ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމަތްތަކެއް ހުރި ދިވެއްސަކު ފެނުމުން އަދާރަން ސެލެކްޓް ހުދުރަންފުށި ރިސޯޓު (ކ. ޅޮހިފުށި) މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން، އަދާރަން ސެލެކްޓް ހުދުރަން ފުށި ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދާކަމަށެވެ
އަދި އެ ރިސޯޓު ވަނީ މީހުން އަރާ ފޭބުން ހުއްޓުވައި، މޮނީޓަރިން ހާލަތަށް ގެނެސްފައި ކަމަށެވެ.
އޭގެ އިތުރުން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ވެލިގަނޑު އައިލެންޑް ރިސޯޓާއި، ސެންތާރާ ގްރޭންޑް އައިލެންޑް ރިސޯޓާއި، "އެލިއޯން" ކިޔާ އުޅަނދުން ނެގި ސާމްޕަލްތަކުގެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެފައިވާތީ އެ ރަށްތަކާއި އުޅަނދު މޮނިޓަރިންގގެ ހާލަތުން ނެގިފައި ވާކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!