މާދަމާ ރޭ ދަންވަރު ހަތަރު ގަޑިއިރަށް ހުޅުމާލެއިން ފެނުގެ ހިދުމަތް މެދުކެނޑޭނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެފިއެވެ.

މޯލްޑިވްސް ވޯޓާ އެންޑް ސުވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ފެނުގެ ހިދުމަތް މެދުކެނޑޭނީ މާދަމާ ރޭ 11:30ން ދަންވަރު 3:00އާ ހަމައަށް ކަަމަށެވެ. އަދި މި ވަގުތުތަކުގައި ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ އިތުރުން ދެވަނަ ފިޔަވަހީގެ ފެނުގެ ހިދުމަތްވެސް މެދުކެނޑޭނެ ކަމަށް އެ ކުންފުނިންބުންޏެވެ.

Ad
rt

އެ ކުންފުނިން ބުނިގޮތުގައި ހިދުމަތް މެދުކަނޑާލަނީ ހުޅުމާލޭގެ މެއިން ވޯޓާ ޑިސްޓްރިބިއުޝަން ސިސްޓަމް އަޕްގްރޭޑު ކުރުމަށެވެ.

ފެނުގެ ހިދުމަތް މެދުކެނޑުމުގެ ސަބަބުން ހުޅުމާލޭގެ ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް އެމްޑަބްލިއުއެސްސީން ވަނީ މައާފަށް އެދިފައެވެ.