ނޮވެންބަރު ތިނެއްގައި "އޮޅުނު" ދެ ނާޞިރު
1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިންވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލާއަކީ، ދިވެހިރާއްޖޭގެ މިނިވަންކަމުގެ ބަޠަލު އަދި ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ސާހިބުއްދައުލާ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަޑޭރި ކިލެގެފާނުގެ އަޑީގައި ހުންނަވައިގެން ގެންނަވަން މަސައްކަތް ކުރެއްވި ބަޣާވާތެއްގެ ގޮތުގައި އަޑު ފެތުރުނެވެ. ސީދާކޮށާއި ނުސީދާކޮށެެވެ. މި އަޑު ބައިނަލް އަޤްވާމީ ދުނިޔޭގައި ވަރަށް ބާރަށް ފެތުރުނެވެ. ބޭރުގެ ބޮޑެތި މީޑިއާތަކުގައި ޝައްކުގެ އިނގިލ...