މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,407 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1778 ވަނަ ޞަފްޙާ

އިހަވަންދޫގައި 1 މެގަވޯޓްގެ ޖަނަރޭޓަރު އިންސްޓޯލްކޮށް ޚިދުމަތް ދޭންފަށައިފި

އިހަވަންދޫގައި 1 މެގަވޯޓްގެ ޖަނަރޭޓަރު އިންސްޓޯލްކޮށް ޚިދުމަތް ދޭންފަށައިފި

ހއ. އިހަވަންދޫގައި 1 މެގަވޯޓްގެ ޖަނަރޭޓަރު އިންސްޓޯލްކޮށް ޚިދުމަތް ދޭންފަށައިފި އެވެ. އެންމެ ފުރަތަމަ ހއ. އަތޮޅައް ގެނެވުނު 1 މެގަވޯޓްގެ ޖަނަރޭޓަރު ހއ. އިހަވަންދޫއަށް ގެނެސްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 29 ވަނަ ދުވަހު އެވެ. އިހަވަންދޫގައި އަލަށް އިންސްޓޯލް ކުރެވުނު 1 މެގަވޯޓްގެ ޖެނެރޭޓަރ ސެޓާއި އިންޖީނުގެއަށް އަލަށް އިތުރުކުރެވުނު ޑެގުރޫމް އިފްތިތާޙު ކުރުންއޮތީ އިއްޔެ އެވެ. ރަސްމީކޮން އިފްތިތާޙް ކޮށްދެއްވީ އިހަވަނދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު އެވެ. މިރަސްމިއްޔާތުގައި ފެނަކ...

ޔުމްނާ ޢަލީ
13 ވަނަ ސާފް ޗެމްޕިއަންޝިޕް ސެޕްޓެމްބަރ މަހު ބަންގްލަދޭޝްގައި

13 ވަނަ ސާފް ޗެމްޕިއަންޝިޕް ސެޕްޓެމްބަރ މަހު ބަންގްލަދޭޝްގައި

ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ ސާފް ސުޒުކީ ކަޕް (ސާފް ޗެމްޕިއަންޝިޕް) މިއަހަރު ބަންގްލަދޭޝްގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. 13 ވަނަ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ، މި އަހަރުގެ ސެޕްޓެމްބަރ މަހުގެ 14 އިން 25 އަށެވެ. މީގެ ކުރިން މި އަހަރު މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ޕާކިސްތާނުގައެވެ. ނަމަވެސް، މި މުބާރަތް ފަހުން މިވަނީ ބަންގްލަދޭޝްގައި ބޭއްވުމަށް ނިންމާފައެވެ. މީގެ ކުރިން، ބަންގްލަދޭޝްގައި މި މުބާރަތް 3 ފަހަރު މަތިން ވަނީ […]

މުޙައްމަދު މާއިލް ހަސަން
ޔުނައިޓެޑުން ލިވަޕޫލާއި ޕޮއިންޓްގެ ގޮތުން އަރާ ހަމަކޮށްފި

ޔުނައިޓެޑުން ލިވަޕޫލާއި ޕޮއިންޓްގެ ގޮތުން އަރާ ހަމަކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި އެސްޓަންވިލާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް، ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާއި ޕޮއިންޓްގެ ގޮތުން ޔުނައިޓެޑުން އަރާ ހަމަކޮށްފިއެވެ. ހުކުރު ދުވަހުގެ ރޭ މެންޗެސްޓާގެ އޯލްޑް ޓްރަފޯޑް  ސްޓޭޑިއަމްގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބު  ކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެން  ގޮސްފައިވަނީ  ދާދި ހަމަަަހަމަ ކުޅުމެކެވެ. ގިނަ ހަމަލާތަކެއް ދެ ޓީމުން ވެސް އިދިކޮޅު ގޯލަށް އަ...

އިބްރާހިމް ޚަލީލް
އުދަ އެރުމުގެ ސަބަބުން ށ. އަތޮޅުގެ ބައެއް ރަށްރަށަށް ގެއްލުންތަކެއް

އުދަ އެރުމުގެ ސަބަބުން ށ. އަތޮޅުގެ ބައެއް ރަށްރަށަށް ގެއްލުންތަކެއް

ރޭ އުދަ އެރުމުގެ ސަބަބުން ށ. އަތޮޅުގެ ބައެއް ރައްތަކަށް އެކިވަރުގެ ގެއްލުންތައް ވެއްޖެއެވެ. މިގޮތުން އެ އަތޮޅުގެ ބައެއް ރަށްރަށަށް އުދަ އެރުމުގެ ސަބަބުން ގެއްލުންތަކެއް ވެފައިވާކަން އެ ރަށްރަށުގެ ކައުންސިލް ތަކުން އަންނަނީ ހާމަ ކުރަމުންނެވެ. މިގޮތުން ށ. އަތޮޅުގެ ވެރިކަންކުރާ ފުނަދޫގެ ކައުންސިލުން ބުނެފައި ވަނީ އެރަށަށް އުދަ އެރުމުގެ ސަބަބުން ބައެއް ގޭގެއަށާއި، އެރަށުގެ ދަނޑު ބިންތަކަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އެ އަތޮޅު މަރޮއްޓަށްވެސް އުދަ އެރުމުގެ ސަބަބުން ގެއްލުންތަކެއް […]

ޔުމްނާ ޢަލީ
އޭސީޕީ ފައިރޫޝް ރިޓަޔާ ކުރައްވައިފި

އޭސީޕީ ފައިރޫޝް ރިޓަޔާ ކުރައްވައިފި

އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި، ޑރ. އަބްދުﷲ ފައިރޫޝް ރިޓަޔާ ކުރައްވައިފި އެވެ. ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެކަން ކަށަވަރުކޮށްދެއްވައި، ފައިރޫޝް ކުރެއްވި ހިދުމަތަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ކާމިޔާބަށް ވެސް އެދިވަޑައިގެންނެވި އެވެ. ފައިރޫޝް ރިޓަޔާ ކުރެއްވީ ފުލުސް ހިދުމަތުގައި 20 އަހަރު ދުވަހު ހިދުމަތް ކުރެއްވުމަށް ފަހުގައެވެ. އޭނާ މިއަދު ހިދުމަތުން ރިޓަޔާ ކުރެއްވި އިރު 2017 ވަނަ އަހަރު ފީއެޗްޑީއަށް ކިޔަވައި […]

ޝިއުނާ އާދަމް
މަރޮށި މުޙައްމަދު ވަޙީދު: މެދުކެނޑުމެއްނެތި ދަނޑުވެރިކަމުގައި ސާޅީހަކަށް އަހަރު!

މަރޮށި މުޙައްމަދު ވަޙީދު: މެދުކެނޑުމެއްނެތި ދަނޑުވެރިކަމުގައި ސާޅީހަކަށް އަހަރު!

ދަނޑުވެރިކަމުގެ ދާއިރާއިން ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު، ށ. މަރޮށި، އައްސޭރި، މުޙައްމަދު ވަޙީދު އަށް ލިބިވަޑައިގެންނެވީ ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށާއި އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި 2020 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހުގެރޭ ބޭއްވި ރަސްމީ ޖަލްސާގަ އެވެ. މުޙައްމަދު ވަޙީދަށް އެ އިނާމު ހަވާލުކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ދަނޑުވެރިކަމުގެ ދާއިރާއަށް މުޙައްމަދު ވަޙީދު ވެދެވަޑައިގަތީ 1984 ވަނަ އަހަރުއެވ...

ތިލަދުން
މޮޅަދޫ ފެނަކަ އާ އިންޖީނުގެއާއި އޮފީހުގެ ބިންގާ އަޅައިފި

މޮޅަދޫ ފެނަކަ އާ އިންޖީނުގެއާއި އޮފީހުގެ ބިންގާ އަޅައިފި

ހއ. މޮޅަދޫގައި އިމާރާތްކުރާ ފެނަކަ މޮޅަދޫ އާ އޮފީހާއި، އާ އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ. ފެނަކަ މޮޅަދޫ އާ އޮފީހާއި، އާ އިންޖީނުގޭގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު އޮތީ އިއްޔެ އެވެ. މި ރަސްމިއްޔާތުގައި އެ ދެ އިމާރާތުގެ ބިންގާ އަޅައިދެއްވީ ފެނަކައިގެ މެނޭޖިން ޑައިރެކްޓަރު އަޙްމަދު ސައީދާއި، ރައްޔިތުންގެ މަޖިލީހުގައި މޮޅަދޫ ތަމްސީލް ކުރަށްވާ، އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢުއެވެ. ‏ހއ. މޮޅަދޫގައި އަލަށް އިމާރާތްކުރެވޭ އިންޖީނުގެޔާއި އޮފީސް އިމާރާތުގެ ބިންގާ އެޅުމާއި ގުޅިގެން، […]

ޝިއުނާ އާދަމް
2020: މަހުޖަނުން އިތުރަށް މުއްސަނދިވި އަހަރެއް!

2020: މަހުޖަނުން އިތުރަށް މުއްސަނދިވި އަހަރެއް!

ވޭތުވެދިޔަ 12 މަސްދުވަހަކީ، ދުނިޔެ ނުދެކޭހާ ޙާލުގައި ގިނަ ބަޔަކު ދިރިއުޅެމުންއައި 12 މަސްދުވަހެވެ. ކޯވިޑް-19ގެ ބަލިމަޑުކަން މުޅި ދުނިޔެއަށް ފެތުރުނުއިރު، ފަޤީރުންގެ ނިޞްބަތް އިތުރުވެ، ގިނަ ބަޔަކުވަނީ އިތުރަށް ބިކަވެފައެވެ. ނަމަވެސް، މި ލިޔުމުގައި ބަލާލަން މިއުޅެނީ ފަޤީރުންނަކަށް ނޫނެވެ. 2020 ވަނަ އަހަރަކީ، ދުނިޔޭގެ މަޝްހޫރު ގިނަ ބިލިޔަނަރުން އިތުރަށް މުއްސަނދިވި އަހަރެކެވެ. ދުނިޔޭގައި މި ވަގުތު އެންމެ މުއްސަނދި މީހުންގެ ލިސްޓުގެ 10 ފަރާތުންވަނީ ވޭދުވެދިޔަ އަހަރުގެ ތެރޭގައި 347 ބިލިއަން ޑޮލަރު […...

މުޙައްމަދު މާއިލް ހަސަން
އަދާލަތު ޕާޓީގެ އެންމެ އިސް ދެ މަގާމުގެ އިންތިޚާބު މިމަހު 23ގައި

އަދާލަތު ޕާޓީގެ އެންމެ އިސް ދެ މަގާމުގެ އިންތިޚާބު މިމަހު 23ގައި

އަދާލަތު ޕާޓީ (އޭޕީ)ގެ އެންމެ އިސް ދެ މަގާމު ކަމުގައިވާ، ރައީސާއި ނައިބު ރައީސް ހޮވުމުގެ އިންތިޚާބު މި މަހުގެ 23 ގައި ބާއްވަން ނިންމައިފިއެވެ. މިގޮތުން އޭޕީއިން އިއްޔެ ކުރި ޢިއުލާނެއްގައި ބުނެފައި ވަނީ އެ ޕާޓީގެ ތިން ވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށް ބާއްވާ އިންތިޚާބު 23 ޖެނުއަރީ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ޕާޓީގެ އިންތިޚާބުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިމަހުގެ ނުވަ ވަނަ ދުވަހުގެ 2:00ގެ […]

އަޙްމަދު ވަހީދު
ނަރުދޫއަށް އުދަ އަރައި ބައެއް ގޭތަކަށް ގެއްލުން ވެއްޖެ

ނަރުދޫއަށް އުދަ އަރައި ބައެއް ގޭތަކަށް ގެއްލުން ވެއްޖެ

ށ. ނަރުދޫއަށް އުދަ އަރައި ބައެއް ގޭތަކަށް ލޮނުވަދެ، ގެއްލުންތަކެއް ވެއްޖެއެވެ. ނަރުދޫއަށް އުދަ އަރާފައި ވަނީ ރޭ މެންދަމު 2:00 އިން 2:30 އާއި ދެމެދުގެ ވަގުތެއްގައެވެ. ނަރުދޫ ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ނިޒާރު ”ތިލަދުން” އަށް ވިދާޅުވީ އެރަށަށް އުދައެރުމުގެ ސަބަބުން 8 ގެއަށް ލޮނު ވަދެފައިވާ ކަމަށެވެ. އަދި 3 ގެއެއްގެ ގެއާއި ބަދިގެއަށް ލޮނުވަދެ ބައެއް ގެއްލުން ވެފައިވާ ކަމަށް ނިޒާރު ވިދާޅުވިއެވެ. ”ރޭ 2 ޖަހާކަށްހާއިރުން ފެށިގެން ރައްޔިތުން […]

ޙުސައިން ޝަހުދީ
ލަންދޫ "ކުޅިދޮށު ޕާކް" ޒުވާނުންގެ ނަމޫނާ މަސައްކަތެއް

ލަންދޫ "ކުޅިދޮށު ޕާކް" ޒުވާނުންގެ ނަމޫނާ މަސައްކަތެއް

ކޯވިޑް ބަލިމަޑުކަމާއި ގުޅިގެން ރިސޯޓްތައް ބަންދުވިއެވެ. ރިސޯޓްތަކުގައި ވަޒީފާ އަދާކުރި ޒުވާނުން، އެ ޒުވާނުންގެ އުފަން ރަށުގައި ގިނަ ދުވަސްތަކެއް ވަންދެން ތިބެން ޖެހުނެވެ. ލިބިގެންދިޔަ ހުސްވަގުތުގެ ބޭނުންހިފައި ރަށަށް ބޭނުންތެރި މަސައްކަތްތަކެއް ކޮށްދިނުމުގައި އެ ޒުވާނުން ނަމޫނާ ވެސް ދެއްކިތަން ފެނިގެންދިޔައެވެ. ރާއްޖޭގެ އުތުރާއި ދެކުނުންނެވެ. ނ.ލަންދޫގެ ޒުވާނުން ވެސް އެ ޒުވާނުންނަށް ލިބިގެންދިޔަ ހުސްވަގުތުގެ ބޭނުން ހިފައި، މި ވަނީ އެ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދާއި 1200 ފޫޓް ދުރުގައިވާ، އެ ރ...

އިބްރާހިމް ޚަލީލް
ފުނަދޫ ކައުންސިލުން ކުރިއަށްގެންދިޔަ ހޭންޑްބޯޅަ ތަމްރީނު ޕްރޮގްރާމް ނިންމާލައިފި

ފުނަދޫ ކައުންސިލުން ކުރިއަށްގެންދިޔަ ހޭންޑްބޯޅަ ތަމްރީނު ޕްރޮގްރާމް ނިންމާލައިފި

ށ. ފުނަދޫ ކައުންސިލުން އިންތިޒާމުކޮށްގެން އެރަށުގައި ކުރިއަށް ގެންދިޔަ ހޭންޑްބޯޅަ ތަމްރީނު ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. މި ޕްރޮގްރާމަކީ ފުނަދޫ އިޖްތިމާއި މަރުކަޒުގެ ޔޫތު ޑިވޮލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ހިންގި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ނިމުނު 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 އިން 31 ގެ ނިޔަލަށެވެ. ފުނަދޫގެ އުމުރުން 12 އަހަރާއި 18 އަހަރާއި ދެމެދުގެ އަންހެން ކުދިންނަށް ހާއްސަކޮށްގެން އެރަށުގެ އިޖްތިމާއީ މަރުކަޒުގެ ފުޓްސަލް ދަނޑުގައި ކުރިޔަށް...

ޙުސައިން ޝަހުދީ
ރާއްޖެއިން ބޭރުން އަންނަ ދަރިވަރުން ކަރަންޓީނުވާން ޖެހޭނެ: އެޗްޕީއޭ

ރާއްޖެއިން ބޭރުން އަންނަ ދަރިވަރުން ކަރަންޓީނުވާން ޖެހޭނެ: އެޗްޕީއޭ

ރާއްޖެއިން ބޭރުން އަންނަ މީހުންގެ ތެރެއިން ރާއްޖޭގެ ސްކޫލުތަކާއި ކޮލެޖު އަދި ޔުނިވާސިޓީތަކަށް ކިޔަވަން އަންނަ ދަރިވަރުންގެ ކަރަންޓީނުވާން ޖެހޭނެކަމަށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޗްޕީއޭއިން މިރޭ ކުރި ޢިއުލާނެއްގައި ބުނީ ރާއްޖެއިން ބޭރުން އަންނަ މީހުންގެ ތެރެއިން ރާއްޖޭގެ ސްކޫލުތަކާއި ކޮލެޖު އަދި ޔުނިވާސިޓީތަކަށް ކިޔަވަން އަންނަ ދަރިވަރުން ރާއްޖެއަންނަ ދުވަހުން ފެށިގެން 10 ދުވަހު ގޭގައި ކަރަންޓީނުވާން ޖެހޭނެ ކަމަށެވެ. މިފަދަ ދަރިވަރުން ކަރަންޓީނުން ދޫކޮށްލާނީ 10 ދު...

ޝިއުނާ އާދަމް
އިހަވަން ކަޕް: ސެމީއަށް އެޗެއެން ސްޕޯޓްސް، ކުލަބް ޕެނީ، ކުޅިމަގު އަދި ނައިވާދޫ

އިހަވަން ކަޕް: ސެމީއަށް އެޗެއެން ސްޕޯޓްސް، ކުލަބް ޕެނީ، ކުޅިމަގު އަދި ނައިވާދޫ

ހއ. އިހަވަންދޫގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ކުލަބް ޕޯލްސްޓަރގެ ފަރާތުން ހއ އަދި ހދ ގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލަށް ދިއްދޫ ހީވެސްނުވޭ ސްޕޯޓްސް ކުލަބާއި، ނޮޅިވަރަމް ކުލަބް ޕެނީ، އިހަވަންދޫ ކުޅިމަގު ޓީމްގެ އިތުރުން ޓީމް ނައިވާދޫ ދަތުރު ކޮށްފިއެވެ. މި މުބާރާތުގެ ސެމީ ފައިނަލަށް ޓީމްތައް ދަތުރު ކޮށްފައިވާ ގޮތަށް ބަލައިލާއިރު ދިއްދޫ ހީވެސްނުވޭ ސްޕޯޓްސް ކުލަބް ސެމީ ފައިނަލަށް ދަތުރު ކޮށްފައިވަނީ […]

އިބްރާހިމް ޚަލީލް
ރުކުގެ އައު ޖީލެއް އުފެއްދުމުގެ ޕްރޮގްރާމްގެ ދަށުން ކުޅުދުއްފުށީގައި ރުއް އިންދަން ފަށައިފި

ރުކުގެ އައު ޖީލެއް އުފެއްދުމުގެ ޕްރޮގްރާމްގެ ދަށުން ކުޅުދުއްފުށީގައި ރުއް އިންދަން ފަށައިފި

މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ކުރިއަށް ގެންދަވާ ރުކުގެ އައު ޖީލެއް އުފެއްދުމުގެ ޕްރޮގްރާމްގެ ދަށުން ކުޅުދުއްފުށީގައި ރުއް އިންދުމުގެ ޕްރޮގްރާމެއް ކުޅުދުއްފުށީ ކައުންސިލުން ފަށައިފިއެވެ. ރުކުގެ އައު ޖީލެއް އުފެއްދުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް 2020 ވަނަ އަހަރުގެ އޮކްޓޯބަރު 25 ވަނަ ދުވަހު ދަނޑުވެރިކަމާއިބެހޭ ވުޒާރާއިން ވަނީ ރާއްޖޭގެ ކައުންސިލް ހުޅުވާލާފައެވެ. އެ ފުރުޞަތުގެ ދަށުން އެކަމަށް އެދި ކުޅުދުއްފުށި ކައުންސިލުން ހުށަހެޅި ހުށަހެޅުމުގެ ދަށުން އެކައުނ...

ޔުމްނާ ޢަލީ
ކޯސްޓްގާޑުގެ ޚިދުމަތަށް 41 އަހަރު ފުރުން ފާހަގަކޮށްފި

ކޯސްޓްގާޑުގެ ޚިދުމަތަށް 41 އަހަރު ފުރުން ފާހަގަކޮށްފި

އެމްއެންޑީއެފް ކޯސްޓްގާޑުގެ ޚިދުމަތަށް 41 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފިއެވެ. މިރަސްމިއްޔާތު ބާއްވާފައިވަނީ ހުޅުމާލެ ޖެޓީ ސަރަހައްދުގައި މިއަދު ހެނދުނު 06:00 ގައެވެ. ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި ވަނީ ކޯސްޓްގާޑުގެ ކޮމަޑާންޓް ކާނަލް މުޙައްމަދު ސަލީމެވެ. މި ރަސްމިއްޔާތުގައި ކޯސްޓްގާޑުގެ ކޮމަޑާންޓް ކާނަލް މުޙައްމަދު ސަލީމާއި އެމްއެންޑީއެފް ކޯސްޓްގާޑުގެ ސީނިއަރ އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ވަ...

އަލީ އާދިލް
މަހައްގޮސް އުޅުނު ޒުވާނެއްގެ އަތް ބިނދިއްޖެ

މަހައްގޮސް އުޅުނު ޒުވާނެއްގެ އަތް ބިނދިއްޖެ

މަސްވެރިކަމުގެ މަސައްކަތުގައި އުޅުނު ދޯންޏެއްގެ ވަތު ތެރެއަށް ވެއްޓި ޒުވާނެއްގެ އަތް ބިނދިއްޖެ އެވެ. އެމްއެންޑީއެފުން ވިދާޅުވީ، މި ހާދިސާ ހިނގާފައިވަނީ ކ. ކޮއްދިއްޕަރު ކައިރިން މަސްވެރިކަމުގައި އުޅުނު “ދޯދި” ނަމަކަށް ކިޔާ ދޯންޏެއްގައި ކަމަށެވެ. މި ހާދިސާގައި ދޯނީގެ ވަތު ތެރެއަށް ވެއްޓި އަތް ބިނދިފައިވަނީ 20 އަހަރުގެ ދިވެހި ޒުވާނެއްގެ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ. އެ ޒުވާނާ އަވަސް ފަރުވާ އަށް މާލެ ގެނައުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑުގެ ސްކޮޑްރަން އިން […]

އަޙްމަދު ވަހީދު
"މޯލްޑިވްސް ޓޫރިޒަމް ބުލެޓިން،" ގެ ނަމުގައި މަޖައްލާއެއް ނެރެފި

"މޯލްޑިވްސް ޓޫރިޒަމް ބުލެޓިން،" ގެ ނަމުގައި މަޖައްލާއެއް ނެރެފި

“މޯލްޑިވްސް ޓޫރިޒަމް ބުލެޓިން” ގެ ނަމުގައި މަޖައްލާއެއް ނެރެފި އެވެ. މިނިސްޓްރީ އޮފް ޓޫރިޒަމްއިން ޝާއިޢުކުރާ މި މަޖައްލާ ނެރެދެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ. މި މަޖައްލާގެ ފުރަތަމަ އަދަދު ނެރެދެއްވުމުގެ ގޮތުން ކުރެއްވި ޓުވީޓެއްގައި ރައީސް ވިދާޅުވީ، މިއީ ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި ހުރިހާ ފަރާތްތަކާއި، ޚާއްޞަކޮށް ފަތުރުވެރިންނާއި ކިޔަވާކުދިންނަށް މުހިންމު މަޢުލޫމާތުތަކެއް ލިބިގެންދާނެ މަޖައްލާއެއް ކަމުގައި ދެކެވަޑައިގަންނަވާކަމަށެވެ. މި މަޖައްލާގެ ފުރަތަމަ އަދަދުގެ އިސްބަ...

އިބްރާހިމް އަސްވާޤް