މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,413 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1712 ވަނަ ޞަފްޙާ

އުރީދޫ އިން "އާޗާ ޑެއިލީ 2ޖީބީ" ތައާރަފު ކޮށްފި

އުރީދޫ އިން "އާޗާ ޑެއިލީ 2ޖީބީ" ތައާރަފު ކޮށްފި

އުރީދޫ އިން އާޗާ ޕްރިޕެއިޑްގެ ދަށުން “އާޗާ ޑެއިލީ 2ޖީބީ” ޕްލޭނެއް ތައާރަފު ކޮށްފި އެވެ. މިއަދު ތަޢާރަފު ކުރި މި ޕްލޭނާއެކު އެއް މަސް ދުވަސް ވަންދެން ކޮންމެ ދުވަހަކު 2ޖީބީ ޑޭޓާއާއެކު އަންލިމިޓެޑް ކޯލްސް އެންމެ 750ރ. އަށް ލިބޭނެއެވެ. މި ޕްލޭން އެކްޓިވޭޓް ކުރަން ބޭނުންވާ ކަސްޓަމަރުންނަށް އުރީދޫ އެޕް މެދުވެެރިކޮށް ނުވަތަ “ޔޫޑީ 750” ޖެހުމަށްފަހު 5555އަށް އެސްއެމްއެސް ކޮށްގެން ނުވަތަ  929#1 އަށް ޑަޔަލް ކޮށްލައިގެން އެކްޓިވޭޓް ކުރެވޭނެއެވެ. މީގެ އިތުރުން އާ ކަސްޓަމަރުންނަށް […]

އަޙްމަދު ވަހީދު
މާލޭ ރައްޔިތުންނަށް ގޯތި ހޯދައިދިނުމަށް އޮތް އެންމެ ރަނގަޅު ހައްލަކީ ގުޅީފަޅު: ޑރ. މުޢިއްޒު

މާލޭ ރައްޔިތުންނަށް ގޯތި ހޯދައިދިނުމަށް އޮތް އެންމެ ރަނގަޅު ހައްލަކީ ގުޅީފަޅު: ޑރ. މުޢިއްޒު

މާލޭގެ ރައްޔިތުންނަށް ގޯތި ހޯދައިދިނުމަށްޓަކައި އޮތް އެންމެ ރަނގަޅު ހައްލަކީ، ގުޅީފަޅު ހިއްކައި މާލޭގެ ރައްޔިތުންކުރެ ގޯތި ބޭނުންވާ މީހުންނަށް ގޯތި އަދި ފްލެޓް ބެނުންވާ މީހުންނަށް ފްލެޓް ލިބޭ ތަނަކަށް އެތަން ހެދުން ކަމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާފައިވާ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޒޫމް މެދުވެރިކޮށް މާލޭ ސިޓީގެ ރައްޔިތުންގެ އަޑުއައްސަވައި، ސުވާލުތަކަށް ޖަވާބުދެއ...

އަލީ އާދިލް
ރޮހިންޖާ ކޭމްޕުގައި އަލިފާން ރޯވެ 15 މީހުން މަރުވެއްޖެ

ރޮހިންޖާ ކޭމްޕުގައި އަލިފާން ރޯވެ 15 މީހުން މަރުވެއްޖެ

ބަންގްލަދޭޝްގައި ހުރި ރޮހިންޖާ ރެފިއުޖީ ކޭމްޕުގަައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާއެއްގައި 15 މީހުން މަރުވެއްޖެއެވެ. މި ހާދިސާގައި މިހާތަނަށް 15 މީހުން މަރުވިކަން ކަށަވަރުވެފައިވާއިރު 400 އެއްހާ މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. އެހެންކަމުން މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ. އދ ގެ ޔޫއެންއެޗްސީއާރުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އިއްޔެ ހިނގި މި ހާދިސާގައި 560 މީހުން ވަނީ ޒަހަމްވެފައެވެ. ބަންގްލަދޭޝުގެ ކަމާ ބެހޭ ފަރާތްތަކުން މިހާރު ދަނީ މި ހާދިސާ […]

އަޙްމަދު ވަހީދު
ހދ. އަތޮޅުން ރައްޔިތު ބައްދަލުވުން ބޭއްވީ 5 ކައުންސިލަކުން

ހދ. އަތޮޅުން ރައްޔިތު ބައްދަލުވުން ބޭއްވީ 5 ކައުންސިލަކުން

މިދިޔަ ފެބްރުއަރީ މަހު ރައްޔިތުންގެ ބައްދަލުވުން ބޭއްވީ ހދ.އަތޮޅުގެ 5 ކައުންސިލަކުން ކަމަށް ހދ. އަތޮޅު ކައުންސިލުން ބުނެފި އެވެ. އެކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބާޔާންކޮއްފައިވާ ގޮތުގެ މަތީން މި އަހަރު ފެބުރުއަރީ މަހު ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ބާއްވާ، އެ ކައުންސިލަށް އެމަޢުލޫމާތު ޙިއްޞާކޮށްފައިވަނީ ހދ.އަތޮޅުގެ 5 ރަށު ކައުންސިލުން ކަމަށެވެ. އެގޮތުން އެ 5 ރަށު ކައުންސިލަކީ : ތިލ...

ޖަލްވާން ޖާދުﷲ
104 ބާވަތެއްގެ ދޫނި ހިމާޔަތްކޮށްފި

104 ބާވަތެއްގެ ދޫނި ހިމާޔަތްކޮށްފި

104 ބާވަތެއްގެ ދޫންޏަކީ ހިމާޔަތް ކޮށްފައިވާ ދޫނިތަކެއްކަމަށް ސަރުކާރުން ކަނޑައަލައި އެކަން އިޢުލާންކޮށްފިއެވެ. ހިމާޔަތްކުރި ދޫނިތަކުގެ ތެރޭގައި ކޮތަރު، ފިނދަނަ، ކިރުދޫނި، ބަކަމޫނު، ރާބޮނދި، ބޮނޑަނަ، ބާޒު، ފެންފޯއް ދޫނި އަދި ރޭރުގެ ބާވަތްތަކެވެ. އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުން އެ މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން މިއަދުން ފެށިގެން އެ 104 ބާވަތުގެ ދޫންޏަކީ ހިމާޔަތްކޮށްފައިވާ ތަކެތި ކަމުގައި ހަމަޖައްސާފ...

އިބްރާހިމް އަސްވާޤް
ގަމުގައި ތަރައްގީ ކުރާ ފެނަކައިގެ އާ އޮފީހުގެ ބިންގާ އަޅައިފި

ގަމުގައި ތަރައްގީ ކުރާ ފެނަކައިގެ އާ އޮފީހުގެ ބިންގާ އަޅައިފި

ލ. ގަމުގައި ތަރައްގީ ކުރާ ފެނަކައިގެ އާ އޮފީހުގެ ބިންގާ މިއަދު އަޅައިފިއެވެ. މި އިމާރާތުގެ ބިންގާ އަޅައި ދެއްވީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސައީދް އާއި ގަމު ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމް އަދި ގަމު ހޮސްޕިޓަލްގެ މެނޭޖަރުއަލީ ނަޝީދު އެވެ. އެ ކުންފުނިން އަޅާ މި އިމާރާތަކީ ދެ ބުރި އިމާރާތެކެވެ. މި އިމާރާތުގެ ތިރީގައި ލޮބީ އަކާއި ރިސެޕްޝަން ހުންނައިރު މީޓިން ރޫމެއްވެސް މި އިމާރާތުގައި ހުންނާނެއެވެ. މީގެ އިތުރުން މި […]

އަޙްމަދު ވަހީދު
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ގްރެޖުއޭޓް ޓްރެއިނިންގ ޕްރޮގްރާމެއް

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ގްރެޖުއޭޓް ޓްރެއިނިންގ ޕްރޮގްރާމެއް

ޕެންޝަން އޮފީހުގެ މަަސައްކަތްތަކާ ގުޅޭ އެކިދާއިރާތަކުން ބެޗެލަރސް އަދި މާސްޓާރސް ޑިގްރީ ނިންމާ ފަރާތްތަކަށް އަމާޒުކޮށްގެން ޕެންޝަން އޮފީހުން ގްރެޖުއޭޓް ޓްރެއިނިންގ ޕްރޮގްރާމެއް ތައާރަފު ކޮށްފިއެވެ. މިޕްރޮގްރާމުގެ މަޤްސަދަކީ ޕެންޝަން އޮފީހުގެ މަަސައްކަތްތަކާ ގުޅޭ އެކިދާއިރާތަކުން ތައުލީމު ހާސިލުކޮށް ރަނގަޅު ނަތީޖާ ހޯދާ ފަރާތްތަކަށް މަސައްކަތުގެ ހުނަރާއި ތަޖުރިބާ ހޯދޭނެ މަަގުފަހިކޮށްދީ މިދާއިރާތަކުން މީހުން ބިނާކޮށް ކުރިމަގުގައި އޮފީހުގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާނެ ގާބިލު މީހުން ތަމްރީނުކ...

އަލީ އާދިލް
ފެނަކައިން ގަމުގައި ސޯލާ ޕީވީ ސިސްޓަމްތައް ބަހައްޓަނީ

ފެނަކައިން ގަމުގައި ސޯލާ ޕީވީ ސިސްޓަމްތައް ބަހައްޓަނީ

ފެނަކަ ކޯޕަރޭޝަނުން ލ. ގަމުގެ ފަސް މިސްކިތެއްގެ އިތުރުން އިގްތިމާއީ، މަރުކަޒުގައި ސޯލާރ ޕީވީ ނިޒާމް ގާއިމް ކުރުމުގެ އެއްބަސް ވުމުގައި ސޮއި ކޮށްފިއެވެ. މި އެއްބަސް ވުމުގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު އެވެ. އަދި ގަމު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމް އެވެ. ސޮއި ކުރުމަށް ބޭއްވި ރަސްމީޔާތުގައި ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ފެނަކައަށް […]

އަޙްމަދު ވަހީދު
ކުޅުދުއްފުށީގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި 17 އަހަރުގެ ކުއްޖާ ނިޔާވެއްޖެ

ކުޅުދުއްފުށީގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި 17 އަހަރުގެ ކުއްޖާ ނިޔާވެއްޖެ

ހދ. ކުޅުދުއްފުށީ ސިޓީގައި ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވެ ފަރުވާދެމުން ދަނިކޮށް 17 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ އެވެ. އައިސީޔޫގައި ފަރުވާދެމުން ދަނިކޮން މިއަދު ނިޔާވީ މިމަހުގެ 12 ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި ކުޅުދުއްފުށި ނިކަގަސްމަގާއި އަމީނީމަގު ގުޅުނު ހަތަރު އަނގޮޅީގައި ސައިކަލަކާއި ޕިކަޕެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ސައިކަލު ދުއްވަން އިން ކުއްޖާ އެވެ. އަދި އެކްސިޑެންޓުގައި ސައިކަލުގެ ފަހަތުގައި އިން ކުއްޖަކަށް ވެސް އަނިޔާވި އެވެ. މި އެކްސިޑެންޓުގައި ލިބު...

އަލީ އާދިލް
އެސްޓީއޯގެ ބޯޑަށް ކުރިމަތިލާން ހުޅުވައިފި

އެސްޓީއޯގެ ބޯޑަށް ކުރިމަތިލާން ހުޅުވައިފި

ސްޓޭޓް ޓްރޭޑިން އޯގަނަޒައިޝަން (އެސްޓީއޯ) ގެ ބޯޑަށް އާއްމު ހިއްސާދާރުންގެ ތެރެއިން ޑިރެކްޓަރަކު ހޮވުމަށް ހުޅުވާލައިފިއެވެ. ކުންފުނީގެ ހިންގާ ގަވައިދުގައިވާ ގޮތުން އާއްމު ހިއްސާދާރުންގެ ފަރާތުން ބޯޑުގައި ހުރެވޭނީ އެއް މެންބަރަކަށެވެ. ސަރުކާރުގެ ފަރާތުން އެސްޓީއޯ ބޯޑުގައި ހަ މެންބަރުންތިބެއެވެ. އާއްމު ހިއްސާދާރުންގެ ތެރެއިން ހޮވާ މެމްބަރަކީ އެއް އަހަރުގެ މުއްދަތަށް ހޮވާ މެމްބަރެކެވެ. މި މަގާމަށް ކުރިމަތިލެވޭނީ އެސްޓީއޯގެ ހިއްސާ އޮންނަ، އުމުރުން 30 އަހަރު ވެފައިވާ ދިވެއްސަކަށެވެ. ވިޔަފާރި އާއި ހިން...

އަޙްމަދު ވަހީދު
އިމަގުން އިހަވަންދޫ މަސްވެރިންނަށް ހާއްޞަ ފުޓްސަލް ޗެލެންޖެއް

އިމަގުން އިހަވަންދޫ މަސްވެރިންނަށް ހާއްޞަ ފުޓްސަލް ޗެލެންޖެއް

ހއ. އިހަވަންދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ގެ ފަރާތުން އިންތިޒާމް ކޮށްގެން އިހަވަންދޫގެ މަސްވެރިންނަށް ހާއްޞަ ކޮށްގެން ފުޓްސަލް ޗެލެންޖެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ. މި މުބާރާތާއި ގުޅިގެން އިމަގު ޖަމްޢިއްޔާއިން އާންމު ކޮށްފައިވާ މަޢުލޫމާތުގައި ވަނީ “ބާރަނަ ޗެލެންޖް”ގެ ނަމުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރި ވެވޭނީ ހަމައެކަނި އިހަވަންދޫ މަސްވެރި އުޅަނދުތަކުގެ ކެޔޮޅުންނާއި ފަޅު...

އިބްރާހިމް ޚަލީލް
ދަނޑުވެރިކަން ނެތްނަމަ އަޅުގަނޑުމެން ވެސް ނުތިބޭނެ: ޑރ.ޢާއިޝަތު ޢަލީ

ދަނޑުވެރިކަން ނެތްނަމަ އަޅުގަނޑުމެން ވެސް ނުތިބޭނެ: ޑރ.ޢާއިޝަތު ޢަލީ

ދަނޑުވެރިކަން ނެތްނަމަ އަޅުގަނޑުމެން ވެސް ނުތިބޭނެ ކަމަށާއި، ކޮންމެ ކުއްޖަކުވެސް ވާންޖެހޭނީ ބަހުން ނޫނީ ޢަމަލުން ނޫނީ ރޫޙުން ދަނޑުވެރިކަމަށް ލޯބި ކުރާ ކުއްޖަކަށް ކަމަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ. މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީ މިހެން ވިދާޅުވީ، ޖަމާލުއްދީން ސްކޫލްގެ ދަނޑުވެރިކަމުގެ ޕްރޮގްރާމް، “ކޯދު” ޕްރޮގްރާމް ރަސްމީގޮތުން އިފްތިތާހުކޮށް ދެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގަ އެވެ. އެ ޕްރޮގްރާމް އިފްތިތާހް ކޮށްފައިވަނީ އާދީއްތަ ދުވަހުއެވެ. ޖޭއެސްގެ ކޯދު ޕްރޮޖެކްޓުގ...

ޔުމްނާ ޢަލީ
ކޯވިޑް ވެކްސިން ޖަހައިގެން ލިބޭ ގެއްލުމަށް ބަދަލުދޭން މެލޭޝިޔާގައި ފަންޑެއް!

ކޯވިޑް ވެކްސިން ޖަހައިގެން ލިބޭ ގެއްލުމަށް ބަދަލުދޭން މެލޭޝިޔާގައި ފަންޑެއް!

ކޯވިޑް ވެކްސިން ޖެހުމުގެ ސަބަބުން ހާލަތު ގޯސްވާ މީހުންނާއި، ވެކްސިންގެ ސަބަބުން މަރުވާ މީހުންގެ ޢާއިލާތަކަށް މާލީގޮތުން އެހީތެރިވުމަށްޓަކައި މެލޭޝިޔާއިން 10 މިލިއަން ރިންގިޓް (2.4 މިލިއަން ޑޮލަރު)ގެ ފަންޑެއް ގާއިމުކޮށްފިއެވެ. މެލޭޝިޔާގެ ހެލްތު މިނިސްޓަރު ޑރ. އަދުހަމް ބާބާ ވިދާޅުވީ، ކޯވިޑް ވެކްސިން ޖެހުމުގެ ސަބަބުން ހާލު ގޯސްވެ، ވެކްސިންޖެހި މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިނަމަ ބަދަލުގެގޮތުގައި 50،000 ރިންގިޓް ދެވޭނެ ކަމަށެވެ. އެއީ ގާތްގަނޑަކަށް 12,157 ޑޮލަރެވެ. މި ވެކްސިން ޖެހުމުގެ ސަބަބުން...

ހުސައިން ހަބީބް
ކްރައިސިސް އެންޑް މޭޖަރ އިންސިޑެންޓްސް ކޮމިއުނިކޭޝަންސްއާ ގުޅޭ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

ކްރައިސިސް އެންޑް މޭޖަރ އިންސިޑެންޓްސް ކޮމިއުނިކޭޝަންސްއާ ގުޅޭ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

ރައީސުލް ޖުމްޙޫރިއްޔާގެ އޮފީހުގެ ފަރާތުން، ކްރައިސިސް އެންޑް މޭޖަރ އިންސިޑެންޓްސް ކޮމިއުނިކޭޝަންސްއާ ގުޅޭ މަސައްކަތު ބައްދަލުވުމެއް އިއްޔެ ބާއްވައިފިއެވެ. މި މަސައްކަތު ބައްދަލުވުމަކީ ރައީސް އޮފީހާއި، ބްރިޓިޝް ހައިކޮމިޝަނާއި، އިނގިރޭސިވިލާތުގެ މެޓްރޯޕޮލިޓަން ޕޮލިސްގެ އިތުރުން އިނގިރޭސިވިލާތުގެ ކައުންޓަރ ޓެރަރިޒަމް ޕޮލިސިންގ އިން ގުޅިގެން ބޭއްވި މަސައްކަތު ބައްދަލުވުމެކެވެ. މި މަސައްކަތު ބައްދަލުވުން ކުރިޔަށް ގެންގޮސްދެއްވާފައި ވަނީ މެޓްރޮޕޮލިޓަން ޕޮލިސްގެ ޑައިރެކްޓޮރޭޓް އޮފް މީޑިއާ ކޮމިއުނިކޭޝަނ...

ޖަލްވާން ޖާދުﷲ
މުވައްޒަފުންނަށް އަހަރީ ބޯނަސްގެ ގޮތުގައި 1 މަހުގެ މުސާރައަށް ޖެހޭ އަދަދު ދޭން ނިންމައި، އާރުސީސީން ނަމޫނާ ދައްކައިފި

މުވައްޒަފުންނަށް އަހަރީ ބޯނަސްގެ ގޮތުގައި 1 މަހުގެ މުސާރައަށް ޖެހޭ އަދަދު ދޭން ނިންމައި، އާރުސީސީން ނަމޫނާ ދައްކައިފި

ރާއްޖޭގައި ފުޅާދާއިރާއެއްގައި ކޮންޓްރަކްޝަން މަސައްކަތް ކުރަމުން އަންނަ ކުންފުންޏެއް ކަމަށްވާ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އިން އެ ކުންފުނީގެ މުވައްޒަފުންނަށް މިދިޔަ އަހަރުގެ އަހަރީ ބޯނަސްގެ ގޮތުގައި އެއް މަހުގެ މުސާރައަށް ޖެހޭ ޢަދަދު ދޭން ނިންމައި، އެހެން ކުންފުނިތަކަށް ނަމޫނާ ދައްކައިފިއެވެ. މިގޮތުން އާރުސީސީން މިއަދު ބުނީ ކޯވިޑް19 ގެ ބަލިމަޑިކަމުގައި ދުނިޔެއާއި ރާއްޖެއަށް ކުރިމަތިވި އިގްތިސާދީ ގޮންޖެހުމުގައި އެ ކުންފުންޏަށް ވެސް މާލީގޮތުން ބޮޑެތި ގެއްލުންތަކެއް ކުރިމަތި...

ޝިއުނާ އާދަމް
ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އާޓިފިޝަލް ބީޗުގައި ރޭމްޕެއް ހަދަނީ

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އާޓިފިޝަލް ބީޗުގައި ރޭމްޕެއް ހަދަނީ

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އާޓިފިޝަލް ބީޗުގައި ރޭމްޕެއް ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން  މިއަދު ފަށައިފިއެވެ. މި މަސައްކަތް ފެއްޓެވުމުގެ ގޮތުން އާޓިފިޝަލް ބީޗުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ބައިވެރިވެޑައިގެންނެވި އެވެ. މި މަސައްކަތަކީ އެމްޓީސީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަަށްގެންދާ މަސައްކަތެކެވެ. އެ ކުންފުނިން މި މަސައްކަތް ކުރިއަށްގެންދަނީ...

އަޙްމަދު ވަހީދު
މިޔަރު ބާނަން އުޅުނު ބަޔަކު ހުއްޓުވައިފި

މިޔަރު ބާނަން އުޅުނު ބަޔަކު ހުއްޓުވައިފި

މިޔަރު ބާނަން އުޅުނު ބަޔަކު ފުލުހުން ހުއްޓުވައިފި އެވެ. މީޑީއާތަކަށް މަޢުލޫމާތު ދެމުން ފުލުހުން ބުނީ އެ ދޯނި ހުއްޓުވީ އދ. މަންދޫ ކައިރީގައި ބަޔަކު މިޔަރު މަސްވެރިކަން ކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. ހަަތަރު މީހުން ތިބި އެ ދޯނި ފުލުހުން ހުއްޓުވައިފައިވަނީ މާވަރު ފަޅު ކައިރިން ނެވެ. ފުލުހުން ބުނީ ދޯނި ބަލައި ފާސްކުރިއިރު ދޯނި ތެރެއިން މިޔަރާއި މިޔަރުގެ އުރަހައާއި ލޮނު އަޅާފައި ހުރި މިޔަރު މަސް […]

ޖަލްވާން ޖާދުﷲ
ބާރަށު ސްކޫލްގައި އިމާރާތްކުރާ 12 ކްލާސްރޫމް ނިންމަން ހަވާލުކޮށްފި

ބާރަށު ސްކޫލްގައި އިމާރާތްކުރާ 12 ކްލާސްރޫމް ނިންމަން ހަވާލުކޮށްފި

ހއ. ބާރަށު ސްކޫލްގައި ޢިމާރާތްކުރަން ފަށާފައިވާ، 12 ކްލާސްރޫމްގެ ނުނިމިހުރި މަސައްކަތް ނިންމުމަށް މިއަދު ހިވާލުކޮށްފިއެވެ. މިގޮތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މިއަދުވަނީ އެ މަސައްކަތް ޕެންސާރޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށް، އެކަމުގެ އެއްބަސް ވުމުގައި ސޮއިކޮށްފަ އެވެ. އެޑިޔުކޭޝަން މިނިސްޓްރީއިން ވިދާޅުވީ، މި 12 ކްލާސްރޫމްގެ މަސައްކަތް ނިމުމާއި އެކު ބާރަށު ސްކޫލް، އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލަކަށް ބަދަލުކުރެވިގެންދާނެ ކަމަށެވެ. މި މަސައްކަތް ޕެންސާރޭ މޯލްޑިވްސް ޕްރައިވެޓް ލ...

ޔުމްނާ ޢަލީ