ކުދި އަދި މެދު ފަންތީގެ ޤައުމުތަކަށް ޚާއްސަކޮށް 1 ބިލިޔަން ޑޯޒްގެ ވެކްސިން ވަނީ ރައްކާކުރެވިފައި - ޑަބްލިޔުއެޗްއޯ
ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން ހުކުރު ދުވަހު ހާމަކުރި ގޮތުގައި، އެ ޖަމިއްޔާގެ ފަރާތުން ކުދި އަދި މެދު ފަންތީގެ ޤައުމުތަކަށް ޚާއްސަކޮށްގެން 1 ބިލިޔަން ޑޯސޭޖްވަނީ ކޯވިޑް-19 އާއި ދެކޮޅަށް ހަދަމުންދާ އެންމެ ކުރީސަފުގައިވާ ވެކްސިންތަކުން ރައްކާކޮށްފައެވެ. އެ ޖަމިއްޔާގެ ‘ކޯވެކްސް’ ޕްރޮގުރާމްގެ ދަށުން މިހާތަނަށް 189 ޤައުމެއް ބައިވެރިވެފައިވާކަމަށް ޑަބްލިޔުއެޗްއޯގެ ޑިރެކްތަރ ޖެނެރަލް ޓެޑްރޯސް އަދަނޯމް ވަނީ ވިދާޅުވެފައެވެ. އެ ޖަމިއްޔާއިން މި ވަގުތު ކުރިއަށް ގެންދާ އެންމެ ބޮޑު އެއް މަސައްކަ...