‏ކޯވިޑް-19 އާއި ގުޅޭ އެންމެ ފުރިހަމަ މަޢުލޫމާތާއި އިރުޝާދު ދެއްވަމުން ގެންދަވާ ކަމަށާއި، އެހެން ކަމުން އެޗްޕީއޭގެ އިރުޝާދު އަޑު އެއްސެވުމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

ޑރ. ނަޒުލާ ވިދާޅުވީ ސޯޝަލް މީޑިއާއި އެހެންވެސް ޕްލެޓްފޯމްތަކުގައި ކޯވިޑްއާއި ގުޅޭ ރަނގަޅު ނޫން މަޢުލޫމާތު ބައެއް ފަރާތްތަކުން ޝެއަރކޮށް ހަދާ ކަމަށެވެ.

Ad
rt

" އަޅުގަނޑުމެން މި ތިބީ ތިބޭފުޅުންނަށް މިކަމާގުޅޭ އެންމެ ފުރިހަމަ މަޢުލޫމާތާއި އިރުޝާދުދޭން. އެހެން ކަމުން އެޗް.ޕީ.އޭގެ އިރުޝާދު އަޑުއައްސަވާ."

ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒުލާ ވިދާޅުވީ މިދުވަސްވަރު ކޭސް ތައް ވަރަށް ބޮޑަށް އިތުރުވެގެން ދާތީ އެޗް.އީ.އޯ.ސީގެ އޮޕޮރޭޝަންސްތައް އިތުރަށް ފުޅާކޮށް ރަނގަޅުކުރަމަށް މަސައްކަތް ކުރަށްވަމުން ދާ ކަމަށެވެ.

ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު މިއަދު އިރުއޮއްސި ހައެއް ޖެހުމާއި ހަމައަށް ވަނީ 5،366 އަށް އަރާފައެވެ. މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 21 މީހަކު ނިޔާވެފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ 15 ދިވެހިންނާއި 6 ބިދޭސީންނެވެ.

މިބައްޔަށް ފަރުވާ ދެވެމުންދާ މީހުންގެ ގޮތުގައި 2،461 މީހުން ތިބިއިރު، 150 މީހަކަށް ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. ރާއްޖެއިން މިހާތަނަށް ރަނގަޅު ވެފައި ވަނީ 2،884 މީހުންނެވެ.

މިއަދު މިބައްޔަށް އަލަށް 143 މީހުން ޕޮޒިޓިވް ވެފައިވާއިރު، ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ މީހުންގެ ތެރެއިން 10 މީހަކަށް ފަރުވާދެނީ އައިސީޔޫގައި ކަމަށާއި، އަދި ދެ މީހަކު އޮތީ ވެންޓިލޭޓަރުގައި ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވަނީ މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅު ވެފައެވެ.

އޭގެ ތެރޭގައި ހިމެނެނީ ޑީއެޗް11ގެ އައިސީޔޫގައި ތިބި ފަސް މީހުންނާއި، ޑީއެޗް16 ގެ ވޯޑުގައި ތިބި ފަސް މީހަކާއި ބ. އޭދަފުށީ ކޮވިޑް ފެސިލިޓީގެ ވޯޑުގައި ފަރުވާ ދެމުން އަންނަ މީހަކާއި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ތިބި 139 މީހުންނެވެ.