ނޫސްވެރިން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، ނޫސްވެރިކަމުގެ ދާއިރާއިން ކުރިއަށްދިއުމަށް ހިތްވަރު ދިނުމުގެގޮތުން މީޑިއާ ކައުންސިލުން ރޭ ބޭއްވި 2019 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމް ދިނުމުގެ ޖަލްސާގައި 10 ފަރާތަކުން އިނާމް ޙާޞިލުކޮށްފި އެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލް އިން ދޭ ނޫސްވެރިކަމުގެ އިނާމް ހާޞިލުކުރި ފަރާތްތަކަށް އެވޯޑާއި އިނާމުތައް ހަވާލުކޮށްފައިވަނީ އެކަމަށްޓަކާ ރޭ ޓީވީއެމްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މީޑިއާ ކައުންސިލުން ދެމުން އަންނަ މި އެވޯޑަށް މިއަހަރު 11 ދާއިރާއަކުން 80 ހުށަހެޅުމެއް ލިބިފައިވާކަމަށް މީޑިއާ ކައުންސިލުން މަޢުލޫމާތު ދީފައިވެއެވެ. މި ހުށަހެޅުންތައް ބެލުމަށްފަހު އިނާމް ހައްޤުވާ ނޫސްވެރިން ކަނޑައަޅާފައިވަނީ އެކަމަށްޓަކާ މީޑިއާ ކައުންސިލުން އެކުލަވާލި ޚާއްސަ ފަނޑިޔާރުންގެ ޕެނަލަކުންނެވެ.
Investigative Journalism (Print/Online Media category)
Winner ✅
Mohamed Muzayyin Nazim ~ Sun Media Group @tedmaldives #MMC #JournlismAward2019 #NoosverikamugeInaamu2019 pic.twitter.com/Bim1mBci7E
— Maldives Media Council (@mmc_mv) December 8, 2020
އެގޮތުން މިއަހަރުގެ ނޫސްވެރިކަމުގެ އިނާމް 11 ދާއިރާއަކުން 10 ނޫސްވެރިއަކު ޙާޞިލުކޮށްފައިވާއިރު މީގެ ތެރެއިން އެންމެ ގިނަ އެވޯޑް ޙާޞިލުކޮށްފައިވަނީ ޕްރިންޓް އަދި އޮންލައިން ކެޓެގަރީންނެވެ.
Sharuee adhi qaanoonee dhaairaa (Print/Online Media category)
Winner ✅
Muizzu Ibrahim ~ Mihaaru Online#MMC #JournlismAward2019 #NoosverikamugeInaamu2019 pic.twitter.com/QVHsaxwsEg
— Maldives Media Council (@mmc_mv) December 8, 2020
ނޫސްވެރިކަމުގެ އިނާމް މިއަހަރު ޙާޞިލުކުރި ފަރާތްތައް:
- އެންމެ އުއްމީދީ ނޫސްވެރިޔާ - މުޙައްމަދު މުޒައްޔިނު ނާޒިމް / ސަން އޮންލައިން
- ތަޙުޤީޤީ ނޫސްވެރިކަން (ޕްރިންޓް/އޮންލައިން) - މުޙައްމަދު މުޒައްޔިނު ނާޒިމް / ސަން އޮންލައިން
- އިޖުތިމާޢީ، ތާރީޚާއި ސަޤާފަތް، ފަންނުވެރިކަން (ޕްރިންޓް/އޮންލައިން) - ޝަފްނާ ޙުސެއިން / ސަން އޮންލައިން
- ސިޔާސީ ދާއިރާ (ޕްރިންޓް/އޮންލައިން) - މުޙައްމަދު ވިޝާމް / އަވަސް އޮންލައިން
- ޝަރުއީ އަދި ޤާނޫނީ ދާއިރާ (ޕްރިންޓް/އޮންލައިން) - މުއިއްޒު އިބްރާހީމް / މިހާރު ނޫސް
- ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްޤީ (ޕްރިންޓް/އޮންލައިން) - އީމާން އަންވަރު / އަވަސް އޮންލައިން
- ކުޅިވަރުގެ ދާއިރާ (ޕްރިންޓް/އޮންލައިން) - މުޙައްމަދު ހަމްދޫން / މިހާރު ނޫސް
- ވިޔަފާރިއާއި އިޤްތިޞާދުގެ ދާއިރާ (ޕްރިންޓް/އޮންލައިން) - މުޙައްމަދު އަފްރާޙް / އަވަސް އޮންލައިން
- ވިޔަފާރިއާއި އިޤްތިޞާދުގެ ދާއިރާ (ބްރޯޑްކާސްޓިންގ މީޑިއާ) - ސިމާޙާ ނަސީމް / ރާއްޖެ ޓީވީ
- ފީޗަރ ރިޕޯޓް (ޕްރިންޓް/އޮންލައިން) - މުޙައްމަދު ހަމްދޫން / މިހާރު ނޫސް
- ފީޗަރ ރިޕޯޓް (ބްރޯޑްކާސްޓިންގ މީޑިއާ) - ޝުރުފާ މުޙައްމަދު / ވީޓީވީ
- ފޮޓޯ ޖަރނަލިޒަމް - ނިޝާން ޢަލީ / މިހާރު ނޫސް
- ވީޑިއޯ ޖަރނަލިޒަމް - ޝުރުފާ މުޙައްމަދު / ވީޓީވީ
Feature article (Broadcasting Media category)
Winner ✅
Shurfa Mohamed ~ VTV#MMC #JournlismAward2019 #NoosverikamugeInaamu2019 pic.twitter.com/CbsXz9faNb
— Maldives Media Council (@mmc_mv) December 8, 2020
މިފަހަރުގެ އިނާމަށް މީޑިއާ ކައުންސިލުން ހުޅުވާލާފައިވަނީ އަލަށް 2 ދާއިރާއަކުން އިނާމު އިތުރުކުރުމަށްފަހުއެވެ. މި ފަހަރުގެ އެވޯޑަށް އަލަށް އިތުރުކޮށްފައިވަނީ ތަޙްޤީގީ ނޫސްވެރިކަން ނުވަތަ އިންވެސްޓިގޭޓިވް ޖާރނަލިޒަމްއާއި، ތިމާވެއްޓާއި ދެމެހެއްޓެނެވި ތަރައްޤީ މި 2 ދާއިރާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!