ފިންލޭންޑާއި، ދުނިޔޭގެ ޗެމްޕިއަން ފްރާންސް ބައްދަލުކުރި އެކުވެރިކަމުގެ ފުޓްބޯޅަ މެޗްގައި 2-0 ން ފިންލޭންޑުން، ދުނިޔޭގެ ޗެމްޕިއަން ފްރާންސް ބަލިކޮށްފިއެވެ.

ދުނިޔޭގެ ރޭންކިންގް 50 ވަނައިން ވެސް ދަށުގައި އޮތް ފިންލޭންޑުން އެ މެޗުގެ ފުރަތަމަ ހާފުގައި ވަނީ ފްރާންސް ކޮޅަށް ދެ ގޯލު ޖަހައި، ފްރާންސް ހާސްކޮށްލާފައެވެ. އެ ގޯލުތައް އެ ޓީމަށް ޖަހައިދިނީ މާކަސް ފޯރސްއާއި އޮއްނި ވަލްކްރީ އެވެ.

Ad
rt

ފްރާންސްގެ ސެއިންޓް ޑެނިސްގައިގައި ކުޅުނު އެ މެޗުގައި ފްރާންސް ބަލިވިނަމަވެސް އެ ޓީމަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފަ ނާކާމިޔާބު ވެފައެވެ.

ޕޯޗުގަލް އާއި އެންޑޯރާ ރޭ ކުޅުނު އެކުވެރިކަމުގެ މެޗްގައި، އެންޑޯރާގެ މައްޗަށް ޕޯޗްގަލް ކުރި ހޯދީ 0-7 ގެ ބޮޑު ތަފާތަކުންނެވެ. އެ މެޗް ކުޅުނީ ޕޯޗްގަލް ގައެވެ. މެޗުގައި ޕޯޗުގަލްއަށް ލަނޑުތައް ޖަހައިދިނީ، ޕެޑްރޯ ނެޓޯ، ޕޯލީނިއޯ، ރެނާޓޯ ސަންޗޭޒްއާއި، ޕޯލީނިއޯ، ރޮނާލްޑޯ އަދި ފެލިކްސްގެ އިތުރުން އެންޑޯރާ އަތުން ބައި ކޮޅަށް ވަން ގޯލެކެވެ.

މީގެއިތުރުން ޖަރުމަނާއި، ޗެކް ރިޕަބްލިކް ބައްދަލުކުރި އެކުވެރިކަމުގެ މެޗްގައި ޖަރުމަނުން ރޭ ޗެކް ރިޕަބްލިކްގެ މައްޗަށް ކުރި ހޯދީ 0-1 ގެ ނަތީޖާ އަކުންނެވެ. އެ ގޯލަކީ 13 ވަނަ މިނަޓުގައި ޕޯޗުގަލްގެ ބެންފީކާއަށް ކުޅެމުން އަންނަ ޖިއަން ލޫކާ ވަލްޑްޝްމިޓް ޖެހި ގޯލެކެވެ.

ރޭ ނެދާލޭންޑްސް އާއި ސްޕެއިން ކުޅުނު މެޗު 1-1 ން އެއްވަރުވިއިރު، ބެލްޖިއަމް އާއި ސްވިޒަލޭންޑް ކުޅުނު މެޗުން ބެލްޖިއަމް މޮޅުވީ 2-1 ންނެވެ. އަދި އެސްޓޯނިއާގެ މައްޗަށް އިޓަލީ ކުރިހޯދީ 4-0 ންނެވެ.