ރާއްޖޭގެ މީޑިއާތައް ގުޅިގެން ހިންގާ “ކޯވިޑް ހުއްޓުވާނީ އަހަރެން” ގައުމީ ކެމްޕޭނުގެ ދަށުން “ކޯވިޑް ހުއްޓުވާނީ އަހަރެން – ރައްޔިތުންގެ ކެމްޕެއިން” ގެ ނަމުގައި އާންމުންނަށް ބައިވެރިވެވޭ ގޮތަށް، ވީޑިއޯ އަދި ފޮޓޯ މުބާރާތެއް މިއަދު ހުޅުވާލައިފިއެވެ. އަގުހުރި ފައިސާގެ އިނާމު ހުށަހެޅިފައިވާ މި މުބަރާތުގައި ވީޑިއޯއާއި ފޮޓޯ ތައްޔާރު ކޮށް ފޮނުވަން ޖެހޭނީ “ކޯވިޑް ހުއްޓުވާނީ އަހަރެން” ކެމްޕޭނާ ގުޅޭގޮތުން އާންމު ހޭލުންތެރިކަން އިތުރުވާނެ ހިޔާލެއް، މެސެޖެއް ދެވޭ ވީޑިއޯއާއި ފޮޓޯއެވެ. މިގޮތުން ވީޑިއޯ މުބާރާތުގައ...
ތިލަދުން
އިންޑިއާ އާއި ރާޖެއާއި ދެމެދުގައި ކާގޯ ފެރީގެ ޚިދުމަތް ރަސްމީކޮން ފަށައިފިއެވެ. ފެރީގެ ޚިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި، އިންޑިއާގެ މިނިސްޓްރީ އޮފް ސްޓޭޓް ފޮރ ޝިޕިންގގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެން ވަރޗުއަލް ރަސްމިއްޔާތެއްވަނީ މިއަދު ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ކޮޗިން-ކުޅުދުއްފުށީ ކާގޯ ފެރީގެ ފުރަތަމަ ދަތުރު އިފްތިތާޙްކޮށްދެއްވީ އިންޑީއާގެ ފަރާތުން މިނިސްޓަރ އޮފް ސްޓޭޓް ފޯ ޝިޕިންގ ސްރީ މަންސުޙް އެލް.މަންދަ...
ޝިއުނާ އާދަމް
ސްޓެލްކޯއިން ކ. ކާށިދޫ އަދި ކ. ގާފަރަށް އައު ޖަނަރޭޓަރު ސެޓު ފޮނުވައިފިއެވެ. ސްޓެލްކޯއިން ބުނީ އެ ދެ ރަށަށް ފޮނުވުނު އައު ޖަނަރޭޓަރު ސެޓުތަކާއިއެކު އެ ދެ ރަށުގައި ކަރަންޓު އުފައްދާ މިންވަރު އިތުރުކޮށް، ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ވެގެން ދާނެ ކަމަށެވެ. މި ގޮތުން ސްޓެލްކޯއިން ކ. ކާށިދޫއަށް ފޮނުވާފައި ވަނީ 600 ކިލޯވޯޓުގެ އައު ޖަނަރޭޓަރު ސެޓެކެވެ. މި ޖަނަރޭޓަރު ސެޓު މިހާރު ވަނީ ކާށިދޫއަށް ގެންދެވިފައި ކަމަށް ސްޓެލްކޯއިން ބުންޏެވެ. […]
އަޙްމަދު ވަހީދު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު (ޤާނޫނު ނަންބަރު: 2007/5) އަށް ފަސްވަނަ އިޞްލާޙު ގެނައުމުގެ ބިލާއި އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު (ޤާނޫނު ނަންބަރު: 2008/8) އަށް އެއްވަނަ އިޞްލާޙު ގެނައުމުގެ ބިލު އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު (ޤާނޫނު ނަންބަރު: 13/2008) އަށް އެއްވަނަ އިޞްލާޙު ގެނައުމުގެ ބިލު މިއަދު ތަޞްދީޤުކުރައްވައިފިއެވެ. ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު (ޤާނޫނު ނަންބަރު: 2007/5) އަށް ފަސްވަނަ އިޞްލާޙު ގެނައުމުގެ މި ބިލަކީ 2020 ސެޕްޓެންބ...
އަލީ އާދިލް
މޫސުން ގޯސްވެ ވައިބާރު ވާނެ ކަމަށް ލަފާކޮށް ހއ.އަތޮޅުން ފެށިގެން ރ.އަތޮޅަށް ވައިޓް އެލާޓް ނެރެފި އެވެ. މިއެލާޓް ނެރެފައިވަނީ މެންދުރު 12:30އިން އިރުއޮއްސި 18:00 އަށް ނެރެފައިވާ ސަމާލު މެސެޖުގައި ބުނެފައިވަނީ، މިވަގުތުތަކުގައި އެސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި ވައިގަދަވާނެ ކަމަށާއީ ވިލާ ގަނޑުގައި އިތުރަށް ވައި ބާރުވެ ކަނޑުތައް ގަދަވާނެކަމަށެވެ. “ކުރިއަށް އޮތް ވަގުތުތަކަށް މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއެކު ބޯކޮށް ވިއްސާރަ ކުރާނެ ކަ...
ޖަލްވާން ޖާދުﷲ
ހއ. ހޯރަފުށީގައި ތަރައްޤީ ކުރަމުންދާ އެއާޕޯޓުގެ ފަސިންޖާ ޓާމިނަލު އަދި ފަޔަރ އިމާރާތް، އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ. އެމްޓީސީސީއިން ބުނީ އެމަސައްކަތްތައް 19 ސެޕްޓެމްބަރ 2020 ވަނަ ދުވަހު ފަށާފައިވާ ކަމަށެވެ. މި މަޝްރޫޢަކީ 80 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫޢެއެކެވެ. ހޯރަފުށި އެއަރޕޯޓުގެ ފަސިންޖާ ޓާމިނަލު އަދި ފަޔަރ ބިލްޑިންގް އިމާރާތް ކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް...
އަޙްމަދު ވަހީދު
ބަދަލަކީ އިންސާނުން ޖެހިލުންވެ ފަސްޖެހޭ އެއްޗެކެވެ. ކޮންމެ އިންސާނަކަށްވެސް އެންމެ ގޮތްނޭނގޭ އެއްޗަކީ ބަދަލެވެ. އެއީ ގޮތްނޭނގޭ ކަނޑަކަށް ފީނައިގަތުން ކަހަލަ ކަމެކެވެ. ބަދަލުގެ ނަތީޖާއަކީ ކޮބައިކަން ކިތަންމެ ވަރަކަށް ދިރާސާކުރިކަމުގައި ވިޔަސް، ބަދަލުގެ ނަތީޖާ އެނގެނީ ބަދަލު ގެނައުމުންނެވެ. އަދި ބަދަލަކީ ބައެއްފަހަރު ވަރަށް ހިތިތަޖުރިބާއަކަށް ވެސް ވެދެއެވެ. އަނެއްބައި ފަހަރު ފޮނިކަމާއި މީރުކަމުގެ ރަހަ ލިބެއެވެ. އެކަމަކު، ހަގީގަތަކީ ބަދަލު އެއީ އިންސާނީ ތަޖުރިބާގެ އެންމެ ޔަގީންކަމެވެ. އެއްބަޔަކު ބަ...
މުޙައްމަދު ޝިހާބް
ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލި ފަހުން ފުރަތަމަ ދެމަހުގެ ތެރޭގައި ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 13،516 ފަތުރުވެރިންކަމަށް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން މިއަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު، ތިން މަހަށް ވުރެ ގިނަ ދުވަހަށް ފަހު ބޯޑަރު ހުޅުވާލާފައި ވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ. އިމިގްރޭޝަންގެ ތަފާސްހިސާބުން ދައްކާގޮތުން، އޯގަސ...
ޝިއުނާ އާދަމް
އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެ ރޭ ޗެލްސީއާއި ލިވަޕޫލް ބައްދަލުކުރި މެޗު ލިވަޕޫލުން ކާމިޔާބު ކޮށްފިއެވެ. ޗެލްސީގެ ސްޓޭމްފޯޑް ބްރިޖް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ލިވަޕޫލުން ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. ލިވަޕޫލްގެ ފޯވާޑް ސަޑިއޯ މާނޭ ކާމިޔާބު ކުރި ދެ ލަނޑުން ލިވަޕޫލް މޮޅުވި މި މެޗު ފަށައިގެން އެ ޓީމުންވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައިނުވާ މި މެޗުގައި ޗެލްސީއަށް މައްސަލަތަކާއި ކުރިމަތިވެފައިވަނީ އެ ޓީމުގެ […]
އިބްރާހިމް ޚަލީލް
الحمد لله والصلاة والسلام على محمد و على آله و صحبه أجمعين , أما بعد… ނަމާދަކީ ކީރިތިވަންތަ މާތްﷲ އެންމެ ލޯބިވެވޮޑިގަންނަވާ އަޅުކަމެވެ. ޝަހާދަތުގެ ދެކަލިމައާއި ޖެހިގެން އަންނަ ދީނުގެ ދެވަނަ ރުކުނެވެ. އަޅާއާއި ﷲ އި ގުޅާލަދޭ ގުޅުމެވެ. ދީނުގެ ތަނބެވެ. އެ ނަމާދު އަޅައިފިމީހަކަށް މިދީނުގެ އެއްވެސް ނަސީބެއް އެމީހަކަށް މިންވަރުވެގެނެއް ނުވެއެވެ. އެހެނީ އޭނާ އެ މުގުރާލީ ދީންކަމުގައި ނޫނީ ނުވެއެވެ. ހަމަކަށަވަރުންވެސް މި މަތިވެރި އަޅުކަން […]
ޝެއިޚް ޝަފީއު އަބްދުﷲ
ރައްޔިތުންގެ އިއްތިޙާދުގައި ހިމެނޭ 26 ޖަމްޢިއްޔާއިން މޯލްޑިވްސް ޕޮލިސް ސާރވިސަސްއިން ފަށާފައިވާ އެމް.ޑީ.އެން އާއި އުތެމަގެ މައްސަލަ މިހާރު އޮތީ ކިހާ ހިސާބެއްގައިތޯ އާއި މިހާތަނަށް ކުރިއަށް ގޮސްފައިވާ ތަޙްޤީޤީ ތަފްޞީލުތައް ލިޔުމަކުން ހޯދުމަށް އެދި އްޖެ އެވެ. މާތްވެގެންވާ އިސްލާމް ދީނަށް ފުރައްސާރަކޮށް ލާދީނީ ރިޕޯޓް ނެރުނު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އާއި އެ ޖަމިއްޔާގެ ރިޕޯޓަށް ތާއީދުކޮށް އިތުރު ރިޕޯޓެއް ތައްޔާރުކުރި އުތެމަ ޖަމިއްޔާގެ މައްސަލައިގެ ތަހުގީގު މިހާރު އޮތް ހިސާބެއް ސާ...
ޝިއުނާ އާދަމް
އެޑެކްސެލް އޭ ލެވެލް އިމްތިހާން ހަދާ ދަރިވަރުން، އެ ދަރިވަރަކު އިމްތިހާން ހެދުމަށް ހަމަޖެހިފައިވާ ސެންޓަރު ހުރި ރަށަކަށް ދިއުމަށް ޑިޕާރޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ)އިން އެދިއްޖެއެވެ. ޑީޕީއީ އިން މިއަދު ބުނީ އެ އިމްތިހާނު ހަދާ ދަރިވަރުން 27 ސެޕްޓެމްބަރުގެ ކުރިން އިމްތިހާނު ހަދާ ސެންޓަރަށް ދިއުމަށް އިލްތިމާސްކުރާ ކަމަށެވެ. “ކޯވިޑް-19 އާ ގުޅިގެން، އިމްތިހާނު ހަދާ ސެންޓަރު ހުރި ރަށް ނޫން އެހެން ރަށްރަަށުގައި ތިބި ދަރިވަރުން 2020 ވަނަ އަހަރު އޮކްޓޯބަރު […]
ޔުމްނާ ޢަލީ
ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ކުރިމަތިވި އިޤްތިޞާދީ ގޮންޖެހުން އަރައިގަތުމަށް އިންޑިއާ ސަރުކާރުން ފޯރުކޮށްދެއްވާ 250 މިލިއަން އެމެރިކާ ޑޮލަރު (3.85 ބިލިއަން ދިވެހި ރުފިޔާ)ގެ ބަޖެޓް ސަޕޯޓް ދިވެހި ސަރުކާރާ މިއަދު ހަވާލުކުރައްވައިފިއެވެ. މިކަމަށްޓަކައި މިއަދު މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ބަޖެޓް ސަޕޯޓްގެ ރަމްޒީ ޗެކް، މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު އާ ހަވާލުކޮށްދެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު އެވެ...
ޝިއުނާ އާދަމް
ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް ކަމަކީ ޒުވާނުންނަކީ މަސައްކަތްތެރި އަދި ފުދުންތެރި ބަޔަކަށް ހެދުންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް ފައިޞަލް މިހެން ވިދާޅުވީ ރާއްޖެއަށް މުހިންމު ދާއިރާތަކުން މީހުން ބިނާކުރުމާއި ތަމްރީނުކުރުމުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމާއި ގުޅޭގޮތުން ކަމާއިގުޅޭ ވުޒާރާތަކުގެ ވަޒީރުންނާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިސްވެރިންނާއި ބައްދަލުކުރައްވައި، މިއަދު ބޭއްވި މަޝްވަރާ ބައްދަލު ވުމުގައިއެވެ. މި މިއަ...
ޝިއުނާ އާދަމް
ފާސްނުވެ އޮތް ސިއްހީ ޚިދުމަތްތެރީންގެ އޮނިގަނޑު ފާސްކޮށް ދިނުމަށް އެދި ގިނަ ޢަދަދެއްގެ ސިއްހީ ޚިދުމަތްތެރިން ޝުއޫރު ފާޅުކޮށް ހިމޭން އިހްތިޖާޖެއް ކޮށްފިއެވެ. މި އިހުތިޖާޖާއި ގުޅޭގޮތުން މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ބުނެފައި ވަނީ މި އިހްތިޖާޖްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ސިއްހީ ހިދުމަތްތެރިން ބައިވެރިވެފައިވާ ކަމަށެވެ. މި އިހްތިޖާޖުގައި ބައިވެރިވެ ވަޑައިގަންނަވަމުން ޑޮކްޓަރ ފައިސަލް ވިދާޅުވީ ”ކުނިގޮނޑަށް އެއްލާ ނުލަށްވާ އޮނިގަނޑަށް ފަށްތާލަ ދެއްވުމަށެވެ....
ޔުމްނާ ޢަލީ
ލޮނުމަސް އެޅުމުގެ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އިތުރަށް ފުރުޞަތު ދިނުމުގެ ގޮތުން ހއ. އިހަވަންދޫއިން ބިން ކުށްޔަށްދޭން ޢިއުލާން ކޮށްފިއެވެ. އެ ފުރުޞަތު ހުޅުވާލައި، އިހަވަންދޫ ކައުންސިލުން ކުރި ޢިއުލާނުގައި ވާގޮތުން ލޮނުމަސް އެޅުމުގެ މަސައްކަތް ކުރުމަށް އެރަށުގެ ބަނދަރު ސަރަޙައްދުން އިތުރު 2 ކުލީ ބިން ދޫ ކުރުމަށް ވަނީ ނިންމާފައެވެ. މިގޮތުން އިހަވަންދޫ ބަނދަރުގެ އިރުމަތީ ފަރާތުން ދޫކުރަން ނިންމާފައިވަނީ 1600 އަކަފޫޓުގެ 2 ކުލީ ބިމެވެ. މި ބިންތައް ދޫކުރަން އިހަވަންދޫ […]
ޝިއުނާ އާދަމް
“ހިޔާ” މަޝްރޫޢުގެ ދަށުން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވަނީ އުސޫލާއެއްގޮތަށްތޯ ބަލައި ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، H9 (މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްސަ) ކެޓަގަރީ، ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީއިން ދިރާސާކުރެއްވުމަށްފަހު، އެ ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް އިޢުލާންކޮށްފި އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރެފައިވާ އިޢުލާނުގައި ބުނެފައިވަނީ “ހިޔާ” މަޝްރ...
އިބްރާހިމް އަސްވާޤް
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)އާއި މިނިސްޓްރީ އޮފް އެންވަޔަރަމަންޓާއި ފެނަކަ ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ކަރަންޓުގެ ޚިދުމަތްދިނުމަށް ބޭނުންކުރާ ހަރުމުދަލުގެ އަގުމަގުކޮށް ނިންމާލާފައިވާއިރު ކަރަންޓު ޚިދުމަތްދިނުމަށް ފެނަކާގައި ބޭނުންކުރާ ހަރުމުދަލުގެ އަގު 2.1 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާކަމުގައި މިނިސްޓްރީ އޮފް އެންވަޔަރަމަންޓުން ހާމަކޮށްފިއެވެ. އެންވަޔަރަންމަންޓް މިނިސްޓްރީން މިއަދު މިކަން ހާމަކޮށްފައިވަނީ މިކަމާއި ގުޅޭގޮތުން އެކުލަވާލެވުނު އެސެޓް ވެލުއޭޝަން ރިޕޯޓް ފެ...
އިބްރާހިމް ޚަލީލް