ކޯވިޑް-19 އަށް ރާއްޖެއިން މިއަދު 137 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި މިއަދު ޕޮޒިޓިވްވި 137 މީހުންގެ ތެރޭގައި ހިމެނެނީ 92 ދިވެއްސަކާއި ބަންގްލަދޭޝަށް ނިސްބަތްވާ 31މީހެއްގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ 9 މީހެކެވެ.
✳️ COVID-19 Case Updates
As of 06:00 PM
Confirmed an additional 137 cases of COVID-19 infections in Maldives
- 92 Maldivians
- 31 Bangladeshis
- 9 Indians
- 4 Sri Lankans
- 1 FilipinosTotal number of cases: 3,506 pic.twitter.com/dB2QG98uCq
— Health Protection Agency (@HPA_MV) July 28, 2020
މިއާއެކު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވީ ޖުމްލަ އަދަދު މިވަނީ 3506 އަށް އަރާފައެވެ.
މީގެތެރެއިން ފަރުވާ ދެމުން އަންނަނީ 929 މީހުންނަށެވެ. އަދި މި ބަލިން 2547 މީހުން ރަނގަޅުވެފައިވާއިރު 15 މީހަކު ވަނީ މަރުވެފައެވެ.
ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު އެޗްޕީއޭ އިން ވަނީ 30 މީހުންނަށް ވުރެ ގިނައިން އެއްވެ އުޅޭ ހަރަކާތްތައް ބޭއްވުން މަނާކޮށްފަ އެވެ. އަދި ބޭރަށް ނިކުމެ އުޅޭއިރު މާސްކު އެޅުމަށާއި ގައިދުރު ކަމަށް ސަމާލުކަން ދިނުމަށް ތަކުރާރުކޮށް އެޗްޕީއޭ އިން އަންނަނީ އިލްތިމާސް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!