ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯނާއި އެޗްޑީސީ އެއްކޮށްލައިފި
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް، އެޗްޑީސީއާއި ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް، ޖީ.އެމް.އައި.ޒެޑް.އެލް އެއްކޮށްލުމަށް ސަރުކާރުން ނިންމަވައިފިއެވެ. މި 2 ކުންފުނި އެއްކޮށްލުމަށް ސަރުކާރުން ނިންމަވާފައިވަނީ މާލީ ގޮތުންނާއި އަދި ހިންގުމުގައި ލިބޭނެ ފައިދާތަކަށް ރިޢާޔަތްކުރުމަށްފަހު ހުޅުމާލެ، ތިލަފުށި، ގުޅިފަޅު ހިމެނޭ ގޮތަށް ގްރޭޓަރ މާލޭ އޭރިޔާ ތަރައްޤީކުރަން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް އެއް ކުންފުންޏެއްގެ ދަށުން ކުރިއަށް ގެންދިއުމުގެ މަޤްޞަދުގައެވެ. ޖީ.އެމް.އައި.ޒެޑް.އ...