ތުރުކީ ބިންހެލުން: 3 އަހަރުގެ ކުއްޖެއް 65 ގަޑިއިރުގެ ފަހުން ސަލާމަތްކޮށްފި
މިދިޔަ ހަފްތާގެ ތެރޭގައި ތުރުކީއަށް އައި ބާރުގަދަ ބިންހެލުމުގައި ޢިމާރާތްތަކުގެ އެތެރޭގައި ތާށިވެފައި އޮތް 3 އަހަރުގެ ކުއްޖެއް 65 ގަޑިއިރުގެ ފަހުން ސަލާމަތްކޮށްފިއެވެ. މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ މީހުންވަނީ ޢިމާރާތްތަކުގެ ދަށުން ދެ ކުޑަކުދިން ސަލާމަތްކޮށްފަ އެވެ. މި ކުދިން ފެނިފައިވަނީ ބިންހެލުން އައިސްފައިވާ އެއިޖިއެން ސަރަހައްދުގައި ބިމާ ހަމަވެފައިވާ ގާ ފުންޏެއްގެ ތެރެއިންނެވެ. 3 އަހަރުގެ ތުއްތު އޭލިފް ޕެރިންސެކް މި ގާފުނީގެ އަޑިން ސަލާމަތްކޮށްފައިވަނީ ރެކްޓަރ މިންގަނޑުން 7.0 ގައ...