ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވަގުތީ ގޮތުން ބަންދުކޮށްފައިވާ އުތީމު ގަނޑުވަރު 2020 ޑިސެމްބަރު 13 ވާ އާދިއްތަ ދުވަހުން ފެށިގެން އަލުން ހުޅުވާލަން ނިންމައިފިއެވެ.
އެކަން ހާމަކޮށް ސަގާފީތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ބުނީ، އުތީމު ގަނޑުވަރުގެ ޚިދުމަތް އަލުން ފަށާއިރު، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން މެނދުރުފަހު 13:30 އަށް ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ގަނޑުވަރު ދެއްކުން ކުރިއަށްދާނެ ކަމަށެވެ.
ގަނޑުވަރަށް ޒިޔާރަތްކުރައްވާ ފަރާތްތަކަށް ގަނޑުވަރަށް ވަދެވޭނީ އެ މަރުކަޒުން ކަނޑައަޅާފައިވާ އުޞޫލުގެ ދަށުން ނަންނޯޓް ކޮށްގެން ކަމަށް ވެސް ސަގާފީތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ބުންޏެވެ.
ސަގާފީތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން އަލުން އުތީމު ގަނޑުވަރު ޚިދުމަތަށް ހުޅުވާލާއިރު، އާ ޢާންމު ޙާލަތުގައި އުތީމު ގަނޑުވަރަށް ޒިޔާރަތްކުރައްވާ މެހްމާނުން ޢަމަލުކުރަންޖެހޭ އުޞޫލުތައް ވެސް ވަނީ އާންމު ކޮށްފައެވެ.
ސަގާފީތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން އާންމު ކުރެއްވި، އާ ޢާންމު ޙާލަތުގައި އުތީމު ގަނޑުވަރަށް ޒިޔާރަތްކުރައްވާ މެހްމާނުން ޢަމަލުކުރަންޖެހޭ އުޞޫލުތައް
- ގަނޑުވަރު ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން މެންދުރުފަހު
13:30 އަށެވެ. ޓިކެޓް ވިއްކާނީ ހެނދުނު 8:15 އިން މެންދުރުފަހު 13:00 އަށެވެ. މިދުވަސް ތަކުގެ ތެރޭގައި
އަންނަ ސަރުކާރު ބަންދު ދުވަސްތައް ނުހިމެނޭނެއެވެ. - މިހާލަތުގައި ގަނޑުވަރަށް ޒިޔާރަތްކުރަން ބޭނުންވާ ދުވަހުގެ އެއް ދުވަސް ކުރިން މި މަރުކަޒަށް ގުޅުއްވާ
އެޕޮއިންޓްމަންޓް ހައްދަންވާނެއެވެ. އެޕޮއިންޓްމަންޓް ނޯޓް ކުރާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ
ދުވަހެއްގެ ހެނދުނު 8:30 ން މެންދުރުފަހު 13:30 އަށް މި މަރުކަޒުގެ ނަމްބަރު 3340255 ނުވަތަ
3340254 އަށެވެ. - ދުވާލެއްގެ މައްޗަށް ދޫކުރާނީ ގިނަވެގެން 50 އެޕޮއިންޓްމަންޓެވެ. އިތުރު ފުރުޞަތު ދެވޭނީ ވަގުތު އޮތްވަރަކަށް
ބަލައި މިމަރުކަޒުން ނިންމަވާ ގޮތެއްގެ މަތިންނެވެ. - މި ހާލަތުގައި އުތީމު ގަނޑުވަރަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ލިބޭނީ ދިވެހިންނަށެވެ. ބިދޭސީންގެ ތެރެއިން
މިފުރުޞަތު ލިބޭނީ ރާއްޖޭގައި ވަޒަންވެރިވެގެން ދިރިއުޅޭ ބިދޭސީންނަށާއި، ވާކް ޕާރމިޓް އޮތް ބިދޭސީންނަށެވެ. - ފުރަ ބަންދުކޮށްފައިވާ އެއްވެސް ތާކުން އަންނަ މީހަކަށް މި ފުރުޞަތެއް ނުލިބޭނެއެވެ.
- އުތީމު ގަނޑުވަރާއި ހަނދާނީ މަރުކަޒަށް ވަދެވޭނީ މާސްކް އަޅައިގެންނެވެ. އަދި ގަނޑުވަރާއި މަރުކަޒުގެ އެތެރޭގައި
ހޭދަކުރާ ހުރިހާ ވަޤުތެއްގައިވެސް ހުންނަންވާނީ މާސްކް އަޅައިގެންނެވެ. އަދި ވަނުމުގެ ކުރިން
އަތްދޮންނަންވާނެއެވެ. ނުވަތަ ހޭންޑް ސެނެޓެއިޒަރ އިން އަތް ސާފުކުރަންވާނެއެވެ. އަބަދުވެސް ތިން ފޫޓުގެ
ދުރުމިން އިޙްތިޔާރުކުރަންވާނެއެވެ. - ޓިކެޓް ގަތްނަމަވެސް ގަނޑުވަރަށް ވަދެވޭނީ ޓެމްޕަރޭޗަރ ޗެކު ކުރުމަށްފަހުއެވެ. އަދި މިފަދަ ހާލަތުގައި
ގަނޑުވަރަށް ވަނުމުގެ ފުރުޞަތު ނުލިބޭ ފަރާތުގެ ޓިކެޓް ރިފަންޑް ނުކުރެވޭނެއެވެ. - ގަނޑުވަރަށް ވަނުމުގެ ޓިކެޓް ނެގުމަށް މަރުކަޒުގެ އޮފީސްތެރެއަށް ވަދެވޭނީ ކޮންމެ ގްރޫޕަކުންވެސް 1 މީހަކަށެވެ.
އެންމެ ގިނަވެގެން އޮފީސްތެރޭގައި އެއްވަގުތެއްގައި ތިބެވޭނީ 3 މީހުންނަށެވެ. އަދި މި ފަރާތްތަކުން މަޑުކުރަންވާނީ
އެކަމަށްޓަކައި ކަނޑައެޅިފައިވާ ވަކި ތަނެއްގައެވެ. - ޓިކެޓް ގަތުމަށް އޮފީސްތެރެއަށް ވެންނެވުމުގެ ކުރިން ޓިކެޓް ގަންނަން ބޭނުންވާ މީހުންގެ ޢަދަދާއި ޢުމުރުފުރާ
ރަނގަޅަށް އޮޅުންފިލުއްވައި، ދައްކަވަންޖެހޭ ފައިސާ ހަމައަށް ހިއްޕަވައިގެން ވަޑައިގަތުމަށް ސަމާލުކަން
ދޭންވާނެއެވެ. - ގަނޑުވަރަށް ޒިޔާރަތްކުރައްވާ ފަރާތްތަކަށް މަރުކަޒުގެ އޮފީސްތެރޭގައި ބެހެއްޓިފައިވާ އާސާރީ ކަބަޑުގައި ހުރި
ތަކެތި ބެލެމުގެ ފުރުޞަތެއް ނުލިބޭނެއެވެ. - ގަނޑުވަރު ބެލުމަށްފަހު ފޮޓޯ ނެގުމަށް ގަނޑުވަރުގެ ތެރޭގައި މަޑުކުރެވޭނީ ގިނަވެގެން 5 މިނެޓުގެ ވަގުތަށެވެ.
- މިޙާލަތުގައި ގަނޑުވަރަށް ޒިޔާރަތްކުރާ ފަރާތްތަކަށް ގަނޑުވަރުގެ ވަޅުތަކުން ފެން ބޭނުންކުރުމުގެ ފުރުޞަތެއް
ނުލިބޭނެއެވެ. - މިޙާލަތުގައި ގަނޑުވަރުގެތެރޭގައި ހޭދަކުރާ ވަގުތު މަދުކުރުމުގެ ބޭނުމުގައި ގަނޑުވަރާ ގުޅޭ މަޢުލޫމާތު ދެމުން
ގެންދާނީ ވީހާވެސް ކުރުކޮށެވެ. އިތުރު މަޢުލޫމާތު ބޭނުންވާނަމަ ފޯނު ނުވަތަ އީމެއިލްގެ ޒަރިއްޔާއިން އެ މަޢުލޫމާތު
ފޯރުކޮށްދެވޭނެއެވެ.
ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އުތީމު ގަނޑުވަރުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލައި، އެމަރުކަޒު ބަންދުކުރީ 2020 މާރިޗް 19 ވަނަ ދުވަހުއެވެ.
އުތީމު ގަނޑުވަރަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން އެނ ގަނޑުވަރު ދެކިލުމަށް ދަތުރުކުރާ ތަނެކެވެ. ޚާއްޞަކޮށް ކޮންމެ އަހަރެއްގެ ސްކޫލް ބަންދުތަކުގައި އަދި ޢީދު ބަންދުފަދަ ބަންދުތަކުގައި އެ މަޒުކަޒު ބަލަން ގިނަ ޢަދަދެއްގެ މީހުން ޒިޔާރަތް ކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!