ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި އެޑްމިޓް ކޮށް ފަރުވާދެމުން ދިޔަ މީހަކު ޕޮޒިޓިވް ވީ ކޭސްއާއިީ ގުޅިގެން މިހާތަނަށް 4 މީހުން ވަނީ ޕޮޒިޓިވް ވެފައިވާކަމަށް އެހޮސްޕިޓަލުން ބުނެފި އެވެ. ކޭއާރުއެޗްއިން ބުނެފައިވަނީ، މި މާރިޗު މަހުގެ 21 ވަނަ ދުވަހުގެ ފަހުން އެހޮސްޕިޓަލަށް ޒިޔާރަތް ކޮށްފައިވާ ފަރާތްތަކުން މައުލޫމާތު ހިއްސާ ކުރެއްވުމަށް އަދި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަށް ދަންނަވާކަމަށެވެ. ކޮންޓެކްޓް ޓްރޭސިންއާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް އަޅުގަނޑުމެންގެ ކޮވިޑް ހޮޓްލައިނ...
އިބްރާހިމް އަސްވާޤް
ށ. މިލަންދޫގައި ހޯމް ކަރަންޓީނުގައި ތިބި 2 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. މިލަންދޫން ހޯމް ކަރަންޓީނުގައި ތިބި 2 މީހަކު ކޯވިޑަށް ޕޮޒިޓިވްކަން ހާމަކޮށް އެރަށު ސިއްހީ މަރުކަޒުން ބުނީ އެ 2 މީހުން ޕޮޒިޓިވްވިކަން އެނގުނީ މިއަދު ކަމަށެވެ. “މާސްކު އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަށް ހުރިހާ ބޭފުޅުންނަށް ވެސް އިލްތިމާސް ކުރަން.” މިލަންދޫ ސިއްހީ މަރުކަޒުން ބުންޏެވެ. މިލަންދޫ މީގެ ކުރިން ވެސް ބައެއް ކޯވިޑް ޕޮޒިޓިވް ކޭސްތައް ފެނުނެވެ. އެ އެންމެން […]
އިބްރާހިމް އަސްވާޤް
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި އެޑްމިޓް ކޮށްފައި އޮތް މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން ކުޅުދުއްފުށި ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ. ކޭއާރުއެޗްއިން މަޢުލޫމާތުދެމުން ވިދާޅުވީ ޕޮޒިޓިވްވެފައިވަނީ، ޅ. ނައިފަރުން އެހޮސްޕިޓަލަށް އިތުރު ފަރުވާއަށްގެނެސް ފަރުވާދިނުމަށް އެޑްމިޓްކޮށްފައިވާ ބަލިމީހަކާއި އެމީހާގެ އެހީތެރިޔާ ކަމަށެވެ. ކުޅުދުއްފުށީ ކައުންސިލުން ބުނެފައިވަނީ، ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަކި ގޮތެއް އަންގަންދެން ރަށުން...
އިބްރާހިމް އަސްވާޤް
މިފަހަރު މިބަލައިލަނީ ފިނިފެންމާކުރި ރޯކުރުމާއި އިންދާނެ ގޮތުގެ މައްޗަށެވެ. މާގިނަ ހާސަރު ނުދަމައި ސީދާ މައުލޫއަށް ޖެހިލާނަމެވެ. ފިނިފެންމާ (ރޯސްސް) ހެއްދުމަށް ކަނޑާނީ 4 އިންޗިއާއި 8 އިންޗިއާ ދެމެދުގެ ދިގުމިނުގެ، މެދުމިނަކަށް ހަރު ނުވަތަ ޅަ ކުރިއެވެ. ކުރި ކެނޑުމަށްފަހު، އެންމެ ކުރީގެ 2 ފަތް ފިޔަވައި، ތަނޑު ބޭންދުމަށްފަހު، ކަތުރަކުން ނުވަތަ ޕްރޫނިންގ ޝިއާރއަކުން ދެން ހުރި ފަތްތައް ވަކިކޮށްލާށެވެ. ގެންގުޅުމަށް ފަސޭހަކުރުމަށް ކަށިތަކުގެ އެންމެ ތޫނު ކޮޅުތައް ކަނޑައިލެވިދާނެ އެވެ. ކުރިކޮޅުގެ ބުޑު […]
ހުބާ ޕްލާންޓްސް
ތިލަދުންމަތީގެ ރައްޔިތުންނަށް ޙާއްޞަ އަހައްމިއްޔަތެއް ދީގެން، ވަކި ޢަދަދެއް ކަނޑައެޅިގެން ގެސްޓްހައުސް ތަރައްގީކުރަން އެސްޑީއެފްސީން ލޯނު ދޫކުރަންޖެހޭ ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބުދުއްލަޠީފް ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޔާސިރު ވިދާޅވީ، ހަނިމާދޫ އިންޓަނޭޝަނަލް އެއާރޕޯޓް ތަރައްޤީ ވެގެން އަންނައިރު އުތުރުގައި ފަތުރުވެރިކަމަށް ހުރި އެނދުގެ އަދަދު ބޮޑުތަނުން އިތުރުކުރުމަށް އެސްޑީއެފްސީއިން ވަކިން ހާއްސަކޮ...
އަލީ އާދިލް
ކޯވިޑް-19އާއި ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ފުޓްބޯޅައާއި އެހެނިހެން ކުޅިވަރު މުބާރާތްތައް ބޭއްވުމުގެ ފުރުސަތު ދިނުމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާފައިވާ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް، ޑރ. މުހައްމަދު މުޢިއްޒު ސަރުކާރަށް ގޮވައިލަށްވައިފިއެވެ. ހައުސިން މިނިސްޓަރުކަމުގެ މަގާމުވެސް ފުރުއްވާފައިވާ ޑރ. މުޢިއްޒު މިހެން ގޮވައިލެއްވީ، ކުރެއްވި ޓްވީޓެއްގަ އެވެ. ޑރ. މުޢިއްޒު ވިދާޅުވީ، ކޯވިޑް-19އާއި ގުޅިގެން އަޅަންޖެހޭ ރައ...
އަލީ އާދިލް
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފިއެވެ. އެމްއެންޑީއެފްއިން ވިދާޅުވީ، މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ދުވަސް ވަރެއްކަމަށް ލަފާކޮށް މޫސުމާއި ބެހޭ ޤަޢުމީ އިދާރާ (މެޓް އޮފީސް) އިން ވަނީ ށ. އަތޮޅުން ފެށިގެން ދ.އަތޮޅަށް ރީނދޫ ސަމާލު ނެރެފަ ކަމަށެވެ. މިގޮތުން ކަނޑުތައްގަދަވެ، ބާރަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރާތީވެ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އ...
ޖަލްވާން ޖާދުﷲ
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބެލެހެއްޓުމަށް ހުޅުމާލޭގައި ހަދާފައިވާ ފިޔަވަތި އިމާރާތް މަރާމާތުކުރުމުގެ މަޝްރޫއު ނިމި އެތަން ހުޅުވުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ. ވަރޗުއަލްކޮށް ބޭއްވި މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދުއާއި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރް އަދި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ސްޓޭޓް މިނިސްޓަރުން އާއިޝަތު ރަޝީދު އަދި ޒިފްލީނާ ހަސަން ބައިވެރިވެ ވަޑައިގަތެވެ. މި ރަސްމ...
ޔުމްނާ ޢަލީ
ށ. އަތޮޅުން ފެބްރުއަރީމަހު ރައްޔިތުންގެ ބައްދަލުވުން ބޭއްވީ 10 ކައުންސިލަކުން ކަމަށް، ށ. އަތޮޅު ކައުންސިލުން ބުނެފިއެވެ. ށ. އަތޮޅުކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ލާމަރުކަޒީ ގާނޫން ކައުންސިލްތަކާ މަތިކޮށްފައިވާގޮތަށް، އެ އަތޮޅުގެ ރަށުކައުންސިލްތަކުން ކުރެ 10 ކައުންސިލަކުން މިއަހަރުގެ ފެބްރުއަރީމަހު އެކައުންސިލްތައް ނިސްބަތްވާ ރައްތަކުގެ ރައްޔިތުންނާއި ބައްދަލުކޮށްފައި ވާކަމަށެވެ. އެ ކައުންސިލްތަކުގެ ޤާނޫނީ ޒިންމާ އަދާކޮށްފައިވާތީ، ކައުންސިލްތަކުގެ މަސައްކަތްތައް ފާހަގަކޮށް، ށ. އ...
ޝިއުނާ އާދަމް
އިދިކޮޅުން ދައްކާނެ ވާހަކައެއް ނެތުމުން އެންޓި ކެމްޕޭން ކުރިނަމަވެސް، އިދިކޮޅު ކެނޑިޑޭޓުންނަށް ރައްޔިތުން ވޯޓު ދޭންޖެހޭނެ ސިޔާސަތެއް ނެތްކަމަށާއި، އަދި ސިޔާސަތެއް ނެތް ބަޔަކަށް ރައްޔިތުން މިހާރު ވޯޓެއް ނުލާނެ ކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރައްވާ މުޙައްމަދު އާތިފް ވިދާޅުވެއްޖެ އެވެ. އާތިފް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، ކުޅުދުއްފުށީ މީހުންނަކީ ތަންދޮރު އެގި ދުނިޔެއަށް ލޯ ހުޅުވިފައި ތިބި ބައެއް ކަމަށެވެ. އަދި އިދިކޮޅު ކެންޑިޑޭޓުންނަށް ގޮތް ހުސްވުމުނ...
ޔުމްނާ ޢަލީ
ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ޔެލޯ އެލާޓް ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ޅ. އަތޮޅަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު މެންދުރުފަހު 15:00 އިން ފެށިގެން ހަވީރު 17:00 އާ ހަމައަށެވެ. ރާއްޖޭގެ މޫސުން ކުރިއަށް ލަފާކޮށް މެޓް […]
ޖަލްވާން ޖާދުﷲ
ބޮޑުވަޒީރުގެ މަގާމަށް އަލުން ހޮވިއްޖެ ނަމަ އިސްރާއީލުގެ ތެލްއަވީވުން މައްކާއަށް ސީދާ ދަތުރުތައް ފަށާނެ ކަމަށް ބެންޖަމިން ނަތަންޔާހޫ ބުނެފި އެވެ. ބޮޑުވަޒީރުގެ މަގާމުގައި މިހާރުވެސް ހުންނެވި ނަތަންޔާހޫ މިން ބުނެފައިވަނީ، އިއްޔެ އެ ގަައުމުގެ އާއްމު އިންތިޚާބު ފަށާފައި ވަނިކޮށް އިސްރާއިލްގެ ޗެނަލް13އަށް ދެއްވި އިންޓަވިއުއެއްގައެވެ. ނަތަންޔާހޫ ބުނެފައިވަނީ ސައުދީއާ އެ ގައުމާ ދެމެދު އޮތް ގުޅުން މިހާރު ރަނގަޅު ކަމަށެވެ. ނަތަންޔާހޫ ވަނީ ޔޫއޭއީގެ ގައުމުތަކާއި އޮތް ގުޅުން ބަދަހި ކުރުމަށް ނިންމައިފައެވެ. ނ...
އަޙްމަދު ވަހީދު
ނ. ލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދު ފުންކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެންޓީސީސީ) އިން ބުނީ މި މަޝްރޫގެ ދަށުން އެއްގަމުތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެމަސައްކަތް 22 ހޯމަ ދުވަހު ފަށާފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން، 25000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 256 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 401 މީޓަރުގެސަރަޙައްދެއްގައި...
އަޙްމަދު ވަހީދު
މ. ދިއްގަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންމިއަދު ފަށައިފިއެވެ. ދިއްގަރުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައިދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަނެވެ. މި މަޝްރޫއަށް 121.84 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޓީސީސީ އިން ލަފާ ކުރެއެވެ. މި މަޝްރޫއުގެ ދަށުން ދިއްގަރުގައި 25 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އަދި […]
އަޙްމަދު ވަހީދު
ހދ. އަތޮޅުގެ ރަށެއްގައި ދަރިފުޅު ލައްވައި އެހެން މީހަކާ އެކު ޖިންސީ ގުޅުން ހިންގުވި މަންމައަކު 18 އަހަރަށް ޖަލަށްލާފައި ވަނިކޮށް ހައި ކޯޓުން އިއްޔެ އޭނާ މިނިވަން ކޮށްފި އެވެ. 16 އަހަރުގެ އަންހެން ދަރިފުޅު ލައްވައި، އެކި ދުވަސް މަތިން އެހެން މީހަކާ ޖިންސީ ގުޅުން ހިންގުވަން ހިިތްވަރު ދީ މަގުފަހިކުރި މައްސަލައެއްގައި އެ ކުއްޖާގެ މަންމަ 18 އަހަރާއި 6 މަހަށް ޖަލަށްލީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ޖިންސީ އަމަލެއް ހިންގުވުމުގެ […]
ތިލަދުން
ހއ. އަތޮޅުން ރައްޔިތު ބައްދަލުވުން ނުބާއްވަނީ 2 ކައުންސިލަކުންކަމަށް ހއ. އަތޮޅު ކައުންސިލުން ބުނެފި އެވެ. އެކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބާޔާންކޮއްފައިވާ ގޮތުގެ މަތީން މި އަހަރު ފެބުރުއަރީ މަހު ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ބާއްވާ، އެ ކައުންސިލަށް އެމަޢުލޫމާތު ޙިއްޞާކޮށްފައިވަނީ ހއ. އަތޮޅުގެ 12 ރަށު ކައުންސިލުން ކަމަށެވެ. އެގޮތުން ބައްދަލުވުން ބޭއްވި 12 ރަށު ކައުންސިލަކީ: 1- ތުރާ...
އިބްރާހިމް އަސްވާޤް
އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވެ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ޅ. އަތޮޅަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 08:45 އިން ފެށިގެން މެންދުރުފަހު 13:45 އާ ހަމައަށެވެ. ރާއްޖޭގެ މޫސުން ކުރިއަށް ލަފާކޮށް މެޓް […]
ޖަލްވާން ޖާދުﷲ
ހއ. އިހަވަންދޫ ސްކޫލްގެ ކީސްޓޭޖް 1 އަދި 2ގެ ދަރިވަރުން 2 ދުވަސް ތެރޭގައި 68 ހާހަށްވުރެ ގިނަ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ފުޅި އެއްކޮށްފިއެވެ. މިގޮތުން އެ ސްކޫލްގެ ކީސްޓޭޖް 1 އަދި 2ގެ ދަރިވަރުން ވަނީ 68،200 އަށްވުރެ ގިނަ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ފެން ހުސްކުރި ފުޅި އެއްކޮށް، ސްކޫލާއި ހަވާލުކޮށްފައެވެ. އިހަވަންދޫ ސްކޫލްގެ ލީޑިން ޓީޗަރ މުޙައްމަދު ޝުޖާޢު ”ތިލަދުން”އަށް ބުނީ، އެ ހަރަކާތަކީ، ”ޕާލޭ ފޮރ ދަ […]
ޙުސައިން ޝަހުދީ