މައިކްރޯސޮފްޓްގެ އާފޯނު 1400 ޑޮލަރަށް!
މައިކްރޯސޮފްޓުން އަލަށް ތައާރަފްކުރާ އެކުންފުނީގެ ފުރަތަމަ އެންޑްރޮއިޑް ފޯން “ދަ ސަރފެސް ޑުއޯ” ސެޕްޓެމްބަރ 10 އެއްގައި ނެރޭނެކަމަށް އެކުންފުނިން ވަނީ ބުދަދުވަހު ހާމަކޮށްފައެވެ. މިފޯން ގެ އަގަކީ 1400 އެމެރިކާ ޑޮލަރުކަމަށް ވާއިރު ގިނަބައެއްގެ މެދުގައި ސުވާލު އުފެދިގެން ދިޔައީ މިފޯން މިހާ އަގުބޮޑުވީ ކީއްވެތޯއެވެ. ފޯން އަގުބޮޑުވީ ސަބަބު ބަޔާން ކޮށްދެމުން މައިކްރޯސޮފްޓުން ބުނެފައިވަނީ މިއީ ޑުއެލް ސްކްރީން ޑިވައިސް އެއްކަމުގައެވެ. މިއީ ފައްޖަހާލެވޭ ޓެބްލެޓެއް ކަހަލަ ފޯނެކެވެ. މިފޯނުގައި 2 ސްކްރީން އިނ...