ފެނަކަ ކޯޕަރޭޝަނުން ލ. ގަމުގެ ފަސް މިސްކިތެއްގެ އިތުރުން އިގްތިމާއީ، މަރުކަޒުގައި ސޯލާރ ޕީވީ ނިޒާމް ގާއިމް ކުރުމުގެ އެއްބަސް ވުމުގައި ސޮއި ކޮށްފިއެވެ.
މި އެއްބަސް ވުމުގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު އެވެ. އަދި ގަމު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމް އެވެ.
ސޮއި ކުރުމަށް ބޭއްވި ރަސްމީޔާތުގައި ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ފެނަކައަށް އިތުރު މަޝްރޫއުތަކެއް ލިބުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ. އަދި ފެނަކައިގެ އަމާޒަކީ ހަކަތަ އުފައްދާއިރު ވީހާވެސް ބޮޑަށް، ތިމާވައްޓަށް ފައިދާވާނެ ގޮތަށް މަސައްކަތް ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
ފެނަކައިން އަންނަނީ މިއަހަރުގެ ނިޔަލަށް، 12 މެގަވޯޓުގެ ކަރަންޓު އިއާދަކުރަނަވި ހަކަތައިން އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ. މިހާރުވެސް ފެނަކައިން ދަނީ،އިއާދަކުރަނަވި ހަކަތައިން އަށް މެގަވޯޓުގެ ކަރަންޓު އުފައްދާ އޭގެ ބޭނުން ކުރަމުންނެވެ.
އިއާދަ ކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ ވަރު ގިނަ ވުމުގެ ސަބަބުން ގިނަ އަދަދެއްގެ ފައިސާ ސަލާމަތް ކުރެވޭކަމަށް ފެނަކައިން ލަފާ ކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!