ހދ. ނެއްލައިދޫ އައު އިންޖީނުގެ އަދި އޮފީސް އިމާރާތް ކުރާނެބަޔަކު ހޯދަން ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން އިޢުލާންކޮށްފިއެވެ.

މިއަދު ކުންފުނިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ އެކުންފުނިންދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްގޮތަށް ނެއްލައިދޫ އައު އޮފީސް އަދި އޮފީސް އިމާރާތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާކަމަށެވެ.

Ad
rt

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ)އަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުންވުން އެދޭކަމަށެވެ.

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން ހަމަޖެހިފައިވަނީ 12 އިން 14 އޭޕްރިލް 2020، ވަގުތު:09:00 އިން 14:00 އަށް އަދި މަޢުލޫމާތު ސާފުކުރެވޭ އެންމެފަހު ތާރީޚް (އީމެއިލްގެ ޒަރިއްޔާއިން):16 އޭޕްރިލް 2020، 14:00 ހަމަޖެހިފައިވާއިރު އަންދާސީ ހިސާބު ހުށަހެޅުންމުގެ ސުންގަޑިއަކީ 20 އޭޕްރިލް 2020، ހެނދުނު 10:00 އަށް ކަމަށް އެކުންފުނިން ކުރި އިޢުލާނުގައި ބުނެފައިވެއެވެ.

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް، ކުރެހުން އަދި ބީ.އޯ.ކިޔު ހިމެނިފައިވާ ސީ.ޑީ ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް ރަޖިސްޓަރ ކުރައްވާ ވަގުތު ހިއްސާކުރެވޭނެކަމުގައި އެއިއުލާނުގައި ބުނެފައިވެއެވެ.

ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެކަމަށާއި އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވާކަމަށް އިޢުލާނުގައި ބުނެފައިވެއެވެ.

އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ tender@fenaka.com.mv އަށްކަމަށް އެކުންފުނިން ބުނެފައިވެއެވެ.

ނެއްލައިދޫއަކީ ކަރަންޓު ކެނޑުމުގެ މައްސަލަ އިންތިހާއަށް ކުރިމަތިވެފައިވާރަށެކެވެ.