މާލޭ ސިޓީ ވެސްޓްޕާކް ސަރަހައްދަށް އެކަނި ސްނޯކްލިންއަށް ދިޔަ ޒުވާނަކު ގެއްލިގެން ހޯދަންފަށައިފިއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ، މިއަދު ހެނދުނު 11:00 ހާއިރު ސްނޮކްލިންގ އަށް ގޮސް އުޅެނިކޮށް ހަބަރެއްނުވެގެން ހޯދަމުންދަނީ، މ. ބޮއިލިން ފިޝް، (24އ) ސަފްވާން ރަޝީދު ކަމަށެވެ.

Ad
rt

ސަފްވާން ގެއްލިގެން އުޅޭކަމަށް އެމްއެންޑީއެފްއަށް އިޕޯޓް ލިބިފައިވަނީ މިއަދު ހަވީދު 16:36 ހާއިރުކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ. އެމްއެންޑީއެފްއިން ބުނީ މާލެ އޭރިއާގެ ކޯސްޓްގާޑު ސްކޮޑްރަންގެ ޑައިވަރުން އޭނާ ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

އެމްއެންޑީއެފްއިން 17:33 ގައި ނޫސްތަކަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ ގެއްލިގެން ހޯދަމުންދިޔަ ސަފްވާންގެ ހަށިގަނޑު އެސަރަހައްދު މޫދު އަޑީގައި އޮއްވައި ފެނިފައިވާކަމަށެވެ. މިހާރު ސޮފްވާންގެ ހަށިގަނޑު އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

އެއިނާ ފެނިފައިވަނީ އެމްއެންޑީއެފްގެ ޑައިވަރުންނާއި އާންމު ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮން އާންމުންގެ ޑައިވަރުންނަށް ކަމަށެވެ.