މާލެއިން އުތުރުގެ ރަށެއްގައިި އުމުރުން 10 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި އުމުރުން 10 އަހަރުގެ ފިރިހެން ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި 32 އަހަރުގެ ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނެނީ ނ. އަތޮޅު، ރ. އަތޮޅު، ބ. އަތޮޅު، އަދި ޅ. އަތޮޅުގެ ރަށްތަކެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން ދާކަމަށެވެ.
މިދިޔަ ހުކުރު ދުވަހު ވެސް ވަނީ 15 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އުތުރުގެ ރަށަކުން 20 އަހަރުގެ މީހަކު ހައްޔަރުކޮށްފަ އެވެ.
ފަހަކަށް އައިސް ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް ވަނީ އިތުރުވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!