެއް ހޯދި، ށ. ފޯކައިދޫ، ރަނައުރާމާގެ ފާއިން ފަރުހާދު އަށާއި އޭނާގެ އާއިލާ އަށް އުފަންރަށް ފޯކައިދޫން އިއްޔެ ރަތްދޫލައިގެ ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. ހާފިޒުކަމުގެ މަތިވެރި ޝަރަފް ހާސިލްކުރި ފާއިން އާއި އޭނާގެ ޢާއިލާ އެ ރަށަށް ގޮސްފައިވަނީ ބުރާސްފަތިި ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. ފާއިން އަށް ރަށުން ހޫނު މަރުޙަބާ އެއް ކިޔުމަށްޓަކައި ފޯކައިދޫ ކައުންސިލުން އިސްވެ އޮވެ ވަނީ ދުރާލާ ތައްޔާރުވެފައެވެ. މިގޮތުން ރަށުގެ ބަނދަރު ސަރަހައްދުގައި […]
ޔުމްނާ ޢަލީ
ފަލަސްތީނުގެ ބައިނަލްއަގުވާމީ 10 ވަނަ މެރެތަން، އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ބެތުލެހެމްގައާއި، ޔަހޫދީންގެ އަނިޔާވެރި ހަމަލާތައް އަމާޒުވަމުންދާ ގާޒާގައި އެއްވަގުތެއްގައި ބާއްވައިފިއެވެ. ގާޒާގައި މި ދުވުން ބާއްވާފައިވަނީ އިޒްރޭލުގެ އުދުވާނުގެ ސަބަބުން ދެ އަހަރުގެ މެދުކެނޑުމަކަށް ފަހުގައެވެ. ހުކުރު ދުވަހުގެ ހެނދުނު ރާއްޖެގަޑިން 9:00 (ފަލަސްތީނުގަޑިން ހެނދުނު 6:00) ގައި ފެށި މި މެރެތަންގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި ބައިނަލްއަގުވާމީ ދުވުންތެރިން ބައިވެރިވިއެވެ. 42 ކިލޯމ...
ނާޒިމާ އަލީ