ބައިިނަލްއަގްވާމީ ޒުވާނުންގެ ދުވަހާއި ގުޅިގެން "ކްރިއޭޓިވް ޕިޗް ރައިޓިން ކޮންޓެސްޓަކަށް" މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ހުޅުވާލައިފިއެވެ.

ޔޫތު މިނިސްޓްރީއިން މިއަދު ބުނީ މި މުބާރާތް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވަނީ އޮންލައިން ކޮށް ކަމަށާއި، އަދި މި މުބާރާތަށް ހުށަހަޅާ ޕިޗްތަކުގެ ތެރެއިން އެންމެ ރަނގަޅު ތިން ޓީމަކާއެކު އެ ނިސްޓްރީއިން މަސައްކަތްކުރާ ގޮތަށް ހަމަޖެހިފައި ވާ ކަމަށެވެ.

Ad
rt

މި މުބާރާތުގެ ތީމެއްގެ ގޮތުގައި ޔޫތު އެންގޭޖްމެންޓް ފޯ ގްލޯބަލް އެކްޝަން ކަނޑައަޅާފައި ވާއިރު، މި ކޮންޓެސްޓް ކާމިޔާބުކުރާ ތިން ޓީމަކަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ވެސް ދިނުމަށް ވަނީ ނިންމާފައެވެ.

މި މުބާރާތުގެ ތީމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޔޫތު އެންގޭޖްމެންޓް ފޯ ގްލޯބަލް އެކްޝަންއެވެ. މި ތީމުގެ ދަށުން ޕިޗުތައް ހުށަހެޅޭނެ މައުޟޫތަކަކީ

  1. ކްލައިމެޓް ޗޭންޖް
  2. ފަައިނޭންޝިއަލް އިންކްލޫޝަން
  3. ޔޫތު ހެލްތު
  4. ވިމެން އެމްޕަވަރމަންޓް
  5. ޕޮލިޓިކަލް ޕާޓިސިޕޭޝަން
  6. ވޮލަންޓިއަރިޒަމް
  7. އެެޑިއުކޭޝާން
  8. މައިގްރޭޝަން
  9. ރެޑިކަލައިޒޭޝަން އެންޑް ވަޔޮލެންޓް އެކްސްޓްރީމިޒަމް
  10. ޑިސްއެބިލިޓީ އެންޑް އިންކްލޫޝަން

މި ކޮންޓެސްޓްގައި 18 އަހަރާއި 35 އަހަރާއި ދެމެދުގެ ހުރިހާ ދިވެހި ޒުވާނުންނަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި ވާކަމަށް ޔޫތު މިނިސްޓރީއިން ބުންޏެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ހާމަ ކުރަށްވާ ފައިވާ ގޮތުގައި، މި މުބާރާތަށް ޕިޗް ހުށަހެޅުމުގެ އެންމެ ފަހު ގަޑިއަކީ 31 އޮގަސްޓްގެ 14:00 އެވެ.