ރަސޫލެއްކަމަށް ބުނަމުން އައި ޕާކިސްތާން މީހެއް ގަޔަށް ކޯޓުގައި ބަޑިޖަހާ މަރާލައިފި
ރަސޫލެއްކަމަށް ބުނަމުން އައި މީހެއްގެ ގަޔަށް ޕާކިސްތާންގެ ޕެޝާވަރްގެ ކޯޓެއްގައި ބަޑިޖަހާ މަރާލައިފިއެވެ. މިހާދިސާގައި މަރާލާފައިވަނީ، ރަސޫލެއްކަމަށް ބުނެ ދައުވާ ކުރަމުން ދިޔަ މީހެކެވެ. ތޯހިރް އަހްމަދު ނަސީމް ނަމަކަށް ކިޔާ އެމިހާ ހައްޔަރު ކުރެވުނީ ރަސޫލެއްކަމަށް ބުނެ ދީނާ ހިލާފް ވާހަކަތައް ފަތުރަމުންދާތީ، 2018 ވަނަ އަހަރުއެވެ. އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން ޕާކިސްތާންގެ ޕޮލިސް އޮފިޝަލް އީޖާޒް އަހުމަދު ވިދާޅުވެފައި ވަނީ ތާހިރް އަހްމަދު ނަސީމްގެ މައްސަލަ ކޯޓުގައި ކުރިއަށް ދަނިކޮށް އޭނާގަޔަށް...