މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,407 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1781 ވަނަ ޞަފްޙާ

މޯލްޑިވިއަންގެ ސީޕްލޭނެއް މަލިކަށް

މޯލްޑިވިއަންގެ ސީޕްލޭނެއް މަލިކަށް

ދިވެހިރާއްޖޭގެ ޤައުމީއެއަރލައިން  މޯލްޑިވިއަން  ގެ  ސީޕްލޭނެއް  އިންޑިޔާގެ މަލިކަށް މިއަދު ދަތުރުކޮށް، ދިވެހި ތާރީޚުން ޖާގަ ހޯދައިފިއެވެ. މޯލްޑިވިއަނުން މިއަދު ބުނީ އެ ކުންފުނީގެ ސީޕްލޭނެއް އިންޑިޔާގެ  މަލިކުގައި މިއަދު މަޑުކޮށްލާފައިވާ ކަމަށެވެ. މަލިކުގައި  ސީޕްލޭން  މި  މަޑުކޮށްލީ  އިންޑިޔާގެ  ސްޕައިސް  ޖެޓްގެ  ޗާޓާ  ދަތުރެއްގައި  އަހްމަދުއާބާދަށް  ދިއުމުގެ  މަގުމަތީ ކަމަށް ވެސް މޯލްޑިވިއަނުން ބުންޏެވެ. “ދިވެހި  ފަޅުވެރިންނާއެކު  ކުރި  މި  ދަތުރަކީ  ތާރީޚީ  ދަތުރެއް. މީގެ  ކުރިން  ދިވެހި  އެއަ...

ޔުމްނާ ޢަލީ
ވުލްވްސް އާއި ޓޮޓެންހަމް މެޗަށް ހަމަހަމަ ނިމުމެއް

ވުލްވްސް އާއި ޓޮޓެންހަމް މެޗަށް ހަމަހަމަ ނިމުމެއް

އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެ ރޭ ވުލްވްސް އާއި ޓޮޓެންހަމް ބައްދަލުކުރި މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ. ވުލްވްސްގެ ދަނޑުގައި ކުޅުނު މި މެޗު ދެ ޓީމު އެއްވަރު ވެފައިވަނީ 1-1 ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ޓޮޓެންހަމުންނެވެ. މެޗުގެ ފުރަތަމަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމުގެ ފްރާންސް މިޑްފީލްޑަރ އެންޑޮންބެލޭއެވެ. މި […]

އިބްރާހިމް ޚަލީލް
ވެސްޓް ބްރޯމްވިޗުން ލިވަޕޫލު މޮޅުވުމުގެ ރިކޯޑް ނިމުމަކަށް ގެނެސްފި

ވެސްޓް ބްރޯމްވިޗުން ލިވަޕޫލު މޮޅުވުމުގެ ރިކޯޑް ނިމުމަކަށް ގެނެސްފި

އިނގިރޭސި ޕްރިމިއާ ލީގުގައި މި ސީޒަންގައި އަމިއްލަ ދަނޑުގައި ކުޅުނު ހުރިހައި މެޗެއް ކާމިޔާބު ކުރަމުން އައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލުން އާދީއްތަ ދުވަހުގެ ރޭ ރެލިގޭޝަން ޒޯނުގައި އޮތް ވެސްޓް ބްރޯމްވިޗް އެލްބިއަން އާއި ބައްދަލުކުރި މެޗު އެއްވަރުވެ އެ ޓީމު ދަމަހައްޓަމުންއައި މޮޅުވުމުގެ ރިކޯޑް ނިމުމަކަށް އައިސްފިއެވެ. ލިވަޕޫލުގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައިވަނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެގެންނެވެ. މެޗުގައި ލިވަޕޫލުން ޖެހި […]

އިބްރާހިމް ޚަލީލް
ނެއްލައިދޫ "ކާޑުގެ" އަށް ނަޒަރެއް!

ނެއްލައިދޫ "ކާޑުގެ" އަށް ނަޒަރެއް!

ރާއްޖޭގެ ރައްޔިތުންނަށް ކާބޯތަކެތި ހަމަހަމަކަމާއިއެކު ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، 80 އަހަރު ކުރިން ދިވެހި ދައުލަތުން ވަނީ، ރަށްފުށުގައި ކާޑުގެތަކެއް އިމާރާތްކޮށްފަ އެވެ. އެގޮތުން އިމާރާތްކުރެވުނު ކާޑުގެތަކުގެ ތެރެއިން ހދ. ނެއްލައިދޫ ކާޑުގެ އިމާރާތްކުރެވިފައިވަނީ ރަށްވެހި މަގުގެ ރަށްވެހި އަސަރު އިމާރާތުގެ ކުރިމަތިން ފެންނަންހުރި އުވަ ތަޅުންގަނޑު އޮތް ބިމުގައެވެ. އެދުވަސްވަރުގެ ޅަފުރާގެ ކުދިން، ނަމަވެސް މިއަދުގެ އުމުރުން ދުވަސްވެފައިވާ ފަރާތްތަކުން މަޢުލޫމާތު ދެއްވިގޮތުގައި، ނެއްލައިދޫ ކާޑުގެއި...

ތިލަދުން
ތިރަށު މީހުން މީގެ ފައިވާނަށް ކިޔާއުޅުނީ ކޮން ނަމެއް؟

ތިރަށު މީހުން މީގެ ފައިވާނަށް ކިޔާއުޅުނީ ކޮން ނަމެއް؟

އަޅުގަނޑުމެންގެ ތެރޭގައި ގިނަ ބަޔަކު އެކަންކަމަށް އެހާބޮޑަށް ނުވިސްނާ ބައެއް ކަންކަން އެކި ގޮތްގޮތުން އަޅުގަނޑުމެންގެ ސަމާލުކަމަށް ގެނެސްދެއްވާ އެއް ބޭފުޅަކީ “ނާޖިޙު ދީދީ”އެވެ. “ދިވެހިރާއްޖެއިން ބްރިޓިޝް މިއުޒިއަމަށް ގެންދެވުނު ތަކެތީގެ ތެރެއިިން” މި ސިލްސިލާގެ ދަށުން ފޭސްބުކްގައި މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުގެ ރިސާޗް އެނަލިސްޓް މުޙައްމަދު ނާޖިޙް ގެނެސްދެމުން ގެންދާ ސިލްސިލާގެ ތެރެއިން ލޮލުގައި އަޅައިގަނެ ކުޑައިރުގެ ހަނދާންތަކުގެ ތެރެއަށް ގަންބާލީ މި ފައިވާން ޖޯޑެވެ. “އެދުވަސ...

އަލީ އާދިލް
ސުނާމީއަށް 15 އަހަރުފަހުން ކުރިމަތިވެފައި މިއޮތީ މަސްތުވާތަކެތީގެ ސުނާމީއެއް: ސައުދު

ސުނާމީއަށް 15 އަހަރުފަހުން ކުރިމަތިވެފައި މިއޮތީ މަސްތުވާތަކެތީގެ ސުނާމީއެއް: ސައުދު

ދެވަނަ ސުނާމީއަށް 15 އަހަރުފަހުން ބައްދަލުކޮށްފައި މިއޮތީ މަސްތުވާތަކެތީގެ ސުނާމީއެއް ކަމަށާއި، އެ ވަބާއިން ސަލާމަތްވެ ތިބުމަށް ހަމަހަމަކަމާއިއެކު ފުރިހަމައަށް ޤާނޫނު ތަންފީޒު ކުރެވިއްޖެނަމަ މުޅި ރާއްޖެ އޮންނާނީ އެއްބައި ވަންތަ ކަމާއިއެކީގައި ކަމަށް ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ޙުސައިން ވިދާޅުވެއްޖެއެވެ. ސައުދު މިހެން ވިދާޅުވީ، ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބާގައި ރޭ ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސަ...

ޝިއުނާ އާދަމް
މާރަންދޫ، ފެނަކަ އާ އޮފީސް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަނީ

މާރަންދޫ، ފެނަކަ އާ އޮފީސް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަނީ

ހއ.މާރަންދޫ ފެނަކަ އާ އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ޢިއުލާން ކޮށްފިއެވެ. މި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމުން ފެނަކައިން ބުނެފައިވަނީ އެ ކުންފުނިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްްގޮތަށް ހއ. މާރަންދޫ ފެނަކަ އާ އޮފީސް އިމާރާތް، އިމާރާތް ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލާފ...

އަޙްމަދު ވަހީދު
ފަންގަސްގެ ސަބަބުން ލައްޖެހުން ކޮންޓްރޯލުކުރުމަށް، އަމިއްލައަށް ތައްޔާރުކުރެވިދާނެ ބޭހެއް

ފަންގަސްގެ ސަބަބުން ލައްޖެހުން ކޮންޓްރޯލުކުރުމަށް، އަމިއްލައަށް ތައްޔާރުކުރެވިދާނެ ބޭހެއް

އަހަރެމެން ހައްދައިއުޅޭ ގަސްގަހުގައި ތަފާތު ވައްތަރުގެ ލައް ޖެހުމަކީ ވަރަށް ޢާއްމު ކަމެކެވެ. ލަކަކީ ފަންގަސް ބައްޔެކެވެ. އާމުކޮށް ލައްޖަހަނީ ގަހުގެ ފަތްތަކުގައި ކަމަށް ވިއަސް ބައެއް ފަހަރު ގަހުގައި އަޅާތަކެތީގައާއި މައިގަނޑާއި އޮފިތަކުގައިވެސް ލައްޖަހައެވެ. ލައްޖެހުމުން ގަހުގެ ހެދުމަށް ހުރަސް އެޅި ގަސް މަރުވާ ފަހަރު އަންނައިރު ގަހުގައި އަޅާތަކެތި ބޭނުންނުކުރެވި ދާތަން އާދެއެވެ. ފަންގަސް ބަލިތަކަށް ކޮންމެހެން ފިހާރައިން ގަންނަ ފަންގިސައިޑެއް ބޭނުން ނުކޮށްވެސް ފަރުވާކުރެވިދާނެއެވެ. އެގޮތުން މިފަހަ...

ހުބާ ޕްލާންޓްސް
އިސްކުރަންވީ އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް، އެކުގައި މަސައްކަތްކުރުމުގެ ރޫޙު: ނައިބު ރައީސް

އިސްކުރަންވީ އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް، އެކުގައި މަސައްކަތްކުރުމުގެ ރޫޙު: ނައިބު ރައީސް

މިއަދު އިސްކުރަންވީ މާތްވެގެންވާ އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް، އެކުގައި މަސައްކަތްކުރުމުގެ ރޫޙު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް ފައިޞަލް މިހެން ވިދާޅުވީ، ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބާގައި ރޭ ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މީގެ 15 އަހަރުކުރިން ކުރިމަތިވި ހިތާމަވެރި ސުނާމީ ކާރިޘާގެ ހަނދާންތައް އައު...

ޔުމްނާ ޢަލީ
ކޭއާރުއެޗުން ދުވާލަކު ސްކޭން އެޕޮއިންޓްމަންޓް ދޫކުރެވޭ އަދަދު 15އިން 40އަށް

ކޭއާރުއެޗުން ދުވާލަކު ސްކޭން އެޕޮއިންޓްމަންޓް ދޫކުރެވޭ އަދަދު 15އިން 40އަށް

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އަށް، އަލަށް ގުޅުނު ރޭޖިއޮލޮޖިސްޓުންނާއެކު ދުވާލަކު ސްކޭން އެޕޮއިންޓްމަންޓް ދޫކުރެވޭ އަދަދު 15 އިން 40 އަށް މަތިވެގެން ދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. ބޮޑުތިލަދުންމަތީގެ މައި ސަރަޙައްދީ ހޮސްޕިޓަލް، ކޭއާރްއެޗްއިން ބުނީ މާލެ ފިޔަވައި ރާއްޖޭގެ އެއް އަތޮޅެއްގައި އެންމެ ގިނަ މާބަނޑު މީހުން ތިބޭ އަދި ވިހާ އަތޮޅަކީ ހދ. އަތޮޅު ކަމަށެވެ. މީގެއިތުރުން ހއ، ހދ، ށ އަތޮޅު ހިމެނޭ ގޮތަށް މި ސަރަހައްދުގައި މާބަނޑު […]

ޝިއުނާ އާދަމް
ހަސަނާއަށް "ގޭދޮށު މަސްފެކްޓަރީ" މާނަ ކުރެވުނުގޮތް

ހަސަނާއަށް "ގޭދޮށު މަސްފެކްޓަރީ" މާނަ ކުރެވުނުގޮތް

މި ސަރުކާރުން ތަންފީޒު ކުރަމުންދާ އެޖެންޑާ-19 މެނިފެސްޓޯގައި ހިމެނޭ “ގޭދޮށު މަސްފެކްޓަރީ” މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ހަސަން މުފީދު އަބުދުލް ޤާދިރު (ހަސަނާ) އަށް މާނަ ކުރެވޭގޮތް ރޭގައި ވަނީ ކިޔުއްވައި ދެއްވައިފައެވެ. ރޭ އިދިކޮޅު ޕްރޮގްރޮއްސިވް ކޯލިޝަނުން މާލޭ ސިޓީ ކާނިވަލުގައި ބޭއްވި ”ވިސްނާ” ޖަލްސާގައި ވާހަކަ ދައްކަވަމުން ހަސަނާ ވިދާޅުވީ، މަސްވެރިން ހިއްސާނުވާ ދެ ފުރާޅުޖެއްސި އެންމެ ގެއެއް ވެސް ރާއްޖޭގައި ނުހުންނާނެ ކަމަށެވެ. މަސްވެރިކަމަކީ ދިވެހި އިޤްތިޞާދުގެ ލޭނާރު ކަމަށް ވިދާޅުވެ، […]

އަލީ އާދިލް
އަލިދުއްފަރު ފިނޮޅާއި، ކުޑަޅައިމެންދޫ އަދި ވައިކަރަމުރައިދޫން ބައެއް ފަތުރުވެރިކަމަށް ހުޅުވާލައިފި

އަލިދުއްފަރު ފިނޮޅާއި، ކުޑަޅައިމެންދޫ އަދި ވައިކަރަމުރައިދޫން ބައެއް ފަތުރުވެރިކަމަށް ހުޅުވާލައިފި

ހއ. އަލިދުއްފަރު ފިނޮޅާއި، ށ. ކުޑަޅައިމެންދޫ އަދި ހދ. ވައިކަރަ މުރައިދޫން ބައެއް ބީލަމަށް ހިމެނޭހެން އިތުރު ރަށެއް ފަތުރުވެރިކަމަށް ބީލަމަށް ހުޅުވައި ލައިފިއެވެ. މިގޮތުން މިއަދު މި ނިސްޓްރީ އޮފް ޓޫރިޒަމުން ފަތުރުވެރިކަމަށް ބީލަމަށް ހުޅުވާލީ ހއ. އަލިދުއްފަރު ފިނޮޅާއި، ހދ. ވައިކަރަމުރައިދޫން 15 ހެކްޓަރުގެ ބިމާއި، ށ. އަތޮޅު ކުޑަޅައިމެންދޫ އަދި ނ. އަތޮޅުގެ ކުންނަމެލައި އެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ޖަނަވަރީ 14 ވަނަ ދުވަހު ވާޗުއަލްކޮށް ބާއްވާ […]

ޔުމްނާ ޢަލީ
އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް އެންމެ އިސްކަމެއް ދޭންޖެހޭ އެއް ދާއިރާއަކީ މަސްވެރިކަން: ރައީސް

އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް އެންމެ އިސްކަމެއް ދޭންޖެހޭ އެއް ދާއިރާއަކީ މަސްވެރިކަން: ރައީސް

ރާއްޖޭގެ އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް މިކުރާ މަސައްކަތުގައި، އެންމެ އިސްކަމެއް ދޭންޖެހިފައިވާ އެއް ދާއިރާއަކީ މަސްވެރިކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، ދިވެހި ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށާއި، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ކޯވިޑުން ރައްކާތެރިވުމުގެ ގޮތުން، ރާއްޖޭގެ ބ...

އަޙްމަދު ވަހީދު
ކުޑަ ކުދިންނަށް އަމާޒުކޮށްގެން ”ލަންދޫ ޕޮލިސް ފުޓްސަލް ޗެލެންޖް 2020″ ފަށައިފި

ކުޑަ ކުދިންނަށް އަމާޒުކޮށްގެން ”ލަންދޫ ޕޮލިސް ފުޓްސަލް ޗެލެންޖް 2020″ ފަށައިފި

ފުލުހުން އިސްނަގައިގެން ނ. ލަންދޫގައި ދިރިއުޅެމުންދާ 18 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްގެން ބާއްވާ ”ލަންދޫ ޕޮލިސް ފުޓްސަލް ޗެލެންޖް 2020″ ފަށައިފިއެވެ. ފުލުހުންނާއި ލަންދޫ ކައުންސިލް އަދި ލަންދޫގައި ހުރި މުއައްސަސާތައް ގުޅިގެން ބާއްވާ މި ފުޓްސަލް މުބާރާތް ފަށާފައިވަނީ ޑިސެމްބަރު 25 ވަނަ ދުވަހުކަމަށް ފުލުހުން ބުނެފައިވެއެވެ. ލަންދޫގައި މަސައްކަތްކުރާ ފުލުހުން އިސްނަގައިގެން ލަންދޫ ކައުންސިލާއި ލަންދޫގައި ހުރި މުއައްސަސާތައް ގުޅިގެން ބާއްވާ މިމުބާރާތަކީ 18 އަހަރުން ދަށުގެ ކުދިންނަށް ޕްރޮފެޝަ...

ޔުމްނާ ޢަލީ
ރައީސް ޔާމީނު ޖަލުގައި ބަހައްޓާފައި، މުޖުރިމު''ކަލޭގެ''ބަހައްޓާފައި އެހެރީ އެއާކޯނު ކޮޓަރީގައި: މުޙައްމަދު

ރައީސް ޔާމީނު ޖަލުގައި ބަހައްޓާފައި، މުޖުރިމު''ކަލޭގެ''ބަހައްޓާފައި އެހެރީ އެއާކޯނު ކޮޓަރީގައި: މުޙައްމަދު

ކުރީގެ ރައީސް ޢަބުދުﷲ ޔާމީނު ޢަބުދުއްޤައްޔޫމު ނުހައްޤުން ޖަލުގައި ބަހައްޓާފައި، ”މުޖުރިމު ކަލޭގެ” ބަހައްޓާފައި ހުރީ އެއާކޯނު ކޮޓަރިއެއްގައި ކަމަށާއި، އެކަމާއި ރައްޔިތުން ވިސްނުމަށް ކުރީގެ ހޯރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ. މުޙައްމަދު މިހެން ވިދާޅުވީ، ރޭ އިދިކޮޅު ޕްރޮގްރޮއްސިވް ކޯލިޝަނުން މާލޭ ސިޓީ ކާނިވަލުގައި ބޭއްވި ”ވިސްނާ” ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެ ޖަލްސާގައި ވާހަކަ ދައްކަވަމުން މުޙައްމަދު ވަނީ ރައީސް މައުމޫންގެ ތިރީސް އަހަރުގެ ވެރިކަމަށް ވެސް ވަރަ...

އަލީ އާދިލް
ވެމްކޯއިން ރޭގަނޑު ކުނި ނަގަން ފެށުން، ޖެނުއަރީ 10 ވަނަދުވަހަށް އަވަސްކޮށްފި

ވެމްކޯއިން ރޭގަނޑު ކުނި ނަގަން ފެށުން، ޖެނުއަރީ 10 ވަނަދުވަހަށް އަވަސްކޮށްފި

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ރޭގަނޑު ކުރިނ ނަގަން ފަށާ ގޮތަށް ގެންނަ ބަދަލު ތަންފީޒުކުރާ ތާރީހު އަވަސްކޮށްފިއެވެ. ވެމްކޯއިން އިއްޔެ ބުނި ގޮތުގައި އެ ކޯޕަރޭޝަނުން ރޭގަނޑު ކުނި އުކާލުމުގެ މަސައްކަތް ފަށާނީ ޖެނުއަރީ 10 ވަނަ ދުވަހުން ފެށިގެންނެވެ. މިދިޔަ ބުރާސްފަތި ދުވަހު ވެމްކޯއިން ވަނީ ބުނެފައިވަނީ ޖެނުއަރީ 15 އިން ފެށިގެން ގެތަކުން ކުނި ނެރެން ޖެހޭނީ ރޭގަނޑު 10:00 އާއި މެންދަމު 12:00 އާ ދެމެދު ކަމަށެވެ. ނަމަވެސް އެ […]

އިބްރާހިމް އަސްވާޤް
ޤައުމީ އިނާމު ދެއްވައިފި

ޤައުމީ އިނާމު ދެއްވައިފި

ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދެއްވައިފިއެވެ. މި އިނާމްތައް ހަވާލުކޮށް ދެއްވީ ދިވެހި ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށާއި، އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު މިފަހަރު 14 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 24 ބޭފުޅަކަށް ލިބި ވަޑައިގަތެވެ. ޤައުމީ އިނާމަށ...

ޝިއުނާ އާދަމް
ޕޮއިންޓް ތާވަލުގެ ދެވަނައަށް ޖެހިލަން ލިބުނު ފުރުޞަތު ޔުނައިޓެޑުން ނަގާލައިފި

ޕޮއިންޓް ތާވަލުގެ ދެވަނައަށް ޖެހިލަން ލިބުނު ފުރުޞަތު ޔުނައިޓެޑުން ނަގާލައިފި

ިއިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު ހަވީރު މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗު ކާމިޔާބު ކޮށްގެން ޕޮއިންޓް ތާވަލުގެ ދެވަނައަށް ޖެހިލަން ލިބުނު ފުރުޞަތު އެ ޓީމުން ނަގާލައިފިއެވެ. ލެސްޓާ ސިޓީގެ ކިންގް ޕަވަރ ސްޓޭޑިއަމްގައި މެންޗެސްޓާ ޔުނައިޓެޑާއި ލެސްޓާ ސިޓީ ބައްދަލުކުރި މެޗު ނިމިގެން ގޮސްފައިވަނީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެގެންނެވެ. މެޗުގައި ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައިވަނީ […]

އިބްރާހިމް ޚަލީލް