އޮންލައިން ވިޔަފާރި ތަކުގައި މަކަރާއި ހީލަތް އިތުރުވަނީ، ސަމާލުވެލައްވާ!
އޮންލައިން ވިޔަފާރި އަކީ މިއަދު ދިވެހިންގެ ތެރޭގައިވެސް މަޑުމަޑުން ނަމަވެސް ޢާންމުވަމުން އަންނަ އެއް ވިޔަފާރިއެކެވެ. އިންޓަރނެޓްގެ ޒަރީޢާއިން އޮންލައިން ފިހާރަތައް ހުޅުވައި، އެއް ޤައުމުން އަނެއް ޤައުމަށް މުދާ ގަނެވިއްކުމުގެ މުޢާމަލާތް މިއަދު މިވަނީ އިނގިލިކުރިން ފިއްތާލައިން ކުރެވުމުގެ ޤާބިލުކަމާއި ހަމައަށް ވާޞިލްވެފައެވެ. އަލީ އެކްސްޕްރެސް، އެމޭޒޮން ފަދަ ތަންތަނަކީ މިއަދު ދުނިޔޭގެ މަހުޖަނުންގެ ލިސްޓުގައި ހިމެނޭ، ދިވެހިންވެސް ވިޔަފާރު ކުރަމުން އަންނަ ވެބްސައިޓުތަކެވެ. މި ފަސޭހައާއި އެކު، އޮންލައ...