ހއ. ބާރަށު ސްކޫލްގައި ޢިމާރާތްކުރަން ފަށާފައިވާ، 12 ކްލާސްރޫމްގެ ނުނިމިހުރި މަސައްކަތް ނިންމުމަށް މިއަދު ހިވާލުކޮށްފިއެވެ.

މިގޮތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މިއަދުވަނީ އެ މަސައްކަތް ޕެންސާރޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށް، އެކަމުގެ އެއްބަސް ވުމުގައި ސޮއިކޮށްފަ އެވެ.

Ad
rt

އެޑިޔުކޭޝަން މިނިސްޓްރީއިން ވިދާޅުވީ، މި 12 ކްލާސްރޫމްގެ މަސައްކަތް ނިމުމާއި އެކު ބާރަށު ސްކޫލް، އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލަކަށް ބަދަލުކުރެވިގެންދާނެ ކަމަށެވެ.

މި މަސައްކަތް ޕެންސާރޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައި ވަނީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ނިންމާގޮތަށެވެ. މި މަސައްކަތުގެ ޖުމްލަ އަގަކީ 3,370,244.98 ރުފިޔާއެވެ.

ރާއްޖޭގެ ގިނަ ސްކޫލްތަކެއްގައި ތަރައްގީގެ އެކިވަރުގެ މަސައްކަތްތައް މިހާރުވެސް ކުރެވެމުންދާއިރު، ފަހަކަށް އައިސް ސަރުކާރުން ދަނީ އެކި ދާއިރާތަކުން ގިނަ ތަރައްގީގެ މަސައްކަތްތައް ހަވާލުކޮށް އަދި ބިޑަށް ވެސް ހުޅުވާލަމުންނެވެ.