އޮޅުވެލި ބީޗް އެންޑް ރިސޯޓުގައި ލަންކާ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ނޫސްތަކަށް މަޢުލޫމާތު ދެއްވަމުން ބުނެފައިވަނީ އޮޅުވެލި ބީޗް އެންޑް ސްޕާގެ މުވައްޒަފަކު ނިޔާވެފައި އޮއްވާ ފެނިފައިވާ މައްސަލަ މިއަދު ގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.
އެމީހާ ފެނިފައިވަނީ ދިރިއުޅޭ ކޮޓަރީގައި ނިޔާވެފައި އޮއްވާކަމަށާއި އެމީހާ އަކީ ސްރީލަންކާ އަށް ނިސްބަތްވާ 53 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން ބުނެއެވެ.
މިކަމާއިގުޅޭ އިތުރު މަޢުލޫމާތެއް ފުލުުން ހާމައެއް ނުކުރެއެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންކަމަށް ފުލުހުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!