ބްރޯޑްކޮމް ސިފަވެފައި އޮންނާނީ އިލޮށިފައްޗެއް ގޮތަށް، ދަނޑި ބުރިއެއް ގޮތަށް: ބޮންޑޭ
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ރައްޔިތުންނަށް ބޮޑަށް ސިފަވެފައި އޮންނާނީ އިލޮށިފައްޗެއް ގޮތަށް އަދި ދަނޑި ބުރިއެއް ގޮތަށް ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާޙީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ. މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް 2021 ވަނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓާ ބެހޭ ގޮތުން، ބަޖެޓު ކޮމެޓީގައި ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ ހުދުމުހުތާރު ވެރިކަމަކުން ޑިމޮކްރަސީއަކަށް ދާއިރު ރައްޔިތުންނަށް ބޮޑަށް ބްރޮޑްކާސްޓް ކޮމިޝަން ސިފަވެފައި އޮންނާނީ އިލޮށިފައްޗެއް ގ...