މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,360 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 2007 ވަނަ ޞަފްޙާ

‏ކަރަންޓު ބިލްތައް އެސްއެމްއެސް މެދުވެރިކޮށް ފޮނުވަން ސްޓެލްކޯއިން ނިންމައިފި

‏ކަރަންޓު ބިލްތައް އެސްއެމްއެސް މެދުވެރިކޮށް ފޮނުވަން ސްޓެލްކޯއިން ނިންމައިފި

ކަރަންޓު ބިލްތައް އެސްއެމްއެސް މެދުވެރިކޮށް ފޮނުވަން ސްޓެލްކޯއިން ނިންމައިފިއެވެ. ސްޓެލްކޯ އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ކޯވިޑް-19 ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރެވެންދެން އެ ކުންފުނިން ކަރަންޓު ބިލްތައް ފޮނުވާނީ ކަސްޓަމަރުން ދީފައިވާ މޮބައިލް ނަންބަރުތަކަށް ކަމަށެވެ. އަދި ސްޓެލްކޯގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ވެސް ބިލްތައް ފޮނުވާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. މީގެ އިތުރުން މިހާރު ކަސްޓަމަރުންގެ މޯބައިލް ނަންބަރު ނެތް ކަރަންޓު ބިލުތައް އެގެއެއްގެ ގްރައުންޑް ފްލޯރ އަ...

ޝިއުނާ އާދަމް
އޮޅުވެލި ރިސޯޓުގައި ލަންކާ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

އޮޅުވެލި ރިސޯޓުގައި ލަންކާ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

އޮޅުވެލި ބީޗް އެންޑް ރިސޯޓުގައި ލަންކާ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ނޫސްތަކަށް މަޢުލޫމާތު ދެއްވަމުން ބުނެފައިވަނީ އޮޅުވެލި ބީޗް އެންޑް ސްޕާގެ މުވައްޒަފަކު ނިޔާވެފައި އޮއްވާ ފެނިފައިވާ މައްސަލަ މިއަދު ގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ. އެމީހާ ފެނިފައިވަނީ ދިރިއުޅޭ ކޮޓަރީގައި ނިޔާވެފައި އޮއްވާކަމަށާއި އެމީހާ އަކީ ސްރީލަންކާ އަށް ނިސްބަތްވާ 53 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން ބުނެއެވެ. މިކަމާއިގުޅޭ އިތުރު މަޢުލޫމާތެއް ފުލުުން ހާމައެއް...

އިބްރާހިމް އަސްވާޤް
މިފަދަ ހާލަތްތަކުގައި ކީރިތި ރަސޫލާގެ ބަސްފުޅުން އިބުރަތް ހާސިލްކުރަންޖެހޭ

މިފަދަ ހާލަތްތަކުގައި ކީރިތި ރަސޫލާގެ ބަސްފުޅުން އިބުރަތް ހާސިލްކުރަންޖެހޭ

ކޮވިޑް-19 އަކީ މުޅި ދުނިޔެއަށް އޮތް ބަލިމަޑުކަމެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމައިއްޔާއިން ކަނޑައަޅައި، ސިއްހީ ޚިދުމަތްތެރިންނާއި، ސައިންސްވެރިންގެ ޑިމާންޑު މިއަދު މިވަނީ ބޮޑުވެފައެވެ.  ޞިއްޙީ ތަޖުރިބާކާރު “އިމިއުނޮލިޖިސްޓް” ޑރ. އެންތަނީ ފޮއުސީ އަދި ސަންޖޭ ގުޕްތާ ފަދަ ޞިއްޙީ ރިޕޯރޓަރުންގެ އިތުރުން ދުނިޔޭގެ ބޮޑެތި ޞިއްޚީ ޖަމާއަތްތަކުން އިލްތިމާސްކުރަމުން ދަނީ ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް މިވަގުތު އޮތް ހައްލަކީ  ސާފުތާހިރުކަން އިސްކޮށް، ގިނަގިނައިން އަތްދޮވެ ބަލިޖެހޭ މީހުން ކަރަންޓީން ކޮށް އެ...

އައިމިނަތު ޔުމްނާ
ކޮވިޑް-19: ރާއްޖެއިން ޖުމަލް 5 މީހުން ރަނގަޅުވެއްޖެ

ކޮވިޑް-19: ރާއްޖެއިން ޖުމަލް 5 މީހުން ރަނގަޅުވެއްޖެ

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވި 13 މީހުންގެ ތެރެއިން އިތުރު ދެ މީހުން ބަލިން މުޅިން ރަނގަޅުވެ، ޖުމްލަ ފަސް މީހަކު ބަލި ރަނގަޅުވި ލިސްޓަށް އަރައިފި އެވެ. މިހާރު ކޮވިޑަށް ފަރުވާ ދޭ މީހުންގެ އަދަދަކީ އަށެކެވެ. ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗުގެ ޑޮކްޓަރ ޑރ.މުޙައްމަދު އިސްމާޢިލް ވިދާޅުވީ 5 މީހަކު ރަނގަޅު ވުމަކީ އުފާވެރި ޚަބަރެއް ނަމަވެސް މިވަގުތަކީ އަދި މީގެ ނުރައްކާ ކުޑަ ވަގުތެއް ނޫންކަމަށެވެ. […]

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށީގެ ރަށްވެހިންގެ ތެރެއިން ރަށުންބޭރުގައި ވަޒީފާއަދާކުރާ މީހުންގެ ދަފުތަރެއް އެކުލަވާލަނީ

ކުޅުދުއްފުށީގެ ރަށްވެހިންގެ ތެރެއިން ރަށުންބޭރުގައި ވަޒީފާއަދާކުރާ މީހުންގެ ދަފުތަރެއް އެކުލަވާލަނީ

ކޮވިޑް-19 ރޯގާއާއި ގުޅިގެން ކުޅުދުއްފުށީގެ ރަށްވެހިން ތެރެއިން ވަޒީފާ އަދާކުރުމަށް ރަށުންބޭރުގައި ދިރިއުޅެމުން ގެންދާ މީހުންގެ ދަފުތަރު ބެލެހެއްޓުމުގެ މަސައްކަތް މިހާރުވަނީ ފެށިފައިކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފިއެވެ. ކޮވިޑް-19 ރޯގާއާއި ގުޅިގެން މި މަސައްކަތުގެ މައިގަނޑު މަޤްސަދަކީ މިފަދަ ދަނޑިވަޅުތަކުގައި އެއިދާރާއިން ފޯރުކޮށްދޭންޖެހޭ އެހީތެރިކަމާއި ޚިދުމަތްތަކާއި އަންގަންޖެހޭ މަޢުލޫމާތުތައް ފަސޭހަކަމާއެކު ފޯރުކޮށްދީ، ރަށުންބޭރުން ޒިޔާރަތްކުރާ ފަރާތެއްގެ ކިބައިން ބަލީގެ އަލާމާތެއް ފެނިއ...

ޔުމްނާ ޢަލީ
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް އަކްރަމް ޢައްޔަންކުރައްވައިފި

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް އަކްރަމް ޢައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ތިލަދުންމަތީ އުތުރުބުރީ ހޯރަފުށި ފަރީދީނޫރު އަލްފާޟިލް އަޙްމަދު އަކްރަމް ޢައްޔަން ކުރައްވައިފިއެވެ. އަޙްމަދު އަކްރަމް މި މަޤާމަށް ޢައްޔަނުކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އަޙްމަދު އަކްރަމަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ލައިދެއްވާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް މަޙާޒު ޢަލީ ޒާހިރެވެ. އަޙްމަދު...

އިބްރާހިމް އަސްވާޤް
ނެއްލައިދޫ އައު އިންޖީނުގެ އަދި އޮފީސް އިމާރާތް ކުރާނެ ބަޔަކު ހޯދަނީ

ނެއްލައިދޫ އައު އިންޖީނުގެ އަދި އޮފީސް އިމާރާތް ކުރާނެ ބަޔަކު ހޯދަނީ

ހދ. ނެއްލައިދޫ އައު އިންޖީނުގެ އަދި އޮފީސް އިމާރާތް ކުރާނެބަޔަކު ހޯދަން ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން އިޢުލާންކޮށްފިއެވެ. މިއަދު ކުންފުނިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ އެކުންފުނިންދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްގޮތަށް ނެއްލައިދޫ އައު އޮފީސް އަދި އޮފީސް އިމާރާތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާކަމަށެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނ...

ޝިއުނާ އާދަމް
އިންޑިޔާގެ ވެރިރަށް ނިއުދިއްލި އާއި އިތުރު ސިޓީތަކެއް ލޮކްޑައުން ކޮށްފި

އިންޑިޔާގެ ވެރިރަށް ނިއުދިއްލި އާއި އިތުރު ސިޓީތަކެއް ލޮކްޑައުން ކޮށްފި

ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 އިންޑިޔާގައިވެސް ފެތުރެމުންދާތީ އެކަމުން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އިންޑިޔާގެ ވެރިކަންކުރާ ސިޓީ ނިއުދިއްލި އާއި އިތުރު ސިޓީތަކެއް މިހިނގާ މާރިޗް މަހުގެ 31 ވަނަ ދުވަހާ ހަމައަށް ލޮކްޑައުން ކުރުމަށް ނިންމައިފިއެވެ. ނިއުދިއްލީވަނީ މިއަދުން ފެށިގެން މާރިޗް 31 ވަނަ ދުވަހުގެ ހެނދުނު 6 އާއި ހަމައަށް ލޮކްޑައުން ކޮށްފައެވެ. މިނިންމުގެ ދަށުން ލޮކްޑައުންކުރުމަށް ހަމަޖެހިފައިވާ އިތުރު ސިޓީތަކުގެ ތެރޭގައި ހިމެނެނީ ވިޔަފާރީގެ އ...

އަލީ އާދިލް
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ދިހަ ގެއެއް ބަލައި ފާސްކޮށް ހައްޔަރުކޮށްފައިވާ މީހުންގެ ވަނަވަރު ހާމަކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ދިހަ ގެއެއް ބަލައި ފާސްކޮށް ހައްޔަރުކޮށްފައިވާ މީހުންގެ ވަނަވަރު ހާމަކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ދިހަ ގެއެއް ބަލައި ފާސްކޮށް ހައްޔަރުކޮށްފައިވާ މީހުންގެ ވަނަވަރު މޯލްޑިވްސް ޕޮލިސް ސާވިސަސްއިން ހާމަކޮށްފިއެވެ. ދިހަ ގެއެއް ބަލައި ފާސްކޮށް ނުވަ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވާ މީހުންގެ ވަނަވަރާއި ތަފްސީލް ފުލުހުން ހާމަކުރަމުން ބުނެފައިވަނީ ގދ. ހޯނޑެއްދޫ، އަލޯރާ، އަރުޝަދު ޚާލިދާއި އިތުރު ބަޔަކު ގުޅިގެން މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކޮށް އެތަކެތި ގެންގުޅެ، ފުޅާދާއިރާއެއްގައި އެތަކެތި ޓްރެފިކް ކުރާކަމަށް މޯލްޑިވ...

ޝިއުނާ އާދަމް
ކޮވިޑް-19ގެ ސަބަބުން ވަރުގަދަ އެމެރިކާ އިނދަޖެހެނީ

ކޮވިޑް-19ގެ ސަބަބުން ވަރުގަދަ އެމެރިކާ އިނދަޖެހެނީ

ދުނިޔޭގެ އެހެން ކަންކޮޅުތަކެކޭ އެއްފަދައިން، އެމެރިކާގައި ހިފެހެއްޓުމެއްނެތި ފެތުރެމުންދާ ކޮވިޑް- 19 ގެ ސަބަބުން އެމެރިކާގެ އިގުތިސާދު އަޑިއަޅާލައިފިކަމަށާއި އިގްތިސާދު ދަށަށް ދަނީ ލަފާކުރެވިފައިވާ ވަރަށް ވުރެ މާ އަވަހަށް ކަމުގައި އެމެރިކާގެ އެންމެ ބޮޑު އެއް ނޫސް، ވޮޝިންޓަން ޕޯސްޓުން ބުނެފިއެވެ. ކޮވިޑް- 19 ގެ ވަކި އެމެރިކާގައި ވެސް ހިއްޕަމުން ދާއިރު، އެ ނޫހުން ބުނެފައިވާ ގޮތުގައި 2008 ގައި ވެއްޓުނު މާލީ އަޑިގަނޑަށްވުރެ އަޑިއަށް މިފަހަރު އެމެރިކާގެ އިގްތިސާދު ވެއްޓޭނެއެވެ. އެމެރިކާގެ ގިނަ […]

ހުސައިން ހަބީބް
އިއްތިހާދު އެއާވޭސް އިން ރާއްޖެއަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލަނީ

އިއްތިހާދު އެއާވޭސް އިން ރާއްޖެއަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލަނީ

އަބޫދާބީގެ އިއްތިހާދު އެއާވޭސް އިން ރާއްޖެއަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލަން ނިންމައިފި އެވެ. ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ހުރެ، އޭވިއޭޝަން ދާއިރާ އިނދަޖެހިފައިވާ ކިދަނޑިވަޅުގައި ރާއްޖޭގެ އިތުރުން އެ އެއާލައިނުން ދަތުރުކުރާ ގިނަ މަންޒިލުތަކަކަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލަން އެ އެއާވޭސް އިން ވަނީ ނިންމާފައެވެ. އެ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަސިންޖަރުންނާއި ސްޓާފުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކާ، ޔޫއޭއީގެ ސަރުކާރުގެ ނިންމުންތަކަށް ބޯލެނބުމުގެ ގޮތުން އެ އެ...

ޔުމްނާ ޢަލީ
މިއަދު ޤައުމަށް ކޮށްދެވިދާނެ ބައެއް ކަންތައްތައް!

މިއަދު ޤައުމަށް ކޮށްދެވިދާނެ ބައެއް ކަންތައްތައް!

ކަންކަމުގައި ބިރުގަންނާށާއި ބިރުވެތިވާން ދަސްކުރަންޖެހެއެވެ. ބިރުވެތިކަމަކީ ރައްކާތެރިވުން ނުވަތަ ތަޤުވާވެރިވުމެވެ. ބިރުގަތުމަކީ ކަމެއްގެ ނުރައްކާތެރިކަމުގެ ސަބަބުން ހިތަށް އަންނަ ސިހުމެކެވެ. އަޅުގަނޑުމެންނަށް ބިރުވެރިކަންކަމާއި ނުރައްކާތެރި ކަންކަމާ އަދި އެ ނޫން ކަންކަން ވަކިކޮށް އެނގެން ޖެހެއެވެ. ބިރުވެތިވެވޭނީ ބިރުދައްކައިގެންނެއްނޫނެވެ. ބިރު ގަންނުވައިގެންނެއް ވެސް ނޫނެވެ. އެކަމަކު ހަގީގަތް ހާމަކޮށްދީ ވިސްނައިދެވިގެންނެވެ. ކަންކަމުގައި އެ މީހެއްގެ ސަލާމަތް ބުއްދި އިސްކޮށް، ބޭނުންގެންނެވެ. މި...

ޢަބްދުﷲ ސަޢީދު
ތިން ރިސޯޓް ދެއްވީ ޝަރުތަކާ ނުލާ އިންސާނީ ޚިދުމަތަށް : ޤާސިމް

ތިން ރިސޯޓް ދެއްވީ ޝަރުތަކާ ނުލާ އިންސާނީ ޚިދުމަތަށް : ޤާސިމް

ވިލާ ގްރޫޕްގެ ތިން ރިސޯޓެއް ކޮވިޑް-19 ފެތުރުން ހުއްޓުވަން ކަރަންޓީން ކުރަން ޖެހޭ މީހުންނަށް ހާއްސަކޮށް، ސަރުކާރަށް ދެއްވުމަށް ނިންމެވީ އެއްވެސް ޝަރުތަކާއި ނުލައި، އިންސާނީ ޚިދުމަތަށް ޓަކައިކަމަށް ވިލާ ގްރޫޕްގެ ޗެއަރމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެއެވެ. ޤާސިމް ވިދާޅުވީ ކޮވިޑް-19 އިން ޤައުމު ސަލާމަތް ކުރުމަށް ކުރެވޭ މަސައްކަތަށް އިންސާނިއްޔަތަށްޓަކައި، އެއްވެސް އަގަކާއި ނުލައި މިހާރުވާނީ ވިލާ ގްރޫޕްގެ ތިން ރިސޯ...

ޝިއުނާ އާދަމް
2 ލައްކައިން 3 ލައްކައަށް އަރަން ހަފްތާއެއްވެސް ނުނެގި، ފަރުވާތެރިވެ ރައްކާތެރިވެ ތިބޭ!

2 ލައްކައިން 3 ލައްކައަށް އަރަން ހަފްތާއެއްވެސް ނުނެގި، ފަރުވާތެރިވެ ރައްކާތެރިވެ ތިބޭ!

ﷲގެ އިރާދަފުޅުން ހާލަތު މިވަގުތު ރާއްޖޭގައި ކޮންޓްރޯލްވެފައި އޮތަސް އަދި ހަމަޖެހިލެވެން ނެތްކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތަރުޖަމާން މަބުރޫކް އަބުދުލްއަޒީޒް ވިދާޅުވީ މިއީ ހަމަ ކޮންމެވަގުތެއްގައިވެސް ގިނަވެ ހިނގައިދާނެ ބައްޔެއްކަމަށާއި، ފަރުވާތެރިވެ ރައްކާތެރިވެ ތިބުމަށް އެދޭކަމަށެވެ. މިބައްޔަކީ ބާރަށް ފެތުރޭ ބައްޔެއްކަމަށާއި، އަވަހަށް ފެތުރޭ އެންމެންނަށްވެސް އޮތް ނުރައްކަލެއްކަން ހަނދާންކޮށްދެއްވިއެވެ....

އިބްރާހިމް އަސްވާޤް
ކޮވިޑް-19: ހުދުރަންފުށި މޮނިޓަރިންނަށް ގެނެސްފި

ކޮވިޑް-19: ހުދުރަންފުށި މޮނިޓަރިންނަށް ގެނެސްފި

ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމަތްތަކެއް ހުރި ދިވެއްސަކު ފެނުމުން އަދާރަން ސެލެކްޓް ހުދުރަންފުށި ރިސޯޓު (ކ. ޅޮހިފުށި) މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ‏ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން، އަދާރަން ސެލެކްޓް ހުދުރަން ފުށި ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދާކަމަށެވެ  އަދި އެ ރިސޯޓު ވަނީ މީހުން އަރާ ފޭބުން ހުއްޓުވައި، މޮނީޓަރިން ހާލަތަށ...

އިބްރާހިމް އަސްވާޤް
ފެލައިނީއާ ކޮންޓެކްޓްވި ދެ ދިވެއްސެއް ޓެސްޓްކުރަނީ

ފެލައިނީއާ ކޮންޓެކްޓްވި ދެ ދިވެއްސެއް ޓެސްޓްކުރަނީ

ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު މި މަހުގެ 12 ވަނަ ދުވަހު ޗައިނާ އަށް ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވި ބެލްޖިއަމްގެ ފުޓްބޯޅަ ކުޅުންތެރިޔާ މައުރޯނޭ ފެލައިނީއާ ކޮންޓެކްޓުވި ދެ ދިވެއްސެއްގެ ކިބައިން ބަލީގެ އަލާމާތްތައް ފެންނާނީ ޓެސްޓްކޮށް އެކަހެރި ކުރުމުގެ މަސައްކަތް ފަށައިފި އެވެ. މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު ފެލައިނީ، އެ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ. ޗައިނާ ސުޕާ ލީގުގައި މިހާރު ކުޅޭ ފެލައިނީ ޕޮޒިޓިވްވިކަން އެނގުނީ […]

ޝިއުނާ އާދަމް
ދިހަ އަހަރު ކުއްޖަކަށް ޖިންސީ ގޯނާ ކުރި ބިދޭސީއަކު ހައްޔަރުކޮށްފި

ދިހަ އަހަރު ކުއްޖަކަށް ޖިންސީ ގޯނާ ކުރި ބިދޭސީއަކު ހައްޔަރުކޮށްފި

މާލެއިން އުތުރުގެ ރަށެއްގައިި އުމުރުން 10 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި އުމުރުން 10 އަހަރުގެ ފިރިހެން ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި 32 އަހަރުގެ ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނެނީ ނ. އަތޮޅު، ރ. އަތޮޅު، ބ. އަތޮޅު، އަދި ޅ. އަތޮޅުގެ ރަށްތަކެވެ. ފުލުހުން ބުނީ މި […]

ޙުސައިން ޝަހުދީ
ސްޕައިން އިން މިއަދު 372 މަރު، 3076 މީހުން ޕޮޒިޓިވް!

ސްޕައިން އިން މިއަދު 372 މަރު، 3076 މީހުން ޕޮޒިޓިވް!

ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަކޮރޯނާ ވައިރަސް ޖެހިގެން ސްޕޭނުން މިއަދު މިހާތަނަށް 344 މީހުން މަރުވެ، 3076 މީހުން އަލަށް ޕޮޒިޓިވު ވެއްޖެއެވެ. ސްޕެއިން ދިރާސާ ކުރާފަރާތްތަކުން ހާމަކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މިއަދު ޔޫރަޕް ބައްރުން އެންމެ ގިނަަ މީހުން މީހުންނަށް އެވައިރަސް ޖެހިފައިވަނީވެސް މިޤައުމުންނެވެ. އަދި މިއަދު ދުނިޔޭން އެންމެ ގިނަ މީހުން މަރުވީވެސް، ޕޮޒިޓިވް ވީވެސް މި ޤައުމުންނެވެ. މި ޤައުމުން މިހާތަނަށް މިބަލީގައި 1753 މީހުން މަރުވެ، 28572 މީހުން ޕޮޒިޓިވް ވެފައިވެއެވެ....

ހުސައިން ހަބީބް