ކުރީއަހަރުތަކުގައިވެސް ރާއްޖެއަށް ކަދުރު ހަދިޔާ ކުރަމުންއަންނަ ބީދައިން، މިއަހަރު ވެސް ސަޢުދީ އަރަބިއްޔާ ރާއްޖެއަށް ކަދުރު ހަދިޔާކޮށްފިއެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވިދާޅުވީ، އެހެން އަހަރުތަކެކޭ އެއްގޮތަށް 1442 ވަނަ އަހަރުގެ ރަމަޟާންމަހަށް، ސަޢޫދީ އަރަބިއްޔާއިން ރާއްޖެއަށް ކަދުރު ހަދިޔާކުރައްވައިފި ކަމަށެވެ. ރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް މިއަހަރު ސައޫދީ ސަރުކާރުން ހަދިޔާކުރީ 25 ޓަނުގެ ކަދުރެވެ. 28 މާރިޗު 2021 ވީ އާދިއްތަ ދުވަހު ދިވެހިރާއްޖޭގައި ހުންނަ ސަޢޫދީ ޢަރަބިއްޔާގެ އެމްބަސ...
ޝިއުނާ އާދަމް
ވެންޓިލޭޓަރު މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ފަހުން ހުށަހެޅި މަޢުލޫމާތުތައް ރިވިއުކޮށް ބެލުމުންވެސް ޖިނާޢީ ކުށެއް ސާބިތުކުރުމަށް ބޭނުންވާ އުންޞުރުތައް ފުރިހަމަ ވެދާނެކަމަށް ނުފެންނާތީ ކުރިންވެސް ނިންމިގޮތަށް އެމަސަލާގައި ދަޢުވާ ނުކުރުމަށް ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ނިންމި ނިންމުން އަލުން ބަލައި، އެކަމުގައި އިތުރަށް ބަލަންޖެހޭ ކަންކަން ހުރިކަން ނުވަތަ ނޫންކަން ދެނަގަތުމަށް ނިންމާފައިވާކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ. އެކަމާއި ގުޅިގެން، ޕްރޮސިކި...
އަލީ އާދިލް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ޑީސީޕީ)ގެ މަޤާމަށް ދަފްތަރު ނަންބަރު ރސ 2549، ޢަލީ ރަޝީދު، އައްޔަން ކުރައްވައިފި އެވެ. ކުރިން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް (އޭސީޕީ)ގެ މަޤާމުގައި ހުންނެވި ޢަލީ ރަޝީދު، ޑީސީޕީއަކަށް އައްޔަނު ކުރަށްވާފައި ވަނީ 25 މާރިޗު 2021 ވީ ބުރާސްފަތި ދުވަހުއެވެ. އަލީ ރަޝީދު ވަނީ އޭސީޕީގެ މަގާމުގައި 11 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައެވެ. ފުލުހުންގެ މުއައްސަސާއަށް 25 އަހަރު […]
ޖަލްވާން ޖާދުﷲ
މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން 10 ހާސް ލިޓަރު ޑީސަލާއެކު ތެޔޮ އުފުލާ ޔޮބޯޓެއް އަޑިއަށް ގޮއްސިއެވެ. އެމްއެންޑީއެފް އިން ވިދާޅުވީ، އެ ތެޔޮ އުފުލާ ބޯޓަކީ ”ސަވާރީ” ނަމަކަށްކިޔާ ބޯޓެއް ކަމަށެވެ. އަދި އެ ބޯޓު ދަތުރުކުރަމުން ދިޔައީ ތިލަފުށިން ފުރައިގެން ހުޅުމާލެއަށް ކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ. އެ ބޯޓު އަޑިއަށް ދިޔައީ ”ކުޑަބަނާނާ” ކައިރިއަށް ކަމަށާއި، އަޑިއަށް ދިޔައިއިރު ބޯޓުގައި 10 ހާސް ލިޓަރު ޑީސަލް ހުރިކަމަށް ވެސް […]
ޔުމްނާ ޢަލީ
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބަނގްލަދޭޝްއަށް ކުރެއްވި ދަތުރުފުޅާ ދެކޮޅަށް އެ ގައުމުގައި ފެށި މުޒާހަރާތައް ވަރުގަދަވެ، މުޅި ބަނގްލަދޭޝްއަށް ފެތުރިފައިވާ ކަމަށް ބައިނަލްއަގްވާމީ މީޑިއާ ބުނެފިއެވެ. އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވާ ގޮތުން މޯދީ ބަންގްލަދޭޝްއަށް ކުރެއްވި ދަތުރުފުޅާއި ގުޅިގެން ފެށުނު މުޒާހަރާތަކުގެ 3 ވަނަ ދުވަހު، އެ މުޒާހަރާތައް ވަނީ މުޅި އެ ގައުމަށް ފެތުރިފައެވެ. ތިންވަނަ ދުވަހުގެ މުޒާހަރާ ތަކުގައި ފުލުހުންނާއި، އާންމު ރައްޔިތުންނާ ދެމެދު ހިނގިކުރިމަތިލުންތަކުގައި ގިނަ އަދަދެއ...
ހުސައިން ހަބީބް
ޅ. ހިންނަވަރުން އެ އަތޮޅު ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލްއަށް ނިޔާވެގެން ގެންދިޔަ މީހެއްގެ ސާމްޕަލް ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ޅ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ، ޅ. ހިންނަވަރުން އެ ހޮސްޕިޓަލަށް ގެންދެވުނުއިރު ނިޔާވެފައިވާ މައްޔިތާގެ ސާމްޕަލް ކޯވިޑް 19 ޕޮޒިޓިވްވެފައިވާ ކަމަށެވެ. ހިންނަވަރުން، ޅ. އަތޮޅު ހޮސްޕިޓަލްއަށް ގެންދިޔަ ނިޔާވެފައިވާ މީހެއް ކޯވިޑްއަށް ޕޮޒިޓިވްވެފައިވާއިރު، ހިންނަވަރުން ވަނީ މިމަހުގެ 24 ވަނަ ދުވަހު ޕޮޒިޓިވް ކޭހެއް ފެނިފައެވެ. ހިންނަވަރުން ސިއްހީ މަރުކަޒުން ހާމ...
ޔުމްނާ ޢަލީ
ހދ.އަތޮޅު ކައުންސިލް ވޮލީ މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ނޮޅިވަރަންފަރު ލައިކަން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު 28 މާޗް 2021 ވީ އާދީއްތަ ދުވަހު ހަވީރު ނޮޅިވަރަންފަރު ވޮލީ ކޯޓުގައެވެ. މުބާރާތުގެ ޗެމްޕިއަންކަން ލައިކަން ހޯދާފައިވަނީ ފައިނަލުގައި ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާގެ ވޮލީ ޓީމް ސީދާ ތިންސެޓުން ބަލިކުރުމަށް ފަހުގައެވެ. މުޅި މެޗުގައި ވެސް ލައިކަންގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މި މެޗުގެ ސެޓުތައް ލައިކަން ގެންގޮސްފައިވަނީ (25/21، 25/12، […]
އިބްރާހިމް ޚަލީލް
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ޚިދުމަތް ހޯދާ މީހުންނަށް، އެންޓް ކިއު ސިސްޓަމް މެދުވެރިކޮށް ހިދުމަތްތައް ފޯރުކޮށްދޭން ފަށައިފިއެވެ. މި ޚިދުމަތާއެކު އެ ހޮސްޕިޓަލްއިން ޚިދުމަތް ހޯދާ މީހުންނަށް ބޮޑު ފަސޭހައެއް ލިބިގެން ދާނެއެެވެ. ކޭއާރުއެޗްއިން ވިދާޅުވީ، އެ ހޮސްޕިޓަލުން ޚިދުމަތް ހޯދާ މީހުންގެ ފަސޭހައަށްޓަކައި އެންޓް ކިއު ސިސްޓަމް މެދުވެރިކޮށް އެ ހޮސްޕިޓަލްގެ ޚިދުމަތްތައް މިއަދު ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ. މި މޯބައިލް ކިއު ސިސްޓަމްއާއެކު ހިދުމަތް ހޯދާ ފަރާތްތަކަށް މޯބައިލް މެ...
ޝިއުނާ އާދަމް
ހއ. މޮޅަދޫ އިންޖީނުގޭ އިމާރާތް ކުރުމުގެ މަސައްކަތް ކުރަން އެރަށަށް ގޮސް ހޯމް ކަރަންޓީނުގައި ތިބި 2 ބިދޭސީއަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އުޘްމާން އަޝްރަފް ”ތިލަދުން”އަށް ވިދާޅުވީ، މޮޅަދޫން ޕޮޒިޓިވްވި 2 ބިދޭސިންނަކީ، އެރަށުގެ އިންޖީނުގޭ އިމާރާތް ކުރުމުގެ މަސައްކަތްކުރަން އެރަށަށް ގޮސް، ހޯމް ކަރަންޓީނުގައި ތިބި 15 ބިދޭސީންގެ ތެރެއިން 2 މީހުންކަމަށެވެ. ”އެ 15 ބިދޭސީން ވެސް ތިބީ ކަރަންޓީނުގައި، ކަރަންޓީނުގެ މުއްދަތު ހަމަކޮށް ނެގި ރިލީޒް ސާމްޕަލުން 2 މީހުން މި...
ޙުސައިން ޝަހުދީ
ކޯވިޑް-19އާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ކުޅުދުއްފުށީ ސިޓީ މޮނިޓަރިން ހާލަތަށް ގެނެސްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފިއެވެ. އެ ސިޓީ މޮނިޓަރިން ހާލަށް ގެނައީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގައި އަށް ޅ. ނައިފަރުން ގެނެވުނު ބަލިމީހަކާއި، އޭނާގެ އެހީތެރިޔާ ކޯވިޑަށް ޕޮޒިޓިވްވެ، އެ ކޭހާއި ގުޅިގެން ޖުމްލަ 4 މީހަކު ޕޮޒިޓިވްވުމުންނެވެ. ކެއާރުއެޗްއިން ވިދާޅުވީ، މި ހާތަނަށް ނެގުނު ރެންޑަމް ސާމްޕަލްތައް ނެގެޓިވް ވުމާއެކު މޮނިޓ...
ޔުމްނާ ޢަލީ
ކުރީ ޢަދަދާއި ގުޅޭ: ހުޅަނގު އުތުރުން ޖެހެމުން ދިޔަ ނަލަ ވައިގައި ހޯރަފުށީ ބައްތެލި ދަތުރުކުރަމުން އައިސް މާލެ އަތޮޅު ގާފަރު ފަސްދީ ކުރިއަށް އައިސް ކަގި ކަނޑުން މާލެއާ ދިމާއަށް މިސްރާބު ހިފައިލިތަނާ ހެން ވައި ރޯޅި ގަދަވެލައި، ކަނޑުގެ ލޮނުގަނޑު ކުޑައިކޮށް ކެކިލައި އުފެއްދި ބާނީގައި ބައްތެލި ދެ ފަރާތަށް ތަންކޮޅެއް ބޮޑަށް ހަލުވާ ގޮތް ވެއްޖެއެވެ. މިއީ، ބައްތެލި މާލެ އަންނަން ފުރިތާ ހަތަރު ވަނައަށް ވީ ދުވަހެވެ. އިރު އޮއްސުމާ ދާދި […]
ޢާޠިފާ ޒަކަރިއްޔާ
ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ނެދަލެންޑާއި ކޮރޭޝިއާ ކުޅުނު މެޗުތައް އެ ޓީމްތަކުން ކާމިޔާބު ކުރިއިރު ޕޯޗުގަލްއާއި ބެލްޖިއަމް ކުޅުނު މެޗުތައް އެއްވަރު ވެއްޖެއެވެ. ހޮނހިރު ދުވަހުގެ ރޭ ގްރޫޕް ޖީގައި ނެދަލެންޑާއި ލެޓްވިއާ ބައްދަލުކުރި މެޗު ނެދަލެންޑުން ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއިންނެވެ. ނެދަލެންޑްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމަށް ފުރަތަމަ ލަނޑު މެޗުގެ 32 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ސްޓީވެން ބާހިއުސްއެވެ. މި މެޗުގައި އެ […]
އިބްރާހިމް ޚަލީލް
އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓު ދޭންވީ ކެނޑިޑޭޓުން ނިސްބަތްވާ ޕާޓީއަށް ނުވަތަ ވައުދު ތަކަށް ބަލައިގެން ނޫން ކަމަށާއި، ވޯޓު ދޭންވީ ރައްބެއް، ރަސޫލެއް ވާކަމަށާއި، ދީނެއް އޮތްކަން ހަނދާންވާނެ ފަދަ ކެންޑިޑޭޓުން ބަލައިގެން ކަމަށް ސެއިޚް ޢަލީ ޒައިދު ވިދާޅުވެއްޖެ އެވެ. ސެއިޚް ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކައުންސިލް އިންތިޚާބުގައި ވޯޓު ދޭންވީ ކުލަ ކުލައަކަށް ނޫން ކަމަށެވެ. އަދި ކެހިވެރި ޝިއާރު ތަކަކަށް ނޫނީ، މީހަކު ދައްކާ ދަޅައަކަށް ވެސް ނޫން […]
އަލީ އާދިލް
ދިވެހިރާއްޖޭގައި ހަދާ އޭ.ލެވެލް އަދި އޭ.އެސް.ލެވެލް އިމްތިހާނު ފަށާނީ އަންނަ މަހުގެ 26 ވަނަ ދުވަހުކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންއިން ބުނެފިއެވެ. އެ މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ދިވެހިރާއްޖޭގައި ހަދާ އޭ.ލެވެލް އަދި އޭ.އެސް.ލެވެލް އިމްތިހާނު ތަކުގެ ތާވަލަށް އެ އިމްތިހާނު ފޯރުކޮށްދޭ އެޑެކްސެލް އިން ބަދަލު ގެނެސްފައި ވާޖަމަށެވެ. އެހެންކަމުން މިހާރު މި އިމްތިހާނު ފެށުމަށް ހަމަޖެހިފައިވަނީ 26 އެޕްރީލް 2021 ވަނަ ދުވަހު ކަމަށް ވެސް އެ މިނިސްޓްރީއިން ބުނެއެވެ. ”މި […]
ޔުމްނާ ޢަލީ
ދަފްތަރު ތަޢާރަފްކުރެވުނުއިރު ދިވެހިރާއްޖެ އަދި ޚާއްޞަކޮށް މާލެ އޮތް ޙާލަތަށް މިހާރު ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށް ފާހަގަކޮށް، ދަފްތަރު ގުޅޭގޮތުން ހަރުދަނާ، ޤާނޫނީ އޮނިގަނޑެއް ޒަމާނާ އެއްގޮތަށް ތައްޔާރުކުކޮށް، އެފަދަ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ހުށަހަޅައިފިއެވެ. އެ ކޮމެޓީން ހުށަހެޅުން ހުށަހަޅާފައި ވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ހިޔާ މަޝްރޫޢުގެ ފްލެޓްތައް ދިނުމުގުޅޭގޮތުން އ...
ޝިއުނާ އާދަމް
ހއ. ތުރާކުނުގައި މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ޢިއުލާން ކޮށްފިއެވެ. އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން މިއަދު މިނިސްޓްރީ އޮފް ފިނޭންސްއިން ކުރި ޢިއުލާނެއްގައި ވަނީ އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އެކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާފަ އެވެ. މި ބީލަމުގައި ބައިވެރިވުމަށް -/500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހެއެވެ. އަދި ފައިސާ ބަލައިގަތުމަށް ހަމަޖެހިފައި ވަނީ 29 މާރިޗު 2021 އިން 19 އެޕްރީލު 2021 އަށް، ފިނޭނ...
ޔުމްނާ ޢަލީ
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި، ހިޔާ މަޝްރޫޢޫގެ ފްލެޓްތައް ދިނުމާގުޅޭ ގޮތުން ރައްޔިތުންގެ މަޖިލިސްގެ ޤައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީން އެކުލަވާލި ދިރާސާ ރިޕޯޓުގައި މައިގަނޑު 8 ހުށަހެޅުމެއް ސަރުކާރަށް ހުށަހަޅައިފިއެވެ. 135 ޞަފްހާގެ މި ރިޕޯޓް ރައްޔިތުންގެ މަޖިލިސްއިން އާންމުކުރީ މިއަދުއެވެ. މި ރިޕޯޓްގައި އެ ކޮމެޓީގެ މަސައްކަތް ގެންދިޔަގޮތާއި، މައުލޫމާތު ހޯދި މަސްދަރުތަކާއި، ފާހަގަކުރެވޭ ކަންކަމާއި، ކޮމެޓީގެ ހޯދުންތަކާއި، އެ ހޯދުންތަކުގެ އަލީގައި ކޮމެޓީން ހުށަހަޅާ ކަންކަން ބަޔާންކޮށްފ...
ޖަލްވާން ޖާދުﷲ
މި ސަރުކާރުން މުއައްސަސާތަކަށް ބިރެއް ނުދައްކާ ކަމަށާއި، އަބަދުވެސް ދަނީ އެއްބާރުލުން ދެމުން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ. ވެންޓިލޭޓަރުތަކުގެ މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ފަހުން ހުށަހެޅި މަޢުލޫމާތުތައް ރިވިއުކޮށް ބެލުމުންވެސް ޖިނާޢީ ކުށެއް ސާބިތުކުރުމަށް ބޭނުންވާ އުންޞުރުތައް ފުރިހަމަ ވެދާނެކަމަށް ނުފެންނާތީ ކުރިންވެސް ނިންމިގޮތަށް އެމަސަލާގައި ދަޢުވާ ނުކުރުމަށް ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ނިންމުމުން ވެރިކަންކުރާ އެމްޑީޕީގެ ތެރެއިންނާއ...
އަލީ އާދިލް