ރާއްޖެއާއި އިންޑިޔާގެ ކޮޗިން ފެރީ އަކީ އެކްސްޕޯޓްއަށް ހުޅުވުނު އާ ދޮރެއް ކަމަށާއި އެއީ ރައްޔިތުންނަށް ފަހިވެގެންދާ ފަހި ފުރުސަތެއްކަމަށް މަކުނުދޫ ދާއިރާގެ މެންބަރ މުޙައްމަދު ރާޢީ ވިދާޅުވެއްޖެ އެވެ.
ރާއްޖެއާއި އިންޑިޔާއާއި ދެމެދު ފެށިގެން ދިޔަ ފެރީގެ ޚިދުމަތް ރަސްމީކޮށް ފެށުމާއި ގުޅިގެން ރާއީ މިއަދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ކޮޗިން ފެރީ އެކްސްޕޯޓުއަށް ހުޅުވުނު އާ ދޮރެއްކަމަށެވެ.
ކާށި، ރޯނު،ފަން، ބޮލި،ލޮނުމަސް، ހިކިމަސް، ރަށުގައި އުފައްދާ ކާތަކެތި (ކާޖާ) ޕެކެޓް ކޮއްފައި، އަދި ބާދަނގަޑު، މުޅި ރާއްޖޭގެ ރައްޔިތުންނަށް ފަހިވެގެންދާ ފަހި ފުރުސަތެއް.
ރާއީ ކުރެއްވި ޓުވިޓުގައި ވިދާޅުވެފައިވެ އެވެ.
ރާއްޖެ އާއި އިންޑިއާގެ ކޮޗިންއާ ދެމެދު ބާއްވާ ކާގޯ ދަތުރުތައް ރަސްމީކޮށް މިއަދު ފައްޓަވައިދެއްވީ ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން (އެސްސީއައި) އާއި، އިންޑިއާގެ މިނިސްޓްރީ އޮފް ސްޓޭޓް ފޮރ ޝިޕިންގގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެން ބޭއްވި ވަރޗުއަލް ރަސްމިއްޔާތެއްގަ އެވެ.
އިންޑިއާގެ ޝިޕިން ކޯޕަރޭޝަން އިން އޮޕަރޭޓްކުރާ ކާގޯ ބޯޓު، ކާބޯތަކެއްޗާއި ކާޑުގެ ބާވަތްތަކާއެކު އަންނަ ހޮނިހިރު ދުވަހު ހދ. ކުޅުދުއްފުއްޓަށް ފޯރާނެ އެވެ. މާލެ އަށް އެ ބޯޓު އަންނަނީ އަންނަ ހަފުތާގެ ހޯމަ ދުވަހު އެވެ.
ރާއްޖެ އާއި ކޮޗިންއާ ދެމެދު ކާގޯ ދަތުރުތައް ފެށުމުގެ އެމްއޯޔޫގައި ސޮއިކޮށްފައި ވަނީ އިންޑިއާގ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ އަހަރުގެ ޖޫން މަހު ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގަ އެވެ. އެކަމަށް އިންޑިއާގެ ކެބިނެޓުން ވެސް ވަނީ ރުހުން ދީފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!