2020 ވަނަ އަހަރު 554،800 އަށްވުރެ ގިނަ ފަތުރުވެރިން
ހުސްވި 2020 ވަނަ އަހަރު ވެގެން ދިޔައީ، މި ގަރުނުދުއް ނުރައްކާތެރި ބަލިމަޑުކަން ކޯވިޑް-19 ގެ ސަބަބުން މުޅި ދުނިޔެ ހުއްޓުމަކަށްއައި އަހަރެއްގެ ގޮތުގައިއެވެ. މި ބަލިމަޑުކަމުގެ ސަބަބުން މުޅިދުނިޔޭގެ މައިގަނޑު ހުރިހާސިނާއަތެއްހެން ހުއްޓުމަކަށް އައެއެވެ. އޭގެ ތެރޭގައި ރާއްޖެއަށް ވެސް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ފަތުރުވެރިކަން ހިމެނެއެވެ. ކޯވިޑްބަލީގެ ގޮންޖެހުން ތަކާއިއެކު ވެސް ނިމުނު އަހަރު ރާއްޖެއަށް ވަނީ 554،800 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަ...