ﷲގެ އިރާދަފުޅުން ހާލަތު މިވަގުތު ރާއްޖޭގައި ކޮންޓްރޯލްވެފައި އޮތަސް އަދި ހަމަޖެހިލެވެން ނެތްކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތަރުޖަމާން މަބުރޫކް އަބުދުލްއަޒީޒް ވިދާޅުވީ މިއީ ހަމަ ކޮންމެވަގުތެއްގައިވެސް ގިނަވެ ހިނގައިދާނެ ބައްޔެއްކަމަށާއި، ފަރުވާތެރިވެ ރައްކާތެރިވެ ތިބުމަށް އެދޭކަމަށެވެ.
މިބައްޔަކީ ބާރަށް ފެތުރޭ ބައްޔެއްކަމަށާއި، އަވަހަށް ފެތުރޭ އެންމެންނަށްވެސް އޮތް ނުރައްކަލެއްކަން ހަނދާންކޮށްދެއްވިއެވެ. ބަލި ފެތުރުން އަވަސްކަން ހިސާބު އަދަދުތަކުން ތަފްޞީލްކޮށްދެއްވަމުން ވިދާޅުވީ އެއްލައްކަ މީހުންނާ ހަމައަށްއެރީ ނުވަދިހަ އެތައްދުވަހެއް ވީފަހުންކަމަށާއި، އެއްލައްކައިން ދެލައްކައަށް އަރަން ނެގީ 11 ދުވަސްކަމަށެވެ. ނަމަވެސް ދެލައްކައިން ތިންލައްކައަށް އަރަން ހަފްތާއެއްވެސް ނުނެގިކަން ފާހަގަކުރައްވަމުން ފަރުވާކުޑަނުކުރުމަށް އިލްތިމާސްކުރެއްވިއެވެ.
އެކެއްގެ ކިބައިން ދެމީހެއް، ދެމީހެއް، ތިން މީހެއްގެ ކިބައިން ނުވަ މީހަކަށް، ދެން ހަމަ ރާސްލާފަ ފެތުރޭ ބައްޔެއް. އެހެންވީމަ މިވަގުތަކީ އަޅުގަނޑުމެންވެސް ހަމަ ސަމާލުވެ ތިބެންޖެހޭ ވަގުތެއްކަން ދުނިޔޭގައި މިބަލިޖެހެމުންދާ އަދަދު ބަލާލީމަ އެބައިނގޭ
މަބުރޫކް ވިދާޅުވިއެވެ.
ރާއްޖެއިން މިހާތަނަށް ޕޮޒިޓިވް ވީ 13 މީހުންގެ ތެރެއިން 3 މީހުން ވަނީ ރަނގަޅުވެފައެވެ. ނަމަވެސް ދުނިޔޭގައި ވައިރަސް އަދިވެސް ހަލުވިކަމާއެކު ފެތުރެމުންދާތީ ރާއްޖެއިން ދަނީ ފިޔަވަޅުތައް އަޅަމުންނެވެ. އަދި ޒަރޫރީ ބޭނުމެއްގައި ނޫނީ ބޭރަށް ނުނިކުތުމަށް ކަމާގުޅުންހުރި އިދާރާތަކާއި، ފަރާތްތަކުން ދަނީ ތަކުރާރުކޮށް އެދެމުންނެވެ.
އެންމެފަހުގެ ތަފްޞީލް:
މިހާތަނަށް ޕޮޒިޓިވް ވެފައިވަނީ 13 މީހުން
ކަރެންޓީން ފެސިލިޓީ ވިލިވަރުގައި 28 މީހުން
އީކުއޭޓަރ ސަފާރީގައި 2 މީހުން
ހުޅުލޭ ކަރަންޓީ ފެސިލިޓީގައި 135 މީހުން
ފަރުކޮޅު އައިސޮލޭޝަންގައި މީހަކު ނެތް
ވެލިދޫ އައިސޮލޭޝަންގައި 16 މީހުން
ފަން އައިލެންޑް ކަރަންޓީން ފެސިލިޓީގައި 66 މީހުން
ބިޔާދޫ ކަރެންޓީސް ފެސިލިޓީގައި 40 މީހުން
ކުޑަބަނޑޮސް ފެސިލިޓީގައި 48 މީހުން
ދިއްގިރި ކަރަންޓީން ފެސިލިޓީގައި 15 މީހުން
ހޮލިޑޭއިން ކަނެންޓީން ފެސިލިޓީގއި 88 މީހުން
ދަރުމަވަންތަ 11 ވަނަ ފްލޯގައި ތިބީ ރަނގަޅުވެފައިވާ 2 މީހުން، ޑޮކްޓަރުން ގާތުން ބަލަން ބޭނުންވާ އެކަކު
މިހާތަނަށް 637 ސާމްޕަލް ނެގިފައިވޭ
ނަތީޖާ ނުލިބި ވަނީ 2 ސާމްޕަލް
ޕޮޒިޓިވް ވީ 13 މީހުން
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!