މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,407 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1777 ވަނަ ޞަފްޙާ

ޒުވާން ދަރުމަވެރިން އުފެއްދުމުގެ ޤައުމީ ޕްރޮގްރާމެއް

ޒުވާން ދަރުމަވެރިން އުފެއްދުމުގެ ޤައުމީ ޕްރޮގްރާމެއް

ޤައުމީ ފެންވަރުގައި ޒުވާން ދަރުމަވެރިން އުފެއްދުމުގެ ގޮތުން “ނެޝަނަލް ޔޫތް ވޮލަންޓިއަރ ޕްރޮގްރާމް”ގެ ނަމުގައި ޕްރޮގްރާމެއް ފަށަން ނިންމައި، ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓުން ފަށާ މި ޕްރޮގްރާމަކީ، ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ޒުވާނުން ބާރުވެރިކުރުވައި، ޒުވާނުންގެ މެދުގައި އިސްނެގުމުގެ ރޫޙު އާލާ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް އެ މިނިސްޓްރީއިން ވިދާޅުވިއެވެ. މި ޕްރޮގްރާމްގެ މަޤްސަދަކީ ޤ...

އަޙްމަދު ވަހީދު
މާލޭ ސިޓީ ފިޔަވައި ފުރަތަމަ އެންޑޮސްކޮޕީގެ ޚިދުމަތް ދޭންފެށި ސަރަޙައްދަކަށް އައްޑޫ ސިޓީ

މާލޭ ސިޓީ ފިޔަވައި ފުރަތަމަ އެންޑޮސްކޮޕީގެ ޚިދުމަތް ދޭންފެށި ސަރަޙައްދަކަށް އައްޑޫ ސިޓީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގައި އެންޑޮސްކޮޕީގެ ޚިދުމަތްފަށައި، މާލެ ސިޓީ ފިޔަވައި، އެންމެ ފުރަތަމަ އެންޑޮސްކޮޕީގެ ޚިދުމަތް ދޭން ފެށި ސަރަޙައްދަކީ އައްޑޫ ސިޓީކަމުގައި ހިމެނިއްޖެއެވެ. މިގޮތުން އައްޑޫގައި މިހާރު ހިންގަމުން އަންނަ ޓާޝަރީ ހޮސްޕިޓަލް އޭއީއެޗްގައި އެންޑޮސްކޮޕީގެ ޚިދުމަތް ދޭން ފެށިކަން އެ ހޮސްޕިޓަލުން އިއްޔެ ވަނީ ހާމަކުރަށްވާފައެވެ. އެންޑޮސްކޮޕީ އަކީ ހަށިގަނޑުގެ އެތެރޭގެ ތަހުލީލުތަކަށް ވަކި ޚާއްޞަ އާލާތެއް ބޭނުންކޮށްގެން ހަދާ ޕްރޮސީޖާއެކެވެ. އެ ޚިދުމަތް އެ ހޮސްޕިޓަލްގައި...

ޔުމްނާ ޢަލީ
ހުޅުމާލޭގައި ބިދޭސީއަކަށް ހަމަލާދީ  ފޭރުމުގެ ހާދިސާއެއް

ހުޅުމާލޭގައި ބިދޭސީއަކަށް ހަމަލާދީ ފޭރުމުގެ ހާދިސާއެއް

މާލެ ސިޓީގެ، ހުޅުމާލޭގައި ބިދޭސީއަކަށް ހަމަލާދީ ޒަޚަމްކޮށްލުމަށްފަހު، އޭނާގެ އަތުން ފޭރިއްޖެއެވެ. ފުލުހުން ވިދާޅުވީ، މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އެގޮތުން ބިދޭސީއަކަށް ހަމަލަދިނުމަށްފަހު، އޭނާގެ ފޯނާއި ވޮލެޓު ފޭރިގަނެފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ. މި ހަމަލާއަށް ފަހު އެ މީހާއަށް ހުޅުމާލޭ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. އޭނާއަށް ލިބުނު ގެއްލުންތަކުގެ ތަފުސީލެއް ފުލުހުން ނުދެއްވަ އެވެ. ނަމަވެސް ހަމަލާ ދިނުމުގެ ސަބަބުން އޭނާގެ އެއް ފައި...

ޝިއުނާ އާދަމް
ސާއްބަ އެނިވާސަރީ ކަޕް 2020: ގެ ފައިނަލަށް ޝީލްޑް އަދި ރޫޙް

ސާއްބަ އެނިވާސަރީ ކަޕް 2020: ގެ ފައިނަލަށް ޝީލްޑް އަދި ރޫޙް

ހދ. ހަނިމާދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ސާއްބަ އެކުވެރި ކުލަބްގެ ފަރާތުން އިންތިޒާމް ކޮށްގެން، އެ ކުލަބުގެ އަހަރީ ދުވަހާއި ގުޅުވައިގެން ބާއްވަމުން އަންނަ “ސާއްބަ އެނިވާސަރީ ކަޕް 2020” ފައިނަލަށް ޝީލްޑް އަދި ރޫޙް ދަތުރުކޮށްފިއެވެ. މި މުބާރާތް ރާވާލެވިފައިވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ފައިނަލުގެ ފުރަތަމަ ޖާގަ ލިބިގެންދާ ގޮތަށެވެ. މިގޮތުން މި މުބާރާތުގެ ފައިނަލުގެ ޖާގަ ރޫޙް ޓީމް […]

އިބްރާހިމް ޚަލީލް
ފަންނުވެރިން ބިނާކުރުމަށް އެމްޓީސީސީގެ "ހުނަވަރު" ޕްރޮގްރާމް ފަށައިފި

ފަންނުވެރިން ބިނާކުރުމަށް އެމްޓީސީސީގެ "ހުނަވަރު" ޕްރޮގްރާމް ފަށައިފި

ހުނަވަރު ޕްރޮގްރާމަކީ މަސައްކަތުގެ މާހައުމުގައި ފަންނީ ތަޢުލީމް ލިބިފައިވާ ދިވެހިންތަކެއް ބިނާކުރުމަށް މޯލްޑިވްސް ޓްރާނަސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށް ގެންދާ “ހުނަވަރު” ޕްރޮގްރާމް ފަށައިފިއެވެ. އެމްޓީސީސީއިން ބުނީ، މިޕްރޮގްރާމްގެ މަޤްސަދަކީ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ މަސައްކަތްތެރި މުވައްޒަފުންތަކެއް އެމްޓީސީސީގެ އެކިއެކި ވަޒީފާތަކަށް ހޯދުންކަމަށެވެ. މިޕްރޮގްރާމް މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަތަރު ފިޔަވައްސަކަށް ބަހާލައިގެން ކަމަށް އެމްޓީ...

ޔުމްނާ ޢަލީ
އިހަވަން ކަޕް 2020: ފައިނަލަށް ކުލަބް ޕެނީ އަދި ކުޅިމަގު

އިހަވަން ކަޕް 2020: ފައިނަލަށް ކުލަބް ޕެނީ އަދި ކުޅިމަގު

ހއ.އިހަވަންދޫގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ކުލަބް ޕޯލްސްޓަރގެ ފަރާތުން ހއ އަދި ހދ ގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ނޮޅިވަރަމް ކުލަބް ޕެނީ އަދި އިހަވަންދޫ ކުޅިމަގު ޓީމް ދަތުރުކޮށްފިއެވެ. މި މުބާރާތުގެ ފައިނަލުގެ ޖާގަ ކުލަބް ޕެނީ ކަށަވަރު ކޮށްފައިވަނީ ސެމީ ފައިނަލްގައި ދިއްދޫ ހީވެސްނުވޭ ސްޕޯޓްސް ކުލަބްގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރިހޯދައިގެނެނެވެ. މި މެޗުގައި ކުލަބް ޕެނީގެ ފުރަތަމަ ލަނޑު […]

އިބްރާހިމް ޚަލީލް
މުވައްޒަފުންނަށް ބޭނުންކުރެވޭ ގޮތަށް "ސީއެސްވިއުގަ އޮންލައިން ޕޯޓަލް" އިފްތިތާޙުކޮށްފި

މުވައްޒަފުންނަށް ބޭނުންކުރެވޭ ގޮތަށް "ސީއެސްވިއުގަ އޮންލައިން ޕޯޓަލް" އިފްތިތާޙުކޮށްފި

ސިވިލް ސަރވިސް ކޮމިޝަންއިން ސީއެސްވިއުގަ، އޮންލައިންކޮށް، އިންޓަރނެޓުގެ ޒަރިއްޔާއިން ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުންނަށާއި ސިވިލް ސަރވިސްގެ އެންމެހާ އިދާރާތަކަށް ބޭނުންކުރެވޭ ގޮތަށް، “ސީއެސްވިއުގަ އޮންލައިން” ޕޯޓަލް މިއަދު ތައާރަފުކޮށްފިއެވެ. މި ޕޯޓަލް ތައާރަފުކޮށްފައިވަނީ މިއަދު ހެދުނު ސިވިލް ސަރވިސް ކޮމިޝަނުގައި ބޭއްވުނު ޙާއްޞަ ރަސްމިއްޔާތުގައި ކޮމިޝަނުގެ މެންބަރުންނެވެ. ސީއެސްވިއުގަ އޮންލައިން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނުގެ ރައީސް މުޙައްމަދު ނާޞިޙް...

ޔުމްނާ ޢަލީ
ކެލާގައި ޤުރުއާން އަދި އިސްލާމިކް އިންސްޓިޓިއުޓެއް ގާއިމު ކުރަނީ

ކެލާގައި ޤުރުއާން އަދި އިސްލާމިކް އިންސްޓިޓިއުޓެއް ގާއިމު ކުރަނީ

ކެލާގައި ގާއިމުކުރާ ޤުރުއާން އަދި އިސްލާމިކް އިންސްޓިޓިއުޓްގެ ބިންގާ އަޅައިފިއެވެ. މި އިންސްޓިޓިއުޓަކީ ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ)ގެ ހެޔޮ އެދުންތަކާއިއެކު، އޭނާގެ ޚަރަދުގައި ކެލާގައި ގާއިމުކުރާ އިންސްޓިޓިއުޓް އެކެވެ. މި އިންސްޓިޓިއުޓްގެ ބިންގާ އަޅާފައި ވަނީ، 2020 ވަނަ އަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހު ކެލާގައި އޮތް ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މި އިންސްޓިޓިއުޓްގެ ބިންގާ އަޅައިދެއްވީ ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފާއި، ފެނަކައިގެ މެނޭޖިން ޑައިރެކްޓ...

ޔުމްނާ ޢަލީ
ޓޮޓެންހަމް އަދި އާސެނަލް އަށް ވެސް ފަސޭހަ މޮޅެއް

ޓޮޓެންހަމް އަދި އާސެނަލް އަށް ވެސް ފަސޭހަ މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ލީޑްސް ޔުނައިޓެޑް އަތުން ޓޮޓެންހަމް ފަސޭހަކަމާއިއެކު މޮޅުވިއިރު، އާސެނަލް ވެސް އެ ޓީމު ކުޅުނު މެޗު ފަސޭހަކަމާއިއެކު ކާމިޔާބު ކޮށްފިއެވެ. ޓޮޓެންހަމްގެ ވައިޓް ހާޓްލޭން ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެ ޓީމުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ލަނޑު ފެނިގެން ގޮސްފައިވަނީ 29 ވަނަ މިނެޓުގައެވެ. މި ލަނޑު ޓޮޓެންހަމް އަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ އިނގިރޭސި […]

އިބްރާހިމް ޚަލީލް
އިމްރާންގެ ފަރާތުން ލިބޭ މަންފާއަކީ، އެމަނިކުފާނުގެ އިޚްލާސްތެރިކަމާއި ހިތްވަރުން ނަމޫނާ ލިބިގަތުން: ޑރ. އިޔާޒް

އިމްރާންގެ ފަރާތުން ލިބޭ މަންފާއަކީ، އެމަނިކުފާނުގެ އިޚްލާސްތެރިކަމާއި ހިތްވަރުން ނަމޫނާ ލިބިގަތުން: ޑރ. އިޔާޒް

ސެއިޚް އިމްރާންގެ ފަރާތުން ލިބޭ މަންފާއަކީ، އެމަނިކުފާނުގެ އިޚްލާސްތެރިކަމާއި ހިތްވަރުން ނަމޫނާ ލިބިގަތުން ކަމަށް ދީނީ އިލްމުވެރިޔާ އަދި އަދާލަތު ޕާޓީގެ މެންބަރު ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ. މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމުގައި ވެސް ހުންނެވި ޑރ. އިޔާޒް މިހެން ވިދާޅުވީ މިހާރުގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ސެއިޚް އިމްރާނާއި، ޑރ. އިޔާޒާއި ގުޅުވައިގެން، އިމްރާންގެ ފަރާތްޕުޅުން އިޔާޒަށް މަންފާ ލިބޭކަމަށް ބުނެ މީހަކު މީސް މީޑިއ...

އަލީ އާދިލް
ރެއާލް މޮޅުވެ ޕޮއިންޓް ތާވަލުގެ އެއްވަނައަށް

ރެއާލް މޮޅުވެ ޕޮއިންޓް ތާވަލުގެ އެއްވަނައަށް

ސްޕެނިޝް ލަލީގާގައި ހޮނިހިރު ދުވހުގެ ރޭ ރެއާލް މެޑްރިޑާއި ސެލްޓަވިގޯ ބައްދަލުކުރި މެޗުން މޮޅުވެ ޕޮއިންޓް ތާވަލުގެ އެއްވަނައަށް ރެއާލުން ޖެހިލައިފިއެވެ. ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފއިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ވަރަށް ކުރީކޮޅު ލަނޑުޖަހައި ރެއާލުންވަނީ ލީޑުނަގާފައެވެ. މެޗުގެ ހަވަނަ މިނެޓުގައި މިލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެސެންސިއޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި އެ ޓީމްގެ ސްޕެއިން މިޑްފީލްޑަރ ލޫކަސް ވަޒްކުއޭޒްއެވެ. މެޗުގެ ފުރަތަމަ ހާފު […]

އިބްރާހިމް ޚަލީލް
ކެލާ ''ވައިލެޓް ޕާކު'' ހުޅުވައިފި

ކެލާ ''ވައިލެޓް ޕާކު'' ހުޅުވައިފި

ކެލާ ކައުންސިލާއި، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓް ގުޅިގެން ހއ. ކެލާގައި ތަރައްގީކުރި ޕާކު ހުޅުވައިފިއެވެ. ”ވައިލެޓް ޕާކު”ގެ ނަން ދީފައިވާ މި ޕާކު ހުޅުވުން އޮތީ މިދިޔަ ހުކުރު ދުވަހުގެ ހަވީރު، 16:30ގައި އެ ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ކެލާގެ ކުދިބޮޑު ގިނަ ބަޔަކު ބައިވެރިވެފައިވާއިރު، އެ ރަސްމިއްޔާތަށް ދައުވަތު ދެމުން ކެލާ ކައުންސިލުން ވަނީ އެ ރަސްމިއްޔާތުގައި ބައިވެރިވާ އެންމެންވެސް އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް އަމަލުކޮށް ދޭން...

ޔުމްނާ ޢަލީ
ކޮޗިން-ކުޅުދުއްފުށީ ކާގޯ ފެރީގެ މިފަހަރުގެ ދަތުރުގައި 700 ޓަނުގެ މުދާ

ކޮޗިން-ކުޅުދުއްފުށީ ކާގޯ ފެރީގެ މިފަހަރުގެ ދަތުރުގައި 700 ޓަނުގެ މުދާ

ކޮޗިން-ކުޅުދުއްފުށީ ކާގޯ ފެރީގެ މިފަހަރުގެ ދަތުރުގައި 700 ޓަނުގެ މުދާ ކުޅުދުއްފުއްޓަށް ގެންނާނެ ކަމަށް، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)އިން ބުނެފިއެވެ. އެ ފެރީ މިއަދު ކުޅުދުއްފުއްޓަށް ބަނދަރު ކުރަން ހަމަޖެހިފައިވާއިރު، ކޮޗިން-ކުޅުދުއްފުށީ ކާގޯ ފެރީގެ ޚިދުމަތް ފުރަތަމަ ފެށީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު 26 ވަނަ ދުވަހުއެވެ. އެފަހަރު އެ ފެރީގައި 500 ޓަނަށްވުރެ ގިނަ މުދާ ގެނައެވެ. އެމްއެސްއެސްގެ ”އެމްވީ. އެމްސީޕީ ލިންޒް”ގެ މިދަތުރުގައި ކުޅުދުއްފުއްޓަށް 700 ޓަނުގެ މުދާ ގެންނަކަން ފާހަގަ […]

ޝިއުނާ އާދަމް
ހއ. އަތޮޅުގެ 4 ރަށެއްގެ ފެނަކަ އާ އޮފީހުގެ ބިންގާ އަޅައިފި

ހއ. އަތޮޅުގެ 4 ރަށެއްގެ ފެނަކަ އާ އޮފީހުގެ ބިންގާ އަޅައިފި

ހއ. އަތޮޅުގެ 3 ރަށެއްގެ ފެނަކައިން އިމާރާތްކުރާ އާ އޮފީސް އިމާރާތާއި، 2 ރަށެއްގައި އަލަށް އިމާރާތްކުރާ އާ އިންޖީނުގޭގެ ބިންގާ އަޅައިފި އެވެ. މިރަށްތަކުގައި ފެނަކައިގެ ފަރާތުން އިމާރާތްކުރާ އޮފީސްތަކުގެ ބިންގާ އަޅުއްވައި ދެއްވީ، ފެނަކައިގެ މެނޭޖިން ޑައިރެކްޓަރު އަޙްމަދު ސައީދު 31 ޑިސެމްބަރު 2020 އިން 2 ޖެނުއަރީ 2021 އަށް އެ އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުގެ ތެރެއިންނެވެ. މިގޮތުން 31 ޑިސެމްބަރު 2020 ވަނަ ދުވަހު ވަނީ ބާރަށުގައި ފެނަކައިން އިމާރާތްކުރާ އާ […]

އަޙްމަދު ވަހީދު
ވާހަކަ: ނާ ބަންނަ އަޑިގަނޑު (3)

ވާހަކަ: ނާ ބަންނަ އަޑިގަނޑު (3)

ކުރީ ޢަދަދާއި ގުޅޭ: ދަލޭކައަށް ވިސްނައިދޭން ޢަލީ މަސައްކަތްކުރަމުން ދަނިކޮށް މިސްކިތުން މުދިންބޭ ޢިޝާ ނަމާދަށް ގޮވިއަޑު އިވިއްޖެއެވެ. ޢަލީ، ދަލޭކައާ ފެއަށް ޖެހިލައި ދަލޭކަގެ ދެ އަތްތިލާގައި ހިފައިލިއެވެ. “އެ އިވެނީ މިސްކިތަށް އަންނާށޭ ކިޔައި މުދިންބޭ ގޮވާ އަޑު. އަހަރެން މި ދަނީ ވުޟޫކޮށްލައިގެން އެ ދިމާއަށް. ދަލޭކަ ވެސް ނަމާދުކޮށްގެން އަވަހަށް ތައްޔާރުވޭ. އެ ދީދީ ވަޑައިގަންނަވަން ވާއިރަށް ގޭތެރެ ވެސް ކުޑަކޮށް ރަމަތަކޮށްލަން ވާނެއެއްނުދޯ.” މިހެން ބުނެ ދަލޭކަގެ އަތުން ދޫކޮށްލުމަށް […]

ޢާޠިފާ ޒަކަރިއްޔާ
އަނބުގަހާއި ދަބަރުބަލި - ހުބާ ޕްލާންޓްސް

އަނބުގަހާއި ދަބަރުބަލި - ހުބާ ޕްލާންޓްސް

ރާއްޖޭގައި އަނބުގަހަށް ޖެހޭ ބަލިތަކުގެ ތެރެއިން އެންމެ ޢާއްމު އެއް ބައްޔަކީ ދަބަރުބަލި ނުވަތަ ކޮމަން ރަސްޓެވެ. ދަބަރު ބަލި ޖެހިފައި ހުންނަ އަނބުގަހެއްގެ ފަތްތަކުގައި ދަބަރުކުލައިގެ ފުއްތަކެއް ހުރެއެވެ. މިއީ އަލްގޭއެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. ދަބަރުބަލި ޖެހޭ އިރު ފުރަތަމަ ފަތުގެ ނުފުށުގައި ހުދު ނުވަތަ މުށި ކުލައިގެ ތިކިތަކެއް ޖަހައެވެ. އެއަށްފަހު ދުވަސްކޮޅަކުން އެ ތިކިތަކާ ދިމާލުގައި ފަތުގެ މަތިފަރާތުގައި އުފުލިފައި ހުންނަ ފުއްތަކެއްހެން ހުންނަ ދަބަރުކުލައިގެ ތިކިތަކެއް ޖަހައެވެ. ދަބަރުބަލީގެ...

ހުބާ ޕްލާންޓްސް
ފްލައިޓްތައް ގިނަވެ، ހަނިމާދޫ އެއާޕޯޓް އަނެއްކާވެސް ކުރީގެ ހާލަތަށް

ފްލައިޓްތައް ގިނަވެ، ހަނިމާދޫ އެއާޕޯޓް އަނެއްކާވެސް ކުރީގެ ހާލަތަށް

ކޯވިޑް-19ގެ ސަބަބުން މުޅިރާއްޖެ ފުރަބަންދުކޮށް، ހުއްޓާލަން ޖެހުނު ވައިގެ އެތެރޭގެ ދަތުރުތައް އަލުން ފަށާފައިވާއިރު، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާ ފްލައިޓްތަކުގެ ޢަދަދު އަނެއްކާ ވެސް ބޮޑުތަނުން އިތުރުވެއްޖެއެވެ. ކޯވިޑްގެ ހާލަތުގެ ސަބަބުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުގެ ދަށުން ރާއްޖެ ފުރަބަންދަށް ދިޔުމުގެ ކުރީން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ދުވާލެއްގެ މައްޗަށް އާންމުކޮށް ޖައްސައި، ފުރަމުން ދިޔައީ 6-7 ފްލައިޓެވެ. ކޯވިޑްގެ ފުރަބަންދުގެ ސަބަބުން ހުއްޓާލި ދަތުރުތައް އަލުން ފެށިނަމަ...

ޝިއުނާ އާދަމް
"ފްރީ ޑައިވް ކެލާ" ގެ ފަރާތުން "ޕަލްސް" ގެ ނަމުގައި ފްރީ ޑައިވް ކޯހެއް

"ފްރީ ޑައިވް ކެލާ" ގެ ފަރާތުން "ޕަލްސް" ގެ ނަމުގައި ފްރީ ޑައިވް ކޯހެއް

މި ހިނގާ ޖެނުއަރީ މަހުގެ ތެރޭގައި ފްރީޑައިވް ކެލާގެ ފަރާތުން ޕަލްސްގެ ނަމުގައި ފްރީޑައިވް ކޯހެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ. ނޭވާ ލުމަށް ބޭނުން ކުރާ އެއްވެސް އާލާތެއް ނެތި މޫދު އަޑިއަށް ފީނުން ނުވަތަ ފްރީޑައިވްގެ މި ކޯސް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ. މި ކޯހަކީ، އަލަށް ފްރީ ޑައިވިންގްއަށް ވަންނަ ބޭފުޅުންނަށްވެސް ބައިވެރިވެވޭނެހެން ފަރުމާކޮށްގެން ކުރިއަށް ގެންދާ ކޯހެކެވެ. މި ގޮތުން، ފްރީޑައިވިންގް ލެވަލް 1 އަދި ލެވަލް 2 […]

މުޙައްމަދު މާއިލް ހަސަން