އެޕަލް ކުންފުނިން އެންމެ ފަހުން ނެރުނު ހަތަރު ފޯނުގެ ތެރޭގައި ހިމެނޭ އައިފޯނު 12 ޕްރޯ މެކްސް އާއި 12 މިނީ ޕްރޯ ޕްރީ އޯޑާ ކުރުމުގެ ފުރުޞަތު އުރީދޫއިން ހުޅުވައިލައިފިއެވެ.
އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމް، މޫލީ މެދުވެރިކޮށް ފޯނުތަކަށް ޕްރީ އޯޑާ ކުރުމުގެ ފުރުސަތު ރޭގެ ދަންވަރު 12:00 އިން ފެށިގެން ހުޅުވައިލާފައިވާއިރު އެ ކުންފުނިން މަޢުލޫމާތު ދެއްވާ ގޮތުގައި ކޮންމެ ރަށެއްގައި ހުރެގެން ވެސް އެ ފޯނުތަކަށް އޯޑަރު ކުރެވޭނެ އެވެ.
މީގެއިތުރުން ފޯނު ލިބުމުން އެ މީހެއްގެ ރަށަށް ފޯނުތައް ހިލޭ ގެންގޮސްދިނުމަށް ވެސް މިފަހަރު ވަނީ ހަމަޖެހިފައެވެ.
އުރީދޫން ވަނީ މިދިޔަ މަހުގެ ތެރޭގައި އައިފޯނު 12 އާއި އައިފޯނު 12 ޕްރޯ ވެސް ޕްރީއޯޑަރަށް ހުޅުވާލައިފަ އެވެ. ޕްރީއޯޑަރަށް ހުޅުވާލިތާ 24 ގަޑިއިރު ތެރޭގައި ސްޓޮކް ވަނީ ހުސްވެފައެވެ.
Excited to offer the all-new iPhone 12 Pro Max and iPhone 12 mini — now more powerful and durable than ever — available for pre-order now via https://t.co/jStb2HOHsM pic.twitter.com/dUCokgpJvv
— Ooredoo Maldives (@OoredooMaldives) November 12, 2020
އެޕަލް ކުންފުނިން އައިފޯނު 12ގެ ހަތަރު މޮޑެލް ކަމުގައިވާ، އައިފޯން 12 ، އައިފޯނު 12 މިނީ، އައިފޯނު 12 ޕްރޯ އަދި އައިފޯނު 12 ޕްރޯ މެކްސް. ތަޢާރަފް ކޮށްފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުއެވެ.
އެޕަލްގެ ފަރާތުން ތަޢާރަފްކުރި އައިފޯން 12 ގެ މި މޮޑަލްތަކަކީ އައިފޯންގެ އެހެން މޮޑަލްތަކާއި ޚިލާފަށް 5ޖީ ނެޓްވޯރކް އެކުލެވޭނެހެން ތައްޔާރު ކުރެވުނު ފުރަތަމަ މޮޑަލްއެވެ. މީގެ އިތުރުން އައިފޯނު 12 ގެ މޮޑެލްތަކަކީ ސެރަމިކް ޝީލްޑް ފްރަންޓް ކަވަރަކާއި އެކު، އައިފޯން 12 ސީރީޒްގެ ފޯނުތަކުގައި އެކުލެވިފައިވާ އެޕަލްގެ އޭ-14 ބަޔޮނިކް ޗިޕް އަކީ މިހާތަނަށް ސްމާޓްފޯނެއްގައި ބޭނުންކުރެވިފައިވާ އެންމެ ހަލުވި ޗިޕް އެވެ. ވާދަވެރި ކެމެރާ ސިސްޓަމްތަކަކާއި އެކު، އެޖް-ޓު-އެޖް ސުޕަ ރެޓިނާ އެކްސްޑީއާރް ޑިސްޕްލޭވެސް މި މޮޑަލްގައި ހިމަނާފައިވެއެވެ.
އައިފޯން 12 ތަފާތު ކުލަތައް ދުނިޔޭގެ ބާޒާރަށް ނެރެފައިވާއިރު އޭގެ ތެރޭގައި ކަޅު، ހުދު، ނޫ، ރަތް އަދި ފެހި ކުލަ ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!