ސިޔާސީ ހަރަކާތްތައް ހިންގަން ވާނީ އިންސާނީ ކަރާމަތަށް އިސްކަން ދީގެން: އަކްރަމް
ސިޔާސީ ޕާޓީތަކުން ސިޔާސީ ހަރަކާތް ހިންގަން ވާނީ ޤާނޫނު ތަކާއި، ޤަވާޢިދު ތަކަށް ބޯލަނބައި، އިންސާނީ ކަރާމަތާއި، ސަލާމަތަށް އިސްކަން ދީގެން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އަޙްމަދު އަކްރަމް ވިދާޅުވެއްޖެއެވެ. އަކްރަމް މި މޭރުމުން ވިދާޅުވީ، ރޭ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން ދެ ފުލުހެއްގެ ގަޔަށް މީހަކު ހައްޕުނޑު ޖަހާފައި ވާކަމަށް ރޭ ފުލުހުން ބުނެފައި ވަނިކޮށެވެ. އަކްރަމް ވިދާޅުވީ ކޯވިޑްގެ ހާލަތު ގޯހުން ގޯހަށް ދާއިރު، […]