ހއ ދިއްދޫ އުތުރު ފުޓްބޯޅަ ދަނޑު 13 އަހަރު ފަހުން މިއަދު ހުޅުވައިފިއެވެ.

ރަސްމީކޮން އުތުރު ދަނޑު ހުޅުވާފައިވަނީ މިއަދު 16:15 ގައި ކުރިއަށްދިޔަ ހާއްސަ ރަސްމިއްޔާތެއްގައެވެ. މިމެޗުގެ ސަރަފްވެރި މެޙްމާންއަކީ ދިއްދޫ ކައުންސިލްގެ ރައީސް މުޙައްމަދު ހާޝިމް އެވެ. މިރަސްމިއްޔާތުގައި ދިއްދޫގެ ގިނަ މުވައްސަސާތަކުގެ އިސްވެރިންނާއި ދިއްދޫގެ ވިޔަފާރިވެރިން އައި އެކިގޮތްގޮތުން އެދަނޑު ތައްޔާރުކުރުމުގައި އެހީތެރިވި ފަރާތްތައް ވަނީ ބައިވެރިވެފައެވެ.

Ad
rt

މިދަނޑު ހުޅުވުމާއި ގުޅިގެން ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދު ބުނެފައިވަނީ އެ ދަނޑުގައި ކުޅެވޭނެ ގޮތް ވެގެންދިޔުމަކީ ދިއްދޫގެ ޒުވާނުންނާއި ކުޅިވަރަށް ލޯބިކުރައްވާ އެތައް ރައްޔިތުންނަކަށް ނުހަނު އުފަލާއި ބޮޑު ހިތްޖަމަޖެހުމެއް ލިބިގެންދިޔަ ކަމެއްކަމަށާއި އަދި މި އުފަލުގައި ބައިވެރިވެ އެންމެ ބޭފުޅުންނަށް މަރުޙަބާއާއި ޝުކުރު ދަންނަވާކަމަށެވެ.

ވަކީން ޚާއްޞަކޮށް، އަލްފާޟިލް ޙުސައިން ޒިމްޔާން (ބޯށިހިޔާ، ހއ ދިއްދޫ) އާއި ނުގުޑާ ފަދަ ޢަޒުމެއްގައި މި މަސައްކަތަށް އިސްނަގައި ނުހަނު ފޯރީގައި ދަނޑުގެ މަސައްކަތްކުރެއްވި އެންމެ ޒުވާނުންނަށް ހިފެހެއްޓުމެއް ތަޢުރީފާއި ޝުކުރު ދަންނަވަމެވެ.

އަބްދުﷲ ވަހީދު ބުނެފައިވެއެވެ.

މީގެ އިތުރުންވެސް ވަހީދު ބުނެފައިވަނީ މި ފުރުޞަތުގައި މި ދަނޑު އިތުރަށް ތަރައްޤީކުރުމުގައި ދައުލަތުގެ އިންތިޒާމްތަކުގެ ތެރެއިން ހަމަޖައްސަންޖެހޭ ކަންކަން ހަމަޖައްސައި އެކަމުގައި އެހީތެރިވުމުގައި ދެމިހުންނާނެކަމުގެ ޔަޤީންކަން ދިއްދޫގެ ޒުވާނުންނަށް އަރުވާކަމުގައެވެ.

މިދަނޑަކީ ދިއްދޫގައި ހިއްކި ސަރަހައްދުގައި ރައީސް ނަޝީދުގެ ވެރިކަމުގައި ހަދަންފެށުނު ދަނޑެކެވެ. އެކި އެކި ސަބަބު ތަކާއި މިދަނޑު ނިންމުން ވަނީ ލަސްވެގެން ގޮސްފައެވެ.

އުތުރު އަވަށު ފުޓްބޯޅަ ދަނޑު ހުޅުވުމުގެގޮތުން ކުޅެވުނު އެކުވެރިކަމުގެ ފުޓްބޯޅަ މެޗް ގައި ބައްދަލު ކުރީ ލައިކަން ސްޕޯރޓްސް ކުލަބާއި ބާޒްބޯ ޓީމް އެވެ. މިމެޗް 4 ލަނޑު 3 ލަޑުން ކާމިޔާބްކޮށްފައިވަނީ ލައިކަން ސްޕޯރޓްސް ކުލަބުންނެވެ. މެޗް ކުރިއަށްދިޔައިރު ދިއްދޫއަށް ދިޔައީ ވަރަށް ބޯކޮށް ވާރޭވެހެމުންނެވެ.