މެލޭސިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ މައްޗަށް ކޮރޮޕްޝަނުގެ ދައުވާ ސާބިތުވެ 12 އަހަރަށް ޖަލަށްލުމަށް ހުކުން ކޮށްފިއެވެ.

ނަޖީބުގެ މައްޗަށްވަނީ އަމާނާތަށް ހިޔާނާތްތެރިވުމާއި މަނީ ލޯންޑަރިންއާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ހަތްދައުވާއެއް ކޮށްފައެވެ. މިހުރިހާ ދައުވާއެއްވެސް ވަނީ ޖަނީބުގެ މައްޗަށް ސާބިތުވެފައެވެ.

Ad
rt

މެލޭސިއާގެ ހައިކޯޓުގައި މިއަދު ކުރިއަށްގެންގޮސްފައިވާ ޝާރީއަތަކީ އެގައުމުގެ ދައުލަތުގެ އިންވެސްޓަމަންޓް ފަންޑު 1 އެމްޑީބީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އެސްއާރުސީ އިންޓަރނޭޝަނަލްއިން ނަޖޯބުގެ އެކައުންޓަށް 10.4 މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގެ އަޑުއެހުމެވެ.

މެލޭސިއާގެ ތަރައްގީގެއެކި އެކި މަޝްރޫއު ތަކަށް ފައިސާ އެއްކުރުމަށް 1 އެމްޑީބީފަންޑު ހުޅުވާފައިވަނީ ނަޖީބް ބޮޑުވަޒީރުކަމަށް ވަޑައިގެންނެވިތާ މާގިނަ ދުވަސްތަކެއް ނުވަނީސްއެވެ. އެމެރިކާގެ ޖަސްޓިސް ޑިޕާރޓްމަންޓުން ތުހުމަތުކުރާގޮތުގައި 1 އެމްޑީބީ ފަންޑުން ވަނީ 4.5 ބިލިއަން ޑޮލަރު ޑައިވާޓްކޮށް ލޯންޑަރކޮށްފައެވެ. މިފައިސާވަނީ އަގުބޮޑު ގެތަކާއި ޕްރައިވެޓް ޖެޓާއި ޔޮޓެއް ގަތުމަށް ހަރަދުކޮށްފައެވެ.